މިއަދު ރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަހުރުވެރި ދިދަ ވިހުރުވެމުން މިދަނީ ބައިނަލްއަގްވާމީ އެންމެ އުސް ކުރިބޯށީގައި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.
އާއްމު މަޖިލީހުގެ ރިޔާސާތާ ހަވާލުވެވަޑައިގެން ދެއްވި ތަގުރީރުގައި ޝާހިދު އެންމެ ފުރަތަމަވެސް ޝުކުރު އަދާކުރެއްވީ ދިވެހި ރައްޔިތުންނަށެވެ.
ވިދާާޅުވީ ރާއްޖޭގެ ނަން ބައިނަލްއާގްވާމީ އުދަރެހުގެ އެންމެ އުހުގައި ވިދަމުން ދަނީ ދިވެހި ގައުމުގެ ފަހްރުވެރި އަބްތާލުންގެ މަތިވެރި ޖިހާދާއި، ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ގުރުބާނީގެ ސަބަބުން ކަމަށެވެ.
ޝާހިދު ސިފަކުރެއްވި ގޮތުގައި މިއަދު މި ފެންނަމުން މިދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގެ ދަށުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ހޯދަމުންދާ މަތިވެރި މަގާމެވެ. "ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެކި. ބޭރުދުނިޔެއާ މިއަދު އޮތް ބަދަހި ގާތް ގުޅުމުގެ ދަލީލު." ރައީސްގެ ސިޔާސަތުތަކަށް ތައުރީފް ކުރައްވާ ޝާހިދު ވިދާޅުވިއެވެ.
އާއްމު މަޖިލީހުގެ ރައީސްގެ މަގާމުގައ ކުރައްވާނެ ކަންތައްތައް ހާމަކުރައްވަމުން ޝާހިދު ވިދާޅުވީ މިންތީގެ ހަމަހަމަކަން ގާއިމުކުރުން ކަމުގައި ވިޔަސް، ނުވަތަ ގައުމުތަކުގެ ކުރިމަގު ބައްޓަންކުރުމަށް ކުރިއަށްދާ ބައިނަލްއަގުވާމީ މަޝްވަރާއެއް ކަމުގައި ވިޔަސް، މިވަގުތަށް ނުވަތަ ކުރިމަގަށް ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް އދ.އިން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ހިންގޭ ހަރަކާތެއް ކަމުގައި ވިޔަސް ހުންނެވީ ޝައުގުވެރިކަމާއި އެކު އެކުގައި މަސައްކަތް ކުރާނެ ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން އިހްސާސް ކުރަން ޖެހޭ ހާސްކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކައާއި، ކާރިސާތަކާއި، މަސްލަހަތު ގެއްލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ބަދަލުކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ އިންސާނިޔަތަށްޓަކައި. ސަބަބަކީ، އަޅުގަނޑުމެން ހަތް ބިލިއަން މީހުންގެ މެދުގައި އެއްވެސް ތަފާތެއް ނެތި ބަދަލުނުވެ އޮތް އެކައްޗަކީ އިންސާނިއްޔަތުކަން ކަމަށް ވާތީ. މިކަންކަން ބަދަލުކުރަން އެބަޖެހޭ. އަދި ބަދަލުތައް ގެނައުމަށް ފަށައިގަންނަންވީ އަޅުގަނޑުމެން" އޭނާ ވިދާޅުވިއެވެ.
ކޮވިޑަށްފަހު ދެމެހެއްޓެނެވި ގޮތުގައި ދުނިޔެ ބިނާކުރަން އދ. ގެ ސިސްޓަމާއި، އިންޓަނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ގުޅިގެން، އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުމަށް މަސައްކަތް ކުރާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ. އެގޮތުން ލިބިފައިވާ ގެއްލުންތަކުން ވީހާވެސް އަވަހަށް އަރައިގަނެ ފެހިކަންގަދަ ނޫ ދުވަސްތަކެއް ފެންނާނެހެން މަސައްކަތް ކުރާނަން ފާހަގަކުރެއްވިއެވެ.
އުސް ކުރި ބޯއްޓަށް ލައިގެން ކަމެއްވޭތަ ނިކަމެތި ރައްޔިތަކަށް ،
ބޮޑުން ޔޫ އެން ގޮސްސަ އެމެރިކާ އިގިރޭސި ވިލާތަށް ގޮސް ހަބޭހަށް ވީއައިޕީ ލިބޭ އެމީހުންނަށް އުސްކުރިބޯށި އެންމެ މައްޗާ ތިރިޔަށް ލިބޭ،
ނިކަމެތި މީހާ ބަލިވެގެން ވިސާގަޑެއް ނުލިބި ހޭބަލިވެގެން ކުރިބޯށިން ވެއްޓި ހަލާކުވަނީ
ދެން ކޮބާ ކުރިބޯށިގެ މުހިންމު ކަމަކީ
ދިވެހި ދިދަ ބައިނަލްއަގްވާމީ އުސް ކުރިބޯއްޓަށް އެރިނަމަވެސް ތިޔާއިން އާންމު ދިވެހިރައްޔިތަކަށް އެއްވެސް ފައިދާ އެއް ނުކުރާނެއޭ މާލެ ސަރަހައްދުގަިއ ކުއްޔަށް އުޅޭ މީހުންވަނީ ގިނަ ރިސޯޓްސް ތަކުން ދިވެހިންނަށް ވަޒީފާ ނުދީ އިންޑިއާ މީހުންނަށް ވަޒީފާ ދޭ އަދަދު ދަނީ މަތިވަމުން އެއީ ތިޔާ މަގާމް އަލިފުދާލުން ޝާހިދު އަށް ދޭން ޝަރުތު ކޮށް އިންޑިއާ އިން ކުރި ކަމެކޭ ރާއްޖޭގައި ދިވެހިން ދަނީ ބިކަވެ ފަގީރުވަމުން މުޅި ރާއްޖޭގެ މައްޗަށް އިންޑިއާ އިން ދަނީ ވެރިވަމުންނޭ މިހާރު މިއޮތް ކައްޕަޅި ސަރުކާރުން ދިވެހިރައްޔިތުންގެ އާދޭސް ތަކަށް އެއްވެސް ވަރަކަށް ނުބަލައޭ ހިޔާ ފްލެޓްސް ތަކުގެ ކުލި ކުޑަ ކުރުން އެއީ ތިއަށް ވުރެން ބޮޑަށް ދިވެހި 70 ހާސް ރައްޔިތުން މިއަދު ބޭނުންވެގެން އުޅޭ ކަމަކީ...
لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ
لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ
لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ
لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ
لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ
لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ
لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ
لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ
لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ
ޝޫކުރު ހައްގުވަނީ ހެއްދެވި ފަރާތް ފިޔަވާ މައުމޫން އަށް. އެމްޑީޕީ އަކަށް ނޫން
ކަނޑުކޮށް އަގަނުތަޅާށެވެ. ކަލެއަށް ތިޔަމަގާމު ހޯދާދިނީ އިންޑިޔާއިންނެވެ. އޭގެ ބަދަލުގައި މުޅިގައުމު ކަލޭމެންވަނީ އެމީހުނަށް ހިބައިން ދީފައެވެ. ހަގީގަތް އޮޅުވަން ފޮނި ބާސާ ކަޑާނެ ކަމެއްނެތެވެ. ވާނުވާ އަހަރެމެނަށް އެގެއެވެ.
ކޮންތާކު އިން ދިވެހި ދިދައެއް. މިއީ ޝާހިދު ޔޫއެންގެ ވަޒީފާ ހޯދުމަށް، ދިވެހި ރައްޔިތުންގެ ފައިސާއިން އަމިއްލަ ބޭނުމުގައި ބޭނުންކޮށް ބޮޑު ކޮރަޕްޝަނަކުން ހޯދި ވަޒީފާއެއް. މިއީ ދިވެހި ދައުލަތުގެ ވަޒީފާއެއްނޫން. މިއީ އަމިއްލަ ފަރުދެއްގެ ވަޒީފާ. މިވަޒީފާ ހޯދުމަށް ޝާހިދު ކުރި ހުރިހާ ޚަރަދަކާއި، މިވަޒީފާގައި ޝާހިދު ހުންނަ ދުވަސްތަކުގައި ދިވެހި ދައުލަތުން ނަގާ ހުރިހާ ފައިސާއެއް ހޯދާނަން. ހ.ރަބީއީމަންޒިލް ވިއްކާލައިގެން ނަމަވެސް ދިވެހި ރައްޔިތުންގެ ފައިސާ ހޯދާނަން.