ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ވަފްދެއް އިންޑިއާއަށް ޒިޔާރަތް ކުރެއްވުމަށް ހައިކޮމިޝަނުން ދައުވަތު ދީފިއެވެ.

ހައިކޮމިޝަނުގެ ދައުވަތު ސިޓީ، ދިރާސާކުރުމާއި ގުޅޭ ގޮތުން ހާރިޖީ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ ސިޓީއާ ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި މި ވަފްދުގައި އިދިކޮޅު ފަރާތްތައްވެސް ބައިވެރިވެވަޑައިގަތުމަށް އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

"ދަތުރުގައި ވަޑައިގެންނެވޭ ކަމަށްވަންޏާ އިދިކޮޅު ޕާޓީވެސް ބައިވެރިވެ ވަޑައިގަންނަވަން އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އެދޭ" ޝަރީފް ވިދާޅުވިއެވެ. އެއީ އެއް ހަމަޔަކުން ކަންކުރުމަކީ ހާރިޖީ ގުޅުން ކުރިއަށް ގެންދާ ގޮތަށް ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ތަމްސީލުކުރައްވަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީޕިއެމްގެ ނައިބް ރައީސް އަދި ގުރައީދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން ޕާޓީގެ ލީޑާޝިޕާއި، ޕީޖީ ގްރޫޕްއާ މަޝްވަރާ ކުރެއްވުމަށް ފަހު ނިންމާ ގޮތެއް ކޮމިޓީއަށް އަންގަވައި ދެއްވާނެ ކަމަށެވެ. އެ ކޮމިޓީގައި އިދިކޮޅުގެ މެންބަރަކަށް ދެން ހިމެނިވަޑައިގަންނަވަނީ މާވަށު ދާއިރާގެ ޕީއެންސީ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ތި ވިދާޅުވި ގޮތަށް ކުރިއަށްދާނެ ކަމަށް" ޣައްސާން ވިދާޅުވިއެވެ.

ކޮމިޓީން ނިންމީ މި އަހަރުގެ ޑިސެމްބަރު މަހު މަޖިލީސް ޗުއްޓީއާ ދިމާކޮށް އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށެވެ. މަޖިލީހުގެ ވަފްދުތައް ދޭތެރެ ދޭތެރެއިން އިންޑިއާއަށް ޒިޔާރަތް ކުރައްވައެވެ.

އިންޑިއާ ސަރުކާރުން އިދިކޮޅަށްވެސް ދައުވަތު ދެއްވާފައިވާއިރު، ދިވެހި ސަރުކާރުން އިންޑިއާއެކު ސިއްރު ޑީލްތަކެއް ހަދާފައިވާ ކަމުގެ ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ. ރާއްޖޭގެ ރަށްތައް އިންޑިއާއަށް ވިއްކާލަން ސަރުކާރުން އުޅޭ ކަމަށް ބުނެވެސް ތުހުމަތުތައް ކުރެއެވެ. އެކަމާއި ދެކޮޅަށް ޕީޕީއެމް/ޕީއެންސީން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ. ނަމަވެސް ސަރުކާރުން ދަނީ އެއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދެކެވޭ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އައުޓް

    އިދިކޮޅުން މެމްބަރުން އިންޑިއާ އަށް ގޮސްގެން ނުވާނެއޭ އެއުޅެނީ ގަނެލަން ވެގެންނޭ ދާމީހުން އިންޑިއާ އިންނޭ މަމެން ޕިންކީންގެ ވެރިކަން ވައްޓާލީ އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  2. ޢަހޫ

    ޢިންޑިއާ އައުޓް ގޮވަ ގޮވާ ތިބޭ ނެޕީޖަހައިގެން. ކީއްކުރަން އިންޑިއާއަށްދަނީ މަހައްދޭބަލަ.

    3
    20
    • ޙައްގުބަސް

      ކީއްކުރަންޖަހާ ނެޕީއެއް!! ނެޕީ ނުޖަހާ ގައުމަށް ހެޔޮއެދިގެން ތިބެ ރައްޔިތުން ގޮވަމުން މިދަނީ އިންޑިޔާއައުޓް# މިހާރު ދިވެހި ގައުމަށް ހެވެއްއެދޭ އަދި މިނިވަންކަމާ އިސްތިގުލާލު ދަމަހައްޓަން ބޭނުންވާ ރައްޔިތުން ތަކެއް މިގައުމުގައި ތިބިނަމަ މިހާރު ޕާޓީ ފިކުރާ އަމިއްލަ މަސްލަޙަތުވެސް ދޫކޮށްފަ ކުރަންޖެހެފައިވަނީ އެންމެ ކަމެއް!! އެއީ އިންޑިޔާގެ އަޅުވެތިކަމުން މިގައުމު ސަލާމަތްކުރުން!! މިރާއްޖޭގައި މިއޮތް އަނިޔާވެރި ބަލާވެރިކަމުން މިގައުމު ސަލާމަތްކުރުން! މިނޫން އެއްވެސް މަސްލަޙަތެއް އެއްވެސް ރައްޔިތަކު މިވަގުތު އިސްކޮށްގެންވާނެކަމަކަށް ނުދެކެން!! މިހާރު މިގައުމު މިދާގޮތަށް އިތުރު އަހަރުތަކަކަށް ދަންމާލަން ދިވެހި ރައްޔިތުން އަދި ޚާއްސަކޮށް ދިވެހި ޒުވާނުން ދޫކޮށްގެން ބަލަން ތިބެއްޖެނަމަ ފަހުން މިގައުމުން ފެންނާނީ ވަރަށް ހިތި މަންޒަރުތަކެއް!! ތިމާގެ ވަށައިގެން ހިނގާ ކަންތައްތަކާ މިގައުމުގައި މިހާރު ކަންތައްތައް ވަމުންދާގޮތާ ޚާއްސަކޮށް ރާއްޖޭގައި ހުންނަ އިންޑިޔާގެ އެންބަސަޑަރާ އެ އެންބަސީން ދިވެހި ގައުމާ އަދި ދިވެހި ރައްޔިތުންނާ ދޭތެރޭ ޢަމަލުކުރަމުންދާ ގޮތާ ދޭތެރޭވެސް ވަރަށް ފުންކޮށް ދިވެހި ރައްޔިތުން ވިސްނަންވެސްޖެހޭ!! މިރާއްޖޭގައި ހުރި ބޭރުގެ އެއްވެސް އެންބަސީއަކުން ޢަމަލުކުރަމުން ނުދާގޮތަށް ވަރަށް ނުރައްކާތެރިކޮށް އިންޑިޔާގެ އެންބަސީން މިގަައުމުގައި މަސައްކަތްކުރަމުން އެގެންދަނީ!! އެންބަސީގެ ޢަމަލުތައް އެގޮތަށް ބައްޓަންކޮށްފައިވަނީ މިސަރުކާރުންނާ ސަރުކާރު ކޯލިޝަނުން އެފުރުސަތު ދީފައޮތީމަ!! އެމީހުން އަތުން ވެރިން "ލައްޑޫ" ބޮޑުތަކުން ކައިފަ އޮތީމަ!! ރައްޔިތުންގެ މަޖްލިސް (ރައްޔިތުންގެ ބާރު) މެމްބަރުންނަކީ ދިވެހި ރައްޔިތުން ހޮވާފައިވާ ބައެއް! ރައްޔިތުންނަށާ ޖުމްލަކޮށް ގައުމަށް އިޚްލާސްތެރިވާންޖެހޭ މަޖްލިސް މެމްބަރުނާ އަދި ދިފާޢީ ބާރުތަކުން!! ގައުމަށް ޣައްދާރުނުވޭ!!

      16
  3. މާޟީ

    ކިތައްމެ ވަރަކައް ގެން ދިޔައަސް އިންޑިއާ އައް ރާއްޖޭގެ ތަންތަން ނުވިއްކާ ކަމަކައް ނުވާނެ.

    23
    2
    • ޢަހޫޔާ

      ކިތައްމެވަރަކަށް ހަޅޭލެވިއަ ސް ޔާމީނުވައްކަންނުކުރާކަމަށް ވާނެތޯ.

      2
      13
      • ޙާސަން

        އަންނި ވައްކަން ނުކުރާ ކަމަކަށްވެސް ނުވާނެ. ވައްކަންކޮށްގެން ރ.އަނގޮޅިތީމަށް އަރުވާލާފައި ހުރި މީހެއް އެއީ. ޔާމީނުގެ މައްޗަށް ސާބިތުވިކަމަށް ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ ވައްކަމުގެ ކުށެއް ނޫން.

        11
        1
  4. މާމީ

    އިންޑިއާ އައުޓު

    25
    1
  5. އައުޓް

    އިންޑިޔާއައުޓް ގޮވަނީ އިދިކޮޅު ޕާޓީއަކުންނޫނޭ ރައްޔިތުންނޭގޮވަނީ މިހާރުވެސް މިބުނަނީ އިންޑިޔާއައުޓް އޭ

    15
    1
  6. ކެރެލާ ކޮއްޔެ

    ނަމަ ނަމަ ނުދާތި. ބޮޑު މާސިންގާ ރޭވުމަކަށް ވެދާނެ. ކޮންމެފަދަ ލަނޑެއްވެސް ދީފާނެ

  7. ޝަރީފް

    ޔާމީން ވައްކަންކުރެއްވިކަމަށް ތުހުމަތު ކުރެއްވިއަސް ނަޝީދުވައްކަމުގެ މައްސަލައެއްގައި
    އަރުވާލާފައިވޭ ޔާމީން ވައްކަންކުރެއްވިކަމަށް ތުހުމަތު ކުރެއްވިކަމުގައިވިޔަސް އެބޭފުޅާގެ
    ވެރިކަމުގައި މިއިންދުވަހަކު ނުލިބޭތައްރައްޤީއާ ކުރިއެރުން ގައުމަށްލިބިފައިވޭ ނަޝީދުވެރިކަމުގައި
    ގައުމަށްލިބުނު ތަރައްޤީއާ، ކުރިއެރުންކޮބާ؟ ހިނގާފައިވާކަމެއްވޭ އެއީ ވެރިކަމުން އިސްތިއުފާ
    ދެއްވިދުވަހު ބައެއްތަންތަނުގައި އަލިފާންޖަހާރޯކޮށް ގައުމަށް ބޮޑެތިގެއްލުންތަކެއް ދީފައިވޭ

  8. ތ

    މިހާރު ވެގެން އުޅޭ ގޮތަކީ މިސަރުކާރު ދެން ނުހޮވޭނެކަން އެނގޭތީ ދެން އަންނަ ސަރުކާރަކާއި އެކު ޑީލް ހެދޭތޯ ރުއްސޭތޯ ބަލަނީ މިހާރު ސަފީރު ވެސް ބަދަލު ކުރަނީ ކަން ކަން ވެސް ބަދަލުވެ ފޮރޮޅެމުން ނިއުޅެމުން ދާނީ ބަލަން ތިބޭ ވަރަށް ގިނަ މަންޒަރު ފެންނާނެ އާސަފީރު ބަލާނެ އިދިކޮޅާ އެކު އެއް ގަލަކަށް އެރޭތޯ ސުދީރު ބަދަލް ކުރަނީ އެހެން ވެގެން މިއީ ވަރަށް ވާހަކަ ރޯގެ އެތެރޭގެ ވާހަކަ