ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ.

އެރަށު ގޮނޑުދޮށް ހިމާޔަތް ކުުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ. އެރަށަކީ ވަރަށް ބޮޑަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވަމުން އަންނަ ރަށެެކެވެ.

އެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިން މިއަދު ބުނީ، އެ ޕްރޮޖެކްޓްގެ 73 އިންސައްތަ މަސައްކަތް މިހާރު ނިމިއފައިވާ ކަމަށެވެ.

ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ފޮޓޯއެއް

މި މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7,750 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ޖިއޯ ބޭގްސްއަށް އެޅުމަށް 1,926 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 10.02 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު