ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް 2015 ވަނަ އަހަރުގެ އޮކްޯބަރ 25 ވަނަ ދުވަހު ގެންދެވި ކަޅުދަބަހުގެ ތަފްސީލް ހަފްތާއެއް ތެރޭގައި ހާމަކުރާނަން ކަމަށް ވިދާޅުވެ ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު އިންޒާރެއް ދެއްވައިފިއެވެ.
ވިސާގެ މައްސަލައެއްގައި މިހާރު އިނގިރޭސިވިލާތުގެ ސެންޓެއްގައި ބަންދުކޮށްފައި ހުރި އަލީ ވަހީދު ކުރި ޓްވީޓެއްގައި ވިދާޅުވީ އިންސާނެއްގެ މިނިވަންކަން ނުޙައްޤުން ހިފަހެއްޓުމުގެ ޖާގަ ދައުލަތުގެ އެއްވެސް މުޢައްސަސާއަކަށް ނޯންނާނެ ކަމަށެވެ. "ރިފޯމްގެ ނަމުގައި އެއް ލޯފާމަކަށް ޖުޑީޝަރީ ޕްރައިވެޓައިޒްކޮށް ކިލަނބުކޮށްލައިފި. 25 އޮކްޓޯބަރ 2015 ގަ ޕީޖީ ޝަމީމް ގެންދެވި ކަޅުދަބަހުގެ ތަފްޞީލު ހަފްތާއެއް ތެރޭ ހާމަ ކުރާނަން." އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު އިޝާރާތް ކުރެއްވި ދުވަހަކީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރު ކުރި ދުވަހާއި ޖެހިގެން އައި ދުވަހެވެ. އަދީބު ހައްޔަރު ކުރުމާއިއެކު އޭނާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ ޝަމީމެވެ.
ރައީސް ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ބައެއް ވަޒީރުން ދަތުރުކުރެއްވި ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބު ހައްޔަރު ކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހު އެވެ. އަދީބު ހައްޔަރު ކުރީ ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު ސިންގަޕޫރަށް ވެސް ވަޑައިގެން އެގައުމުގައި މަޑުކުރައްވާ، އެނބުރި ރާއްޖެ ވަޑައިގެންނެވި ތަނުންނެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އަދީބުގެ ފަރާތުން ޝަމީމަށް ލިބުނު ކަމަށް މީގެ ކުރިން ވެސް ތުހުމަތު ކުރެވުނެވެ. ނަމަވެސް އެތުހުމަތުތައް ޝަމީމް ވަނީ ދޮގު ކުރައްވާފައެވެ.
ޕީޖީގެ މަގާމާއި ހަވާލުވުމަށްފަހު ޝަމީމް ވަނީ އަދީބުގެ މައްޗަށް 800 އަހަރުގެ ޖަލު ހުކުމް އަންނަ ވަރުގެ ހެކި އެބަހުރި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޝަމީމް އިސްވެ ހުރެ ދައުލަތުން ވަނީ އަދީބާއިއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދައި އަދީބަށް 20 އަހަރު ދުވަހުގެ ހުކުމެއް އަންނަ ގޮތައް މައްސަލަތައް ނިންމާލާފައެވެ.
ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ފަހުން އަދީބު ގޭބަންދަށް ބަދަލުކުރި ގޮތައް އަދިވެސް ހުރީ ގޭބަންދުގައެވެ.
ޢަލީ ވަހީދު މިހާރު އެ ބްލެކްމެއިިލް ކުރަނި ނޫނީކީއްވެ ކުރިން އެކަޅުފޮށީގެ ވާހަކަ ނުދެއްކީ
ރަގަނޅު ވާހަކައެއް!! ކުރިން އެވާހަކަ ނުދެއްކީ އޭރު ތިބީ ކުނިނުޖެހި އެއް އޮޑިއެއްގައި!! މިހާރު އެވަނީ “ފްރޭމްކޮށްފަ” އޮޑިން ބޭރުކޮށްފަ!! އެއް އޮޑިއެއްގައި ރައިސް ޔާމީންގެ ދައުރުން ފެށިގެން މިއެންމެންތިބެ އިންޑިޔާ އާއި ގުޅިގެން ޔާމީންއަށް ދުއްޕާންކޮށް ދޮގުވާހަކަތައް ފަތުރާ ހެދީ!! ފަހުން ޔާމީން ފްރޭމްކޮށް ޙަރާމް ޙުކުމެއްކުރުވާ ޖަލަށްލީވެސް މިއެންމެން ތިބެގެން!! ދެން އަލީ ވަޙީދަލީ އެމީހުންގެ އެންމެ އެތެރެ ސާކަލްގައި މިހުރިހާ ހަޑިއެއް ހޭވިއިރު ބައިވެރިވި އެކަކު! އޭނާއަށް ގޯނާ ކުރީމާ އޭނާ އެދަނީ މިހާރު ހުރިހާކަމެއް ހާމަކުރަމުން!! މީގެ ޙަގީގަތަކީ އަދީބުގެ ކަޅުފައިސާ ނުނަގާ ޝަމީމް ނުހުންނާނެކަން!! އޭނާ އަކަށް ނުކެރޭނެ ޚަތިމުގަ އަތްލާ ﷲ ގަންދީ ހުވާކުރާކަށް!
ހަތިމުގެ އަތްލާ ހުވާ ކުރަން ނުކެރޭނެޔޭ..؟..ކެރޭނެ..ކުރަންވެސް ކުރާނެ ކުރަންޖެހިއްޖެ ނަމަ..
ބުޅާ ގޯނިން ބޭރުވެއްޖެ! އެއީ ވީގޮތަކީ. ކުރިން ބުޅާ އޮތީ ގޯނިތެރޭގަ، ގޯނި ތުންބަނދެފަ. މިހާރު ބުޅާ ގޯނިން ބޭރުވީ! ކެކެކެ. އަނެއްކާ މިބުނީ ޢަލީވަޙީދު އަކީ ބުޅަލެކޭ ނޫން!
ބުލެކްމެއިލްކުރެވޭނީވެސް " ކޮންމެވެސްއެއްޗެއްނުވަތަ ކަމެއްވެސް " ކުރެވިފަނުވަތަކޮށްފައޮތީމަތާ؟ ކަމެއްނެތި ބުލެކްމެއިލެއްނުކުރެވޭނެދޯ؟
ތެދެއް ތި ބުނީ ، އެކަމް މިޝަމީމަކީ މަހުލޫފް ވެސް އެއްޗެހިތަކެއް ލީކުކޮށް ސަރުކާރު އޮރިޔާން ކޮށްލަން ބުނީމަ މަހުލޫފް ގެ މައްސަލައިިގެ އުންސުރު ނުފެނި ގެން އުޅޭ ޕީޖީ އެއް. އެހެން ވީމަ އެއްޗެއް އޮތް ބަޔަކު ބިރުދައްކާނެ ދޯ ޝަމީމް އެ އޮތީ އެ މަގު ދައްކަ ދީފަ.
ޢަލީ ހުރީ ފްރޭމްކޮށް އަރުވާލެވިގެން ހުންނަން މަޖްބޫރުކޮށްފަ ކަމަށް މި ބެލެވެނީ. މީގަ އެމްޑީއެން ސމީމުގެ ދައުރު ބޮޑުކަމަށް މި ބެލެވެނީ. ކަނޑައެޅިގެން އދީބް ސަލާމަތްކުރަން މި ސމީމް ހީވީ މަރުދިންހެން.
އެކަޅު ދަަބަހުގެ ވާހަކަ ދައްކާނެކަން ކުރިން އިނގުމުން އަވަހަށް އޭނާ ފްރޭމްކޮށް ދޮގުތުހުމަތުތަކެއް ކުރީކަމުގައިވެސް ވެދާނެ
އަލީ ވަހީދު ބުންޏަސް އެއީ ތެދެއް ފައިސާ ލިބުނު އެލިބުނު ފައިސާ ތައް ވައްދާނެ ތަނެއް ނޭނގިގެން ޝަމީމާ އެކު ކިޔަވަން އުޅުނު ބައެއް ރަށްޓެހިންނަށް ގުޅާ ފައިސާ ކޮޅެއް ބަހައްޓާދީފާނަންތޯ އެހި މިއީ ހައްގު ތެދު މިކަން އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ މިހާރުގެ އެޓަރނީ ޖެނެރަލް ރިފްއަތަށް އެނގޭނެ އަދި ވެސް އެހެން މީހުން ވެސް އެބަތިބި ގިނަ މީހުން ބުނީ ނުކެރޭނެއޭ އެއީ ގޮތް ނޭނގޭ ފައިސާ ވީމާ ރާއްޖެއިން ބޭރުގައި ވެސް ފައިސާ ރައްކާކުރި ލިބުނު ތާރީޚާ ދިން ދުވަސް ތައް ނޭނގުނަސް މިއީ ވަރަށް ވާހަކަ
ކުރިން ނުދެއްކޭނެތާ މަގާމު ގެއްލި ދާނެތީ އަދި ހައްޔަރު ކޮށްފާނެތީ މިހާރު އަތުނުޖެހޭ ހިސާބުގައި ހުރެގެން އެދައްކަނީ އޭނާ އަކީ އިނގިރޭސިންގެ ހިމާޔަތުގައި ހުރި މީހެއް ހިމާޔަތް ހޯދާ ދިނީ ވެސް އެމްޑީޕީން ބޮނޑި ބޮނީ ވެސް އެމްޑީޕީ
މިހާރު ވަރައްބޮޑައް ޔަގީންވާހެން ހީވަނީ އަލީ އެއުޅެނީ އަސްލު ރޭޕް ކޭސް އެއްގަހެން....
އަނެއްކާ އަނެއްކަރާ ފަޅާލީދޯ ،މިހާރު ތިއުޅެނީ ޝަމީމަށް ބިރުދައްކައިގެން ކުރިކަންތައް ނުކުރާކަމަކަށް ހަދަން، ޝަމީމެއް ތިދައްކާ ވާހަކަތަކާ ދޭތެރޭ ވިސްނާނެހެނެއް ހީއެއްނުވޭ.
ކަޅުދަބަހުގެ ތަފްސީލް އަދިވެސް ފައްކާ ކުރަނީ ތޯ؟
ހާދަ މޮޅު ސިޔާސީ މީހުން އުޅޭ ގައުމެކޭ އަމިއްލެއަށް ބުއި ބޮންޑިއަކުން ވަޒީފާއިން ވަކިކުރީމަ މޮޅު ވާހަކަ ތަކެއް ދައްކާށޯ މިއުޅެނީ ދެން އިދިކޮޅެއް އޮންނާނެޔޯ އެދަމާ ފަލަ ސުރިހީއަށް އަރުވަން އެއީ އެމީހުން ވަކި ގަބޫލު ކުރާތީކީ ނޫނޯ އެހެންނަމަވެސް ފައިދާއެއްވާތީ ދެން ދެބޯގެރި ދުއްވަން ތިބޭނެ ރައްޔިތުންތަކެއް ވެސް އަބަދުވެސް ދީނާ ގައުމައްޓަކާ ޔޯލަ ޖަހާހާ ބެރަކަށް ނަށަން އެމީހުންނަށް ވަކި ލިބޭ އެއްޗެއްވެސް ނޯވެ
ނުކެރޭނެ ތިކަޅު ދަބަހުގެ ވާހަކަ ދައްކާކަށް !
އަތުނުވާ ހިސާބަށް ދެވުނީމާތާ ވާހަކަ ދައްކާނީ ތިމާ ކަރުތާ ފެނަށް ވެއްޓުނީމާ ކުޑައިރު ނަޖިސް ކޭ ވާހަކަ ވެސް ދެއްކޭނެ
ލިބުނު ފައިސާ އެކި މީހުންގެ އެކައުންޓަށް ލާންވެެން ޝަމީމު ގުޅި މިކަން ދޮގު ކުރާކަށް ނުކުރެޭނެ މިއީ ވަރަށް ވާހަކަ
ކީއްވެ ހަފްތާއެއް ފަހުން؟ އަލީ ވަހީދަށް ހަފްތާއެއް ފަހުން އިތުރު މައުލޫމާތު ލިބެނީތަ؟ ނުނީ ތިކުރަނީ ބެލެކްމެއިލްތަ؟ މިހުރިހާ ދުވަހު ތިމައުލޫމާތު ހުރެ ފޮރުވީ ކީއްވެ؟ ކަލެއަކީ އިހުލާސްތެރިއެއްނޫން.
ސާބަހޭ ބްރޯ.އަވަސް ކުރޭ.
ޕީޖީ ޝަމީމާ ކަޅުދަބަހުގައި އުފުލީ އުންސަރު
ޢަލީ ހުރީ ފްރޭމްކޮށް އަރުވާލެވިގެން ހުންނަން މަޖްބޫރުކޮށްފަ ކަމަށް މި ބެލެވެނީ. މީގަ އެމްޑީއެން ސމީމުގެ ދައުރު ބޮޑުކަމަށް މި ބެލެވެނީ. ކަނޑައެޅިގެން އދީބް ސަލާމަތްކުރަން މި ސމީމް ހީވީ މަރުދިންހެން.
ދެން ނުކެރޭނެ ބިރުންވެސް އަލީވަހީދުގެ މައްސަލަ ބަލާކަށް.. ޔަގީން
ކުރި ނުދެކުވުން ވާހަކަ އެއް މިހާރަކު ދައްކާނެ ކަމެއް ނެތް އަމިއްލަ އެދުމުން ފޯވެގެން
ސަރުކާރުގެ އާރާއި ބާރު ނެތިގެން ދިއުމުން ދައްކާނެ ތިކަހަލަ ކިތައްމެ ވާހަކަ އެއް. ތީދެން ބޮޑުވަރު، އަބަދުވެސް ތި މީހުން އުޅޭގޮތް ތީ، ބިޔަ ހަށިގަނޑަކާއި ވަރުގަދަ އަޑެއް ލިބިފައިވާތީ ތިމާވަރު މީހަކު ނެތިގެން ތި އުޅެނީ. ރައްޔިތުން ގޮބޯ ނުހެއްދޭނެ،،
އަދީބުގެ މައްޗަށް 800 އަހަރުގެ ޖަލު ހުކުމް އަންނަ ވަރުގެ ހެކި އެބަހުރި ކަމަށް ވިދާޅުވެފައި އޭނާހުރީ ގެއަށް ދޫކޮށްލާފައި
އަލީވަހީދު މާގިރި ހޮޓަލުގަ ކުޅުނު ފިލްމުތައް އެހެރީ ފެންނަން ދެން ކަލޭ ތިމަންނާ ފުރޭމުކުރްނީއޭ ކިޔައިގެން ކޮން ވާހަކައެއް ތިދައްކަނީ
ހާމަ ކުރިޔަސް މިމީހުން ބުނާނެ އެއީ ސައްހަ ވާހަކަ އެއް ނޫނޭ، ލޮލން ފެނި ކަންފަތުން އިވުނަސް ބުނާނެ އެއީ ސައްހަ އެއްޗެއް ނޫނޭ.. މުލަ ވަގުން އުޅޭ ސަރުކާރއްް މީ
علي وحيد ސާފުކޮށް ވިދާޅުވެ ދެއްވަފާނަންތޯ؟ރެހެންދީ ފުލެޓުން ޢަލީ އާޒިމް އާއި އިބޫ އާއި ދެމީހުންގެ އަތަށް 37 މިލިއަން ރުފިޔާ ނައިބު ރައީސް އަހުމަދު އަދީބު ދިންކަމަށް މިދެކެވޭ ވާހަކަ ތަކުގައި އެއްވެސް ޙަޤީޤަތެއް އެކުލެވިގެން ވޭތޯ؟ އަދި 2018 ގެ އިންތިޚާބަށް ބޭރުގެ އެއްވެސް ޤައުމަކުން ފައިސާ ޚަރަދު ކުރިތޯ؟ އަދި 1ފެބުރުއަރީ 2018 ސްޕްރީމްކޯޓު ގެ ޙުކުމް ނެރުމަށް ކިހާ ފައިސާ އެއް ޚަރަދު ވިތޯ؟ އަދި އެޙުކުމް ލިޔުނީ ޑރ.ޖަމީލްތޯ ނޫނީ ރައީސް މައުމޫނުތޯ ނޫނީ ޕީޖީ ޝަމީމް ތޯ؟
އައްޔަކީ ވަރަށް މޮޅު އެކްޓަރެއް. އެހައިމެ މޮޅު ޑައިރެކްޓަރެއް އައްޔަގެ ޖާދޫގައި ނުޖެހޭ އެކަކުވެސް ނުހުންނާނެ. ޑީ އާރު ޕީ އެއް އެމްޑީ ޕީ އެއް ޖޭޕީ އެއް ކިޔާނެ ކަމެއް ނެތް.
އައްޔަކީ ވަރަށް މޮޅު އެކްޓަރެއް. އެހައިމެ މޮޅު ޑައިރެކްޓަރެއް އައްޔަގެ ޖާދޫގައި ނުޖެހޭ އެކަކުވެސް ނުހުންނާނެ. ޑީ އާރު ޕީ އެއް އެމްޑީ ޕީ އެއް ޖޭޕީ އެއް ކިޔާނެ ކަމެއް ނެތް.
އަލީ ވަހީދަކީ ޒުވާން އުމުރުގަ މަގު ގެއްލި ބޭ ކާރުވެ ބޭޒާރުވެ ބޭގަރާރުވެ އިތުބާރު ގެއްލިފަ ހުރި މީހެއް