ތ. ހިރިލަންދޫ ސްކޫލުގެ އިމާރާތުގެ މައްސަލައަށް މިއަދާ ހަމަޔަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ހައްލެއް ހޯދައި ދީފައިނުވާތީވެ ބެލެނިވެރިން ނިކުމެ ސްކޫލު ގޭޓް ބަންދުކޮށް ތަޅުއަޅުވައި، އިހްތިޖާޖު ކުރަން ފަށައިފިއެވެ.

އާބާދީގައި ދެ ހާހެއްހާ މީހުން އުޅޭ އެ ރަށުގެ ސްކޫލުގެ ގޭޓް ބަންދުކުރީ ދަރިވަރުން އިންޓަވަލަށް ނިކުތް ގަޑިއާ ދިމާކޮށެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް "ވަގުތު"އަށް ވިދާޅުވީ ސްކޫލުގެ އިމާރާތް ހުރީ ބާވެ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ. އެ ކަންބޮޑުވުންތައް މިއަހަރު ކުރީކޮޅުވެސް ބެލެނިވެރިން ސްކޫލާ ހިއްސާކުރި ކަމަށާއި، ހައްލެއްގެ ގޮތުން ސްކޫލުގައި ދެ ފަންގި ފިލައިގެ އިމާރާތެއް އަޅާނެ ކަމަށް އެޑިއުކޭޝަނުން އޭރު ވިދާޅުވެފައިވާ ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. ސްކޫލުގައި އާ އިމާރާތެއް އަޅަން މި އަހަރު އޮތީ ބަޖެޓްވެސް ކޮށްފައެވެ.

މައްސަލަ ގޯސްވީ، ކްލާސް ރޫމްތަކަށް ފެނުގެ އަސަރުކުރުކޮށް ދަރިވަރުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހުމުން ބެލެނިވެރިން ރުޅިގަދަވެގެންނެވެ.

240 ދަރިވަރުން ތައުލީމް ހާސިލްކުރާ އެ ސްކޫލުގެ ބެލެނިވެރިން ބުނާ ގޮތުން އިހްތިޖާޖު ހުއްޓާލަނީ އާ އިމާރާތެއް އެޅޭނެ ސީދާ ތާރީހެއް ޔަގީން ކޮށްދިނުމުންނެވެ.

"މީގެކުރިންވެސް ދިން މުއްދަތު ފަހަނަ އަޅައި ދިޔައިރުވެސް އިމާރާތްކުރަން ނުފެށުނު" އޭނާ ވިދާޅުވިއެވެ.

އެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ފުއާދު

  ޢަމިއްލަޔަށް ހަދާބަލަ.

  3
  13
 2. ހުސޭނުބޭ

  ސޯލިބޭ އިއްޔެވެސް ބުނި މުޅި ސަރުކާރު ޑިޖިޓަލްކުރާ ވާހަކަ! ތި ޢިމާރާތްވެސް ޑިޖިޓަލްކޮށް ބެލެނިވެރިންނަށް ދައްކާލީމާ އެ ނިމުނީ! އެހުރީ ރީއްޗަށް ޑިޖިޓަލްވެފައި!

  14
  1
 3. ހަގީގަތް

  މި ސްކޫލްގެ ދަރިވަރުންނަކީ ލެބޯޓްރީ އެއް ބޭނުންކޮށްލަން ނުލިބޭ ދަރިވަރުން. ވަސީލަތް ތަކުގެ މަދު ކަމާ އެކު ވެސް ދަރިވަރުން، ޓީޗަރުން އަދި ބެލެނިވެރިން ގެ ބުރަ މަސައްކަތުން ރަނގަޅު ނަތީޖާ ހޯދާ.. މިއަށްވުރެ ނަތީޖާ ދަށް، އާބާދީ މަދު ސްކޫލް ތަކަށް އޮންނަ ފުރުސަތު ތަކާ ވަސީލަތް ތައް މި ސްކޫލަށް ނުލިބެންވި ސަބަބެއް ނޭނގުނު...

  11
 4. ހުދުކާޅު

  މިސަރުކާރަކީ ޕާޓީކުދިންނަށް ބޮޑުމުސާރައާއިއެކު ވަޒީފާދޭން ގެނެސްދެވުނު ސަރުކާރެއްވީމަ ތިކަހަލަ ޢިމާރާތްތައް އެޅޭނީ ކޮންމެސްތަނަކުން ލޯނެއް ނަގައިގެން. ވަޡީފާ ތަކުގައި ތިބި ކުދިމްކޮޅަށް މުސާރަ މިދެވެނިވެސް ކޮންމެސްތާކުން ބަޖެޓް ސަޕޯޓް ކިޔާ ދަރަންޏެއް ނަގައިގެން. ތިޔަކުދިންވެސް މިކަން ހަނދާންކޮށް ވޯޓުގައި ޖަހަން ބޭނުންފާހަގައެއް ގެހުމަށް މހާރުންފެށިގެން ފަރިތަކުރަންފަށާ. ރައީސް އިބޫވެސް ހުންނެވީ ފައްޓަވާފައި.

 5. ައިލްޔާސް ވަހީދު

  ޢިމާރާތެއް އެޅޭނީވެސް އެހެންރަރަށުގަ އަޅަމުންދާ އިމާރާތްތައްމަސަކަތް ނިންމާވަރުން ބިލްކުރާތާ ހަމަސްވާއިރުވެސް ފިނޭންސް ލާރިޔެއްނުލިބޭ މަސައްކަތް ކުރާމީހާ މިޔޮއްދަރާ ހުސްވަނީ ކޮންމެދުވަހަކުވެސް ބުނާނެ މާދަޖަމާވާނެން މާދަމަޔެއްނާދޭ ހުސްދޮގުވައުދު ވާސަރުކާރެއްމީ

  11
 6. ޅަވިޔަނި

  އަަދި މަޑުކޮށްލާ. ސޯލިހު ދާނެ ކެމްޕެއިނަށް ، 2023 އަށް ވަޢުދުވާން . އަންނާނީ ވަޢުދު ފުއްދާފައި އެ ދޮގުބޮނޑިބަނދެގެން . ބާރަށް އަތްޖަހަންވާނެ

  17
 7. މޫސަ

  އިންޑިޔާގެ އެހީތެރިކަމުގައި ފެންލީކްވާ ތަންތަނުގެ ރެނދުބައްދާ ޕްޓީއަޅާލަދޭނެ ސޯލިބޭ

 8. ދެންހަމަ

  ނުކުރެވެންޏާ އިސްތިއުފާދީ ކުރިމީހުން އެބަތިއްބޭ