މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަޕެޓަމައިން (މެތު) ރާއްޖޭގައި މިހާރު އާންމު އެއްޗަކަށް ވެއްޖެކަމަށާއި އެތަކެތި ހިލޭ ލިބޭ ހިސާބަށް ވެސް ހިނގައްޖެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މެތު އާއްވެ ވެއްޖެ ކަމަށާއި މެތު އެހާ ގިނަވި ނަމަވެސް އެތަކެތި ރާއްޖެއަށް ގެންނަނީ ކޮންތަނަކުން ކަން ވެސް އަދި ހޯދިފައިނުވާ ކަމަށެެވެ.

ރާއްޖެ އަށް އެތެރެވާ މަސްތުވާތަކެތީގެ ވައްތަރުތައް ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެތަކެތި އެތެރެކުރުން ވެސް ފަހަކަށް އައިސް ވަރަށް ބޮޑަށް ތަފާތު ވެއްޖެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"ގިނަ އެއްޗިހި މިހާރު މި އަންނަނީ ޔޫރަޕުގެ ގައުމުތަކުން. މެތު މިހާރު މިތަނުން މި ލިބެނީ ހަމަ ހިލޭ. އެ ކޮންތާކުން ސަޕްލައިކޮށްގެން އުޅޭ އެއްޗެއްކަމެއް އަޅުގަނޑަކަށް ނޭނގޭ،" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މެތަކީ އެކި ކަހަލަ ބޭހާއި ބެޓެރި އަދި ކެމިކަލް ފަދަ ތަކެތި އަޅައިގެން ހަދާ އެއްޗެކެވެ. މެތަކީ އޯވަޑޯޒް ވުމުގެ ފުރުސަތު ބޮޑު މަސްތުވާ އެއްޗެކެވެ.

ރާއްޖޭގައި މެތު ބޭނުންކުރާ މިންވަރު އިތުރުވެފައިވާއިރު، އެއަށް ދެވި ހިފައިފި ނަމަ އެއިން ސަލާމަތްވުމަށް ދެވޭނެ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. Anonymous

    މިފަދަ ލާދީނީ މީހުން ތިބޭ ތަނެއްގަ ހުރިހާ ނުބައިކަމެއް އާންމު ވާނެ

    62
    2
    • Anonymous

      މުއްލާތައް އެންމެ ގިނަ އަދި ދީންވެރިކަމަށް އެންމެ ހެދިގެން އުޅޭ އަފްޤާނިސްތާނުގަ ތި އެންމެ ގިނައިން ހައްދާ އެހެން ޤަޢުމުތަކަށް ބޭރުކުރަނީ!

      3
      25
  2. ސަޓޯ

    ކަލޭމެން ގެނެސްގެން ބެހީމަ ލިބޭނެނު

    58
    1
  3. ޢަދުރޭ

    ބަނގުލަދޭޝް މީހުން އެތެރެކުރާ ކޯރުމަހުގެ ބަނޑުތެރޭގަ އެތެރެ ކުރަނީ . ބަނގުލަދޭޝް މީހުން އެތެރެކުރާ އެއްޗިހި ރަނގަޅަށް ބަލާބަލަ ފެންނާނެ . މިޔަންމާ އަށް ރޮހިންޔާ މުސްލިމުންގެ ނަމުގަ ބަނގުލަދޭޝް އިން އެތެރެވެގެން ތިބި މީހުންވެސް ހަމަ ގަތީ މި ގަނޑު . މިޔަންމާ އިން ހަރުކަށިވާން ފެށީ ޑްރަގް ވިޔަފާރި ޢާއްމުވާން ފެށީމަ

    32
    6
  4. ހެހެހެކެކެ

    ހިލޭ ލިބެން ހުންނަކަން މީނަޔަށް އެނގޭ.

    48
    1
  5. ދަރަނި ދަންތުރަ

    މިސަރުކާރުން މަސްތުވާތަކެތި އާއްމުކުރަނީ ހުއްޓުވަން އެއްވެސްކަމެއްނުކުރޭ ، ނަސީދުބުނި ހަކުރު ގިނަވާނޭ ރީނދޫ ވެރިކަމެއްގައި ރާއްޖޭގައި މަސްތުވާތަކެތި ގިނަވޭ އިސްލާމް ދީނަން ފުރައްސާރަ ކުރުން އިތުރުވޭ ކެރަފާ ނަސީމުގެ ލަދުކޮބާ..

    45
    1
  6. ހުސޭނުބޭ

    އެކްސްޕަޔާ ފެވައިހުރި ހުސްމުޅިއެއް!

    19
    2
  7. ހަމްދާން އާދަމް

    ސަރުކާރުގެ މިނިސްޓަރަކު ތިޔަހެން ވާހަކަދެއްކުމަކީ ސަރުކާރުން ތިކަމުގައި ފެއިލްވެެއްޖެކަން ގަބޫލުކުރުން. ހިލޭ ތިތަކެތި ލިބޭ ދަރަޖައަށް މިރާއްޖ ވެއްޓިފައިވާކަން ސަރުކާރުން އެއްބަސްވުމަކީ ސަރުކާރުގެ ނާގާބިލްކަން އަމިއްލައަށް ގަބޫލުކުރުން. ތިކަންކަން ބަލަހައްޓަން ހަވަލުކޮށްފައިތިބި މުއައްސަސާތަކުން އިހުމާލުވެފައިވާކަން ތިޔަހާމަކުރެވުނީ! ތިޔައީ އިސްތިއުފާ ނުވަތަ ވަކިކުރަންޖެހޭފަދަ ކަމެއް.

    32
  8. ޙަދިސައިބު

    ޜާބޮއި ސިންގިރޭޓުކާމީހަކަށް ތިކަން އެންގޭނީ

    24
  9. ކެރަފާ

    މި އެމްޑީޕީ ވެރިން އެތެރެ ކުރާ އެއްޗެއް މެތު އީ. ކެރަފާ ބެ ކޮންމެހެން އެހެން މީހުންގެ ބޮލުގަ އަޅުވަން އެތެރެވާ ގޮތް ނޭނގޭ ކަމައް ހަދާފަ ވާހަކަ ދައްކާނެ ކަމެއްނެއް..

    21
  10. ކެރޭ ސައްތާރު

    ތީތޯ ސަރުކާރުން އިންޑިޔާއިން 800 މިލިއަން ކްރެޑިޓް ފެސިލިޓީއިން ހާސިލް ކުރި އެއްޗަކީ

    25
  11. ގަމަރު

    ހިލޭ ލިބޭނެއެއްނު. ރާއްޖެއަށް 1995 ގައި ހަކުރު ގެނެސް ވިއްކިމީހުން މިއަދުވެސް މެދުނުކެޑި އެމަސައްކަތް އެބަކުރޭ. މިއޮށް ކުޑަ ގައުމުގައި ޑްރަގް އެތެރެކޮށް ވިއްކާ ބޮޑެތި މީހުން އެމަގާމްތަކުގައި 27 29 އަހަރު. ބައެއް މީހުން ޖަލުގަައި ތިބެގެން ވެސް ބޮޑެތި ޑްރަގްގޯނި އެބަ އެތެރެކުރޭ. ރާއްޖެއަށް ޑްރަގް އެތެރެކޮށް ބަސްޓުވެ ހުކުމުގައި ތިބި ބިދޭސީން ވެސް ޖަލުގައި ތިބެ މެދުނުކެނޑި ހަކުރާ ހަޑުލާ ފުށާ އެބަ އެތެރެކޮށް ވިޔަފާރި ޖައްސާލާ

    16
  12. ދޮންކާނަ

    ބޯބަޔަކަށް ދޯ އެނގޭނީ ލިބޭކަން ވެސް ލިބޭ ތަންތަން ވެސް އަހުރެން މިހުރީ އަޑުއެހިތާ މަސްތުވާތަކެތި ހިލޭލިބޭ

    19
    1
  13. ދިދަ ދަނޑި

    އޭގެންވެސް ހާމަކޮށްދެނީ ސަރުކާރު ފެއިލްވެފަ ވާކަން

    24
  14. ޏަޖަނ

    ހިލޭ ބަހަނީ އަވައްޓެރި ގައުމަކުން ފަންޑުކޮށްގެން ރާއްޖޭގެ ޒުވާން ޖީލު ފުނޑާލާން ވެގެން.

    12
  15. ނަސީ

    ތިކަން ރައިސް ޔާމިން ބޮލުގައި އަޅުވާލައިފައި ކަލޭމެން އަބަދުވެސް ސަލާމަތްވަނީ

    11
    1
  16. އަބުދު

    ރިސޯޓުތައް ހެދި އެއްބޭނުމަކީ ފަސޭހައިން ރާބޯން . ރާއެތެރެ ކުރުން ހުއްޓާފާ ޑުރަގު އެތެރެކުރާ މީހުން މަރުގެ އަދަބުދީފަ ޕޮލިޓިސަނުން އެއްކޮއްފަ ހުންނަ ނާޖާއިޒު މުއްސަނދިކަން ދައުލަތައް ނަގަން ފެއްޓުނު ދުވަހަކުން ތިކަން ހުއްޓިދާނެ.

  17. Anonymous

    ދެން ބޮމާއި ބަޑި އެތެރެ ކުރާއިރުވެސް ނޭނގޭއޭ ކިޔައިގެން ތިބޭ

  18. އަޙްމަދު

    އެބޭނުން ކުރާބަޔަކަށް އެނގޭނީ އެއެއްޗެއް ލިބޭ އަގާ ލިބޭނެތަން! މެތް އެއީ ކޯންޗެއްކަންވެސް ނޭގެ! އަލަށް މިއަޑުއެހީ! ވަރަށް ސަލާމް

  19. އިތުރު

    ހައްތަހާ އިތުރުވުމުގެ ކޮޅުމަތި އަދިވެސް ފެންނަށް އޮތީވެސް ދައްކަނީވެސް އެމަގު... ސްކޫލްތަކުގެ ދައުރު ސްކޫލްމަރުހަލާ އިސްލާމްދީން އުނގަންނައިދީ.... އަރަބި ކިޔަވައި ދިނުމާއި، ސްކޫލްތަކަށް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ފެންވަރު ރަގަޅު ޓީޗަރުން ގެނެސް ދަރިވަރުން ކޮށްލާ ކޮންމެ ސްވާލެއްގެ ޖަވާބް ދެވޭނެ ގޮތެއް ހޯދާ..... ފަހުގެ ޖީލް ބައްޓަންކުރެވޭނީ އިސްލާމްދީނުގެ ފުރިހަމަ ރިވެތި އުސޫލުން.... އުނގަންނައިދީގެންކަން ކަށަވަރު... ރައްޔިތުންވެސް ޑިމާންޑްކުރަންވީ ބަނދަރުހަދާ، ފަޅުހިއްކާ، މަގުހަދާ، ބޯޅަދަނޑު ހަދާކަށްނޫން...

    2
    1
  20. ޠާލިބާނުންނަށް ތުހުމަތުކުރި ޚިޔާލަށް ރައްދެއް

    މަސްތުވާތަކެއްޗާ ތާލިބާނުންނާ މަތިނުކުރޭ. ރަނގަޅަށް ތާރީޚު ބަލާ ތަޙްޤީޤް ކޮއްފާ ދެން އިނގިލި ދިމާކުރާނީ.
    ތާލިބާނުން މަސްތުވާތަކެތީގެ ވަބާއިން އެ ޤަައުމު ސަލާމަތްކުރުމަށް ކުރި ވަރުގެ މޮޅު ހަތިޔާރެއް ދުނިޔޭގެ އެންމެ ތަހުޒީބު ޤައުމުތަކަށް ވެސް ކުރުމަށް މިއަދު ވަނީ ނުކުޅެދިފާ. އެމީހުންގެ ބާރުގެދަށަށް ދިޔައިރު ދުނިޔޭގެ ހެރޮއިން ގެ 61 އިންސައްތަ ވިޔަފާރި ހިއްސާކުރަނީ އަފްގާނިސްތާނާ ޗައިނާގައި. އެމީހުންނަށް ރަޝިޔާގެ މައްޗަށް ވެރިކަން ލިބިގެން އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވީވެސް އެ ވަބާ އެ ގައުމުން ނައްތާލަން. އެކަމަށް ހަރުކަށި ޤަވާއިދެއް ކަނޑައެޅީ.
    މަސްތުވާތަކެތި ދަނޑުވެރިން ނަށް އެމީހުން އެންގީ ކަލޭމެންނަށް ކަލޭމެންގެ ދަނޑުތަކޭ. ބޭނުން އެއްޗެއް ހައްދާށޭ. އެކަމަކު މަސްތުވާ ބާވަތްތައް ފިޔަވައޭ. މަސްތުވާ ބާވަތްތައް ދަނޑުތަކުގާ ހައްދައިފިނަމަ ތިމަންނާމެން ކަލޭމެން އެ ދަނޑުތަކުގެ މަތީގާ ވަޅުލާނަމޭ.
    ބަރާބަރު އެންމެ އަހަރެއްގެ ތެރޭގާ އެ ގައުމުގާ މަސްތުވާތަކެތި އުފައްދާ ވިޔަފާރިކުރުމުގެ ސިނާއަތަކީ 3 ޕަސެންޓް. ކީއްވެ؟ އަސްލު ބޭސްގަނޑު އަޅަން އެމީހުންނަށް އެނގުނީމާ. އެމީހުނަންނަށް އެކަން ކާމިޔާބުކުރެވުނީ ކީއްވެ؟
    އެމީހުންގެ އީމާންކަމުގެ ސަބަބުން. ޤުރުއާނާ ސުންނަތުގެ އަސަރު އެމީހުންގެ ކިބައިގާ ހުރީމަ.
    އަހަރުމެންގެ ގައުމަށް ވެސް މިކަން ހުއްޓުވޭނީ ތާލިބާނުން ގެ މިސާލު ނަގައިގެން. އެހެންވީމާ ބަޔަކާ ދޭތެރޭ އިނގިލި ދިމާކުރާއިރު ކަމުގެ ޙަޤީޤަތް ބައްލަވާފަ ރަނގަޅަށް އެކަމެއް ސާބިތުވީމާ ނޫނީ ވާހަކަދައްކައިގެން ނުވާނެ. އެއީ އިސްލާމްދީން ބާރުއަޅާގޮތަކީ. އެހެންނޫނީ ޖާހިލަކަށް ވެދާނެ. ތިމާގެ ސަބަބުން އެތައް ބަޔަކު މަގުފުރެދިގެން ހިނގައިދާނެ.

  21. ޒާ

    ކަންކަން ރަނގަޅުކުރަން ވެރިކަމަށް ހަވާލުވީ ކިތައް ވަޢުދު ވެފައިތޯ؟ މިސަރުކާރު ފެއިލް ނުވާ އެއްވެސް ދިމާލެއް ނެތް.

  22. ލ

    ހުރިހާ މައުލޫމާތު އެނގުނުއިރު އެތެރެވާގޮތްވެސް މާރަނގަޅަށްވެސް އެނގޭނެ