ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމެރިކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ އެމަނިކުފާނު އެމެރިކާއަށް ވަޑައިގަންނަވަނީ އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. ރައީސްއާ، އަނބިކަނބަލުން އެމެރިކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ. މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއްވައެވެ.

ބޮޑު އަގުލަބިއްޔަތަކާއިއެކު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްﷲ ޝާހިދު އިންތިހާބުވެވަޑައިގެންނެވުމާ ގުޅިގެން މި ފަހަރުގެ އާންމު މަޖިިލީހަކީ ރާއްޖެއަށް ވަރަށް ތާރީހީ މަޖިލީހަކަށް ވެގެންދާނެއެވެ.

ފާއިތުވި ތިން އަހަރު ރާއްޖެއިން ވަނީ ބައިނަލްއަގްވާމީ ދުނިޔޭގައި މުހިންމުކަންދޭ ކަންކަމުގައި ފައިތިލަ ސާބިތުކޮށް ރާއްޖެއިން ގަބޫލުކުރާ ކަންކަމާ ގުޅޭގޮތުން ވަކާލާތުކޮށްފައެވެ. އަދި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށް ރާއްޖެއިން އަންނަނީ އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 28 ވާ އަންގާރަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    ދުރުގަ ހުއްޓަސް ކަލާއޭ މިހިތުގާ ވަނީ ކިޔާފަ އަވަހަށް ޝާހިދު އަށް ސަނާކިޔަން ދޭ. އިބޫ އަށް ޝާހިދު އާ ދުރުގަ ހުންނަށް އުދަގޫ ވާކަމަށް ކަންޒް ބުނޭ. ކެކެކެކެކެ.

    14
  2. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  3. ދަރަނި ދަންތުރަ

    ރައްޔިތުން އަނގަޔާ އަތާދިމާނުވޭ ، ސޯލިބޭގެ އިބުރާހީމް ، ސާހިދު މެން އަޗާތަޅާ ދައުލަތުގެ މާލިއްޔާ ދަވާލައިފި ހުރިއްޔާ ހުރި އިމާތެއް މޯގޭޖުކޮށްފި ރީނދޫ ގުރޫޕު ބާރަށް އަތްޖަހާ

    13