ކޮކާ ކޯލާއިން ކުރިއަށް ގެންދިޔަ "ކޮކާކޯލާ ވޯލްޑްކަޕް ފިއެސްޓާ" ޕްރޮމޯޝަންގެ ދެވަނަ ބުރުގެ 20 ނަސީބުވެރިން ވޯލްކަޕް ބެލުމަށް ރަޝިޔާއަށް ފުރައިފި އެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދެވަނަ ބުރުގެ 20 ނަސީބުވެރިން ފުރިއިރު މީގެ ކުރިން ވަނީ 10 ނަސީބުވެރިން ރަޝިއާއަށް ފޮނުވާފައެވެ.

4 ދުވަހާއި 3 ރޭ ރަޝިޔާގައި ހޭދަކުރާއިރު މި ބައިވެރިން ބެލުމަށް ހަމަޖެހިފައި ވަނީ ޖުލައި 3 ވާ އަންގާރަ ދުވަހު ވޯލްޑްކަޕްގެ ގަދަ 16ގައި އިންގްލެންޑް އަދި ކޮލަމްބިއާ ބައްދަލުކުރާ މެޗެވެ.

މިއަދު ރަޝިޔާ އަށް ފުރި 20 ދިވެހިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ކޮކާ ކޯލާގެ ރާއްޖޭގެ އޮޕަރޭޝަން ޑިރެކްޓަރ މިލިންދު މީގެ ކުރިން ވިދާޅުވީ ނަސީބުވެރިންނަށް ރަޝިޔާއަށް ދިޔުމުގެ ފުރުސަތު މި ދެނީ ހަމައެކަނި މެޗް ބަލާލަން އެކަނި ނޫން ކަަމަށާއި، މިއީ ކުޑަކުުޑަ ޗުއްޓީއެއް ކަމަށެވެ.

45 ދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޖެހޭނީ ކޮކާ ކޯލާގެ ރަންމަތިގަނޑު ޖެހި 300 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރުގެ ފުޅީގެ މަތީގެ އަޑީގައިވާ ނަމްބަރު 2626 އަށް އެސްއެމްއެސް ކުރާށެވެ.

ކޮކާ ކޯލާގެ ފަރާތުން އެކި ޕްރޮމޯޝަންތައް ކުރިއަށްގެންގޮސް، ބްރެޒިލްއަށް ގޮސް ވޯލްޑްކަޕް ބަލާލައި، ޕެރިސްއަށް ގޮސް ޔޫރޯ 2016 ބަލާލުމުގެ ފުރުސަތާއި، އާއިލާއެކު ތައިލެންޑަށް ޗުއްޓީއަށް ދިޔުމުގެ ފުރުސަތާއި، އެކި ކަހަލަ ފޯންތަކާއި، ޓީވީ ފަދަ ހަދިޔާތައް ވަނީ ދިވެހިންނަށް ދީފައެވެ. އަދި މި އަހަރު ތެރޭގައި ފީފާ ވޯލްޑްކަޕްގެ އޮރިޖިނަލް ޓްރޮފީވެސް ގެނެސްދީފައި ވަނީ ކޮކާ ކޯލާއިންނެވެ.