ދިވެހިރާއްޖެ އަށް މިހާރު އިންޑިއާ އިން ކަނޑައަޅާފައި ހުރި ސަފީރު ސަންޖޭ ސުދީރުގެ ބަދަލުގައި އާސަފީރަކު ދިވެހިރާއްޖެއަށް ކަނޑައަޅަން އިންޑިއާ އިން ނިންމައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އާ ސަފީރު ކަމަށް އައްޔަން ކުރަން ނިންމާފައި ވަނީ މިހާރު އިންޑިއާ އިން އޮމާނަށް ކަނޑަޅާފައި ހުރި ސަފީރު މުނޫ މަހާވަރު އެވެ. އޭނާ މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ ތާރީހެއް އިންޑިއާ ސަރުކާރުން އަދި ނުބުނެ އެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

މުނޫ މަހާވަރު އަކީ ހާރިޖީ ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ އިންޑިއާގެ ފޮރިން އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1996 ވަނަ އަހަރު އެވެ.

ރާއްޖެ އަށް މިހާރު އިންޑިއާ އިން ކަނޑައަޅާފައި ހުރި ސަފީ ސަންޖޭ ސުދީރު މަގާމާއި ހަވާލުވީ 2019 ވަނަ އަހަރުގެ މާޗް 05 ވަނަ ދުވަހު އެވެ. އިންޑިއާގެ ސަފީރުން އާއްމުގޮތެއްގައި ތިން އަހަރު ދުވަހު މަގާމުގައި ތިއްބަވައެވެ. ނަމަވެސް ސަންޖޭ ސުދީރުގެ ބަދަލުގައި ރާއްޖެއަށް އާސަފީރަކު އައްޔަން މިކުރަނީ ސަންޖޭ ސުދީރު ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރިތާ ތިން އަހަރުނުވެ ހަމަސް ދުވަސް އޮއްވައެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ މީގެ ކުރިން ދުވަހަކުވެސް ބަދަހި ނުވާވަރަށް ބަދަހިވެފައެވެ. އެއާއިއެކު ބައެއް ދިވެހިން އިންޑިއާ އަށް ކުރާ ތުހުމަތުތައް ވެސް ވަނީ ދުވަހަކު ވެސް އިތުރު ނުވާވަރަށް އިތުރުވެފައެވެ. އިންޑިއާގެ ހައިކޮމިޝްގެ މައްޗަށް ވެސް ބައެއް ތުހުމަތުތައް ކުރުން ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ނަމަވެސް ސަންޖޭ ސުދީރުގެ ބަދަލުގައި އާސަފީރަކު އައްޔަން ކުރުމާއި ބައެއް ދިވެހިން ކުރާ ތުހުމަތުތަކާއި ގުޅުމެއް އޮތްކަމެއް ނޭނގެއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިއުލާން ކޮށްފައިވާ ގިނަ މަޝްރޫއުތައް ވެސް ހިންގަން ތައްޔާރުވަމުން ދަނީ އިންޑިއާގެ ކުންފުނިތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މާވަހަރާ

  މާވަހަރޭއައުޓް#

 2. ޞޮއްޓި

  މާވަހަރޭއައުޓް#

 3. މުރާލި ޒިމް

  މޫނު މާވަހަރު ދޯ...!

 4. ސ

  މި ސަރުކާރު ދެން ނުހޮވޭނެކަން އެނގޭތީ ސުދީރު ގެ ބަދަލުގައި މީހަކު މިފޮނުވަނީ އިދިކޮޅު މީހުންގެ ތާއީދު ހޯދަން އޭރުންތާ ދެން އަންނަ ސަރުކާރެއްގައި ވެސް އިންޑިޔާ އައުޓް ނުގޮވާ ތިބޭނީ އެކަމު އެހެން ނުވާނެ އެކަމު ސިޔާސަތަކީ ކުރިން މިބުނި ވާހަކަ ސުދީރު އުޅުނު ގޮތަށް މީނާ ނޫޅޭނެ ބަލަން ތިބޭ މިއީ ރޯ ގެ މީހެއްގެ ފަރާތުން ލިބުނު މައުލޫމާތު ކަމަށް ބަލާ... މިއީ ވަރަށް ވާަހަކަ