މުޅި ރާެއްޖެއަށް ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

ފާއިތުވި 24 ގަޑިއިރުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. މިއާއެކު ކަނޑުމަތީގެ އެކި ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ.

މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ، މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް އެ ސަމާލުގައި ބުނެފައި ވެއެވެ.

އެ ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 22:00އަށެވެ.