ދައުލަތުގެ ކަންކަމާމެދު ބަސްބުނެ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސް ވިދާޅުވީ، ކޮންމެ ހާލަތެއްގައިވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ޑިމޮކްރެސީން ކަށަވަރުކޮށްދޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިދިނުމަށްކަމަށެވެ. އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ހައްގުތަކަށް ސަރުކާރުން އަބަދުވެސް އިހްތިރާމުކޮށް، އެހައްގުތައް ލިބިދެވޭކަންވެސް ކަށަވަރުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވަކިން ހާއްސަކޮށް، ދައުލަތުގެ ކަންކަމާމެދު ބަސްބުނެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެއެވެ.

ސަރުކާރުގެ އެންމެހައި ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި، މަޢުލޫމާތު ޢާންމުކުރުމަކީވެސް، ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓުމުގައި، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ.

ރައީސް ވިދާޅުވީ، ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސަކީ، ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުސަތު މިނިވަންކަމާއެކު ހުޅުވައިލެވިފައި އޮތުން ކަމަށެވެ. އަދި ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދައުލަތުގެ ވެރިން ކަނޑައެޅުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ، ދެފުށް ފެންނަ، ނަޒާހަތްތެރި މިނިވަން އިންތިޚާބުތަކުގެ ޒަރީޢާއިންނެވެ. އަދި އެ ގައުމެއްގެ ދުސްތޫރީ އޮނިގަނޑުގައި ކަނޑައެޅިފައި އޮންނަ މުއްދަތުތަކުގައި، އިންތިޚާބުތައް ބާއްވައިގެން ދައުލަތުގެ އިންތިޚާބީ މަޤާމުތަކުގެ ދައުރު ބަދަލުކުރަމުން ގެންދިއުމެވެ.". ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވެފައި ވަނީ، މިއަހަރުގެ ޑިމޮކްރަސީ ދުވަސް ބައްދަލުކުރިއިރު، ކޮވިޑް-19ގެ ދަތިތަކުން އަރައިގަނެވޭތޯ މުޅި ދުނިޔެ މަސައްކަތް ކުރާތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެެ.

"މާތް ﷲގެ ވާގިފުޅާއި މަދަދާއެކު، ދިވެހިރާއްޖެ މިއަދު މިވަނީ ކޯވިޑުން އަރައިގަތުމުގައި އެކަށީގެންވާ ކާމިޔާބެއް ހޯދައިފައި. އާބާދީގެ ބޮޑު އިންސައްތައެއް، ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް، މި ވަބާއަށް ފައްސިވާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވިއްޖެ. ސްކޫލްތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތައް ހުޅުވައި، ރާއްޖެ މިހާރު މިއަންނަނީ، އައު ޢާންމު ޙާލަތަށް ފަރިތަވަމުން". ރައީސް ވިދާޅުވިއެވެ.

ޑިމޮކްރަސީން ކަށަވަރުކޮށްދޭ އެންމެ އަސާސީ އިންސާނީ ހައްގަކީ، ދިރިހުރުމުގެ ހައްގާއި ރަނގަޅު ކާނާ ކައިބޮއި އުޅުމުގެ ޙައްޤު ކަމަށްވާއިރު، މި ޙައްޤުތައް ފުރިހަމައަށް ހޯދުމަށްޓަކައި، އެންމެން ގަދައަޅައި އެއް އަޒުމެއްގައި މަސައްކަތް ކުރަންވީ، ކޮވިޑް-19ގެ ސަބަބުން އިގްތިސޯދީ ގޮތުން ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިގްތިސޯދީ ޙަރަކާތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމަކީ، ގައުމީ އުފެއްދުންތެރިކަން މަތިކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ކަސްޓަމްސް އަކީ އަމިއްލަހަރުމުދާ ގަޑެއްތޯ

  ހަހަހަހަ. ކަސްޓަމްސް ކިޔާތަނެއްގެ ހާލަތު ބަލާލާ.މީހަކު ފޭސްބުކްގައި ނަސޭހަތެއްދިނަސް ހީވަނީ ތިމާމެންނަށް ފާޑުކިޔަނީ އޭ.އެވީ ކަނޑާލަންތޯ؟.ޕޮރޮމޯޝަން ހިފަހައްޓަންތޯ ޒިންމާއިން އެކަހެރި ކުރަން.ބަގުޑި ބައްދައިގެން ތިބެވޭނީ ވަކިަވރަކަށް. ލައިވް ނޫސް ކޮންފަރެންސް އެއް ކަސްޓަމްސްގެ ބަޔަކުދީފިއްޔާ ވާނެގޮތްއިގޭނެބާ/

  22
  1
 2. އަސްލަމް

  އެހެންވީމާދޯ ކޮއްލާ ޓުވީޓަކުން، ފޭސްބުކުގައި ކޮއްލާ ކޮމެންޓަކުން ވަޒީފާއިން ކަނޑާ ހޫރާލަނީ. މިއީ ޖާހިލު ނުބައިނުލަފާ ވެރިކަމެއް.

  28
 3. މާމީ

  އިބުރާހިމާ އަހަރެމެން ސުލްހަވެރި ކަމާއެކު 3 މީހުން އެއްތަނެއްގަ އެއްވެ ތިއްބަސް ފުލުހުން ފޮނުވާގެން އަތް އަބުރާފަ އަތުގައޮންނަ ދިވެހި ދިދަ ފޭރެނީ ތިޔަބުނާ މިނިވަންކަން އޮތް ވަރުންތޯ؟؟؟

  25
  1
 4. ލީނޯ

  ޑިކޮމްރަސީގެ އައްޕަވެސް ރާއްޖެއިން ބޭރުގައި ހުރެގެން އިދިކޮޅު ލީޑަރު ދޫކޮށްލުމަށް ބޮޑެތި ބާރުތަކުގެ ލީޑަރުން ކާރީގައި ދަނީ އާދޭސް ކުރަމުން! މިފަހަރު ސަރުކާރަށް ފިއްތާލާނެކަން ކަށަވަރު!

  23
  1
 5. ބޭކާރު ހާސަރު

  ޗީޑި. މޮޅު ވާހަކަ ދައްކާތި. މިސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވަނީ ގާނޫނުތަކުގެ ތެރެއިން. އެއީ ހިޓްލަރުވެސް އެކަން ކުރިގޮތް. ކައިފައި އޮތް ވަރާ ހޭވި ހަޑި ފެންނާނީ ކަލޭމެން ވެރިކަމުން ފޭބީމަ. މިހާރުވެސް އެމްޑީޕީ އެތެރޭ އިންތިހާބުގައިވެސް އޮތީ ސަރުކާރުގެ ބާރުގަދަ މަގާމުތަކުގައި ތިބި މީހުން ރަށްރަށުގައި ހަންފެތުރުން. ސަރުކާރުގެ އޮފީސްތަކަށް މިމީހުން އެލާ ސިޔާސީ މީހުންނާ މަސައްކަތުގެ ކަންކަމުގައި ހިޔާލުތަފާތުވެލިއަސް އެ މުއައްޒަފަކަށް އުނދަގޫކޮށްގެން ބޭރުކުރޭ.

  26
 6. ނާސިރު11

  ޚިޔާލު ފާޅުކުރުމޭ އަނެކެއްޗެކޭ ނުކިޔާ ދިވެހިރައްޔިތުންނަށް އިންޑިއަން ހައިކޮމޮޝަން ދޮށުގަ ރޯއަވީގަ ސަލާން ނުޖައްސާ ވިސާ ލިބޭގޮތެއް ހަދާދީބަލަ. މުޅިރާއްޖެ އިންޑިޔާމީހުން ފުރާއާދެވޭއިރު ދިވެހިން ވިސާހޯދަން ސަލާންޖަހަން ޖައްސާކަށް ސޯލިހުގެ ލަދުގެ ކަންފުޅެއް ނެތޭ.. k

 7. ާައަލީ

  އިމިގުރޭޝަން ހިންގަނީ ވަރައް ހުދުމުހުތާރުކޮށް ..

  10
 8. ކާފަބޭ2020

  ☹☹😉😉😉😆😆😆😆😆😆😆😆😆ފުދިއްޖެ ފުދިއްޖެފުދިއްޖެފުދިއްޖެ😆😆😆😆😆!!!!!!!!!

 9. އާދަމް

  ޚިޔާލުފާޅުކުރުމަކީ އިސްލާމްދީނުގައި އޮތްކަމެއް. އެކަމަކު ޚިޔާލުފާޅުކުރުމުގެ ނަމުގާ އެކެއްގެ އަބުރަށް އަރައިގަނެ، ދޭތެރެޖައްސާ،، ދޮގު ތުހުމަތުތައް ކޮށް، އަވަގުރާނަ ގޮވާ ދޮގުހަދާ އެކަކު އަނެކަކަށް އާޑަފުރައްސާރަކޮށް ހެދުމަކީ ވެސް ހުއްދަ ކަމެކޭތޯ ތި ވިދާޅުވަނީ.؟ އެހެން ބުނާނެތާ... ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަން. ވަޟަޢީ ފަލްސަފާތަކަށް ބިނާވެގެންވާ ނިޒާމެއް. އޭގާ އިލާހީ އެއްވެސް ޝަރީއަތެއް ނުވާނެ. ވެރިޔާއަށް ކަމުދިޔައީމަ ނިމުނީ ޙައްޤަސް ބާޠިލަސް އޭނަޔަށް އީމާންވާން އެބަޖެހޭ. އެމަންޒަރު ރާއްޖެއިން މި ފެންނަނީ. މަނިކުފާނު ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިސްލާމީ ޙުދޫދުން ބޭރުން ދިނުމުގެ ނަތީޖާ މިއަދު މަޖިލިސްތެރޭންވެސް ފެންނަމުން އެދަނީ. އެއް ޕާޓީ ދެކޮޅަށް އަނެއް ޕާޓީގެ ފިކުރުން ފެންނަމުން މި ދަނީ. ޖާހިލީ ޒަމާނުގާ ޤަބީލާތަކުގެ ކޯޅުން އޮތް އިރުވެސް މިޔަށްވުރެ ރަނގަޅު.