އަންހެނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި ދުވަހެއް ދުވަހަކަށް އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭކަމުގައި ނައިބް ރައީސް، ފައިސަލް ނަސީމު ރޭ ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް އެހެން ވިދާޅުވީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމާ، އިލެކްޝަންސް ކޮމިޝަނުގެ ކުރިޔަށްއޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މިހާރު ރާއްޖޭގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އޮތް ފުރުސަތުތައް ކުރިޔަށްވުރެ ފުޅާވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރާއިރު އދގެ 76 ވަނަ ސެޝަނުގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހަވާލުވެ ވަޑައިގަންނަވާފައިވާކަން ފާހަގަކުރައްވައި މިއީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ބޮޑެތި ގައުމުތަކުގެ ކުރިމަތީގައި ވެސް ރާއްޖެއަކީ މުހިންމު ގައުމެއްކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޑިމޮކްރަސީ ނެގެހެއްޓުމަށާއި ކުރާ ކޮންމެ ކަމެއްގައިވެސް ހަމަހަމަ އުސޫލުތައް ގެންގުޅުމާ އަގްލަބިއްޔަތަށް ތަބާވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެ ހަފުލާގައި އެ ކޮމިޝަނުގެ 2021 އިން 2025 އަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވީ ނައިބް ރައީސް ނަސީމެވެ. އޭގެ އިތުރުން މި ހަފުލާގައި އެ މަނިކުފާނު ވަނީ އީސީއަށް ދިގުމުއްދަތެއްގައި ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް އެ ކޮމިޝަނުންދޭ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

އީސީގެ ތަފާސް ހިސާބު ޕޯޓަލްވެސް އިފްތިތާޙްކޮށްފައިވެއެވެ. މއެ ޕޯޓަލްއަކީ ނިމިދިޔަ އިންތިހާބުތަކުގެ ތަފާސް ހިސާބުތައް އެއްތަނަކުން ފެންނަގޮތަށް ތައްޔާރުކޮށްފައިވާ ޕޯޓަލްއެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އިބްރީމް މުހައްމުދު

  ކަލޭގެ ލޯބިވާ މިނިސްޓަރ ކޮބައިތަ އޭނާގެ ހައްގުގައި ނުކުންނަވީނު

 2. ޙހހހ

  މީ އުޅޭމީހެއްތަ

 3. ހަންނާނު

  މީ ކޮންތާކު އުޅޭ ސޮރެއް؟... މަހީކުރީ ނެތީކަމަށް

 4. Anonymous

  ނިދިން ހޭލެވިއްޖެތޯ

 5. މުހުސިން

  އެހެންވެ ދޯ ތިޔަ ބޭފުޅާގެ އާއިލީ ބޭފުޅުން ޢިއުލާން ކުރުމަކާއި ނުލައި ކުންފުނި ތަކުން ވަޒީފާ ދެނީ

 6. Anonymous

  އެހެންވެތަ ލާދީނީ އެޑިއުކޭޝަން މިނިސްޓަރ ގޮވައިގެން ކަލޭ ތިއުޅެނީ

 7. އަންހެނުން

  ދީނުގަ އަންގަވާފައިވާ އިމުގެތެރޭގަ.

 8. ސަނީ

  މީނަ ދުނިޔޭގަ އުޅޭތަ އަދިވެސް ؟ މަހީކުރީ މަރުވެއްޖެ ކަމައް ކޮވިޑްގަ

 9. އަބުދުﷲ

  މިއެއްމެން ވަޒީފާ ލިބޭ އިރައް ދުނިޔެއިން މޮޔަވެފަތިބެނީ ...... އަންހެނުން ގޭގަ ތިބެގެން ކުރަނީ މާބޮޑު އަގުހުރި މަސައްކަތް ކަމެއް ނޭގޭ .ގެދޫކޮށް އޮފީހުގަ ކުރާ މަސައްކަތް އެކަނި މަސައްކަތކަށް ފެންނަނީ. .... އޭގެ ގެއްލުން ..... މަންމަ ތިމަންނައަށް ދިން ހިމާޔަތް .... ވަޒީފާ އަށް ގޮސްގެން ނުދެވޭނެކަން ހަނދާން ކޮއްބަލަ...!!!!!؟

 10. ހިތާމައިގެ ކޮޅެއްނެތް

  ބޭކާރު ވާހަކަ ނުދައްކަވާށެވެ.ކުރަންވީ ކަމަކީ ރައީސާއި ނައިބް ރައީސު މަގާމުން އިސްތިއުފާދިނުމެވެ. ބޭނުމަކީ މިގައުމަށް ބޭނުންވަނީ ކިޔަވައިތިއްބެވި ވިސްނުމާއި ފިކުރު ތޫނުފިލި ގާބިލު ބޭބޭފުޅުން މަގާމުތަކުގައި ތިއްބަވަން ރައްޔިތުންގެ މެޖޯރިޓީ ބޭނުންވާތީއެވެ. މިޒަމާނުގެ ތައުލީމު ނެތްބަޔަކަށް ދުނިޔޭގެ ނޯހައު ނޭގޭނެއެވެ. އެކަަންނޭގި ކުރާކަންކަމުން ގައުމަށްލިބޭނީ ގެއްލުމެވެ. އޭގެ މިސާލަކީ ޖީއެމްއާރުން މިގައުމަށް އިންވެސްޓް ކޮށްފައިވަނީ 78 މިލިޔަން ރުފިޔާއެވެ. މީގެ ބަދަލެއްގެ ގޮތުގައި މުޅިހުޅުލެ ޖީއެމްއާރަށް 25 އަހަރަށް ދިނީއެވެ. ފުރަތަމަ ތިންއަހަރު ޖީއެމްއާރުން ކުރިކަމަކީ ޑިއުޓީފުރީ ވިޔަފާރި ކުރަމުންދިޔަ ދިވެހިންގެ އަތުން އެތަންއަތުލުމަށްފަހު އެކަންކުރުމެވެ. އެއަރޕޯޓް ކައުންޓްތައް ކުރިން ދީފައި ހުރި އަގައްވުރެ ބޮޑުއަގުގައި އެފަރާތްތަކަށް ދިނުމެވެ. ސީޕްލޭން ހެންގަރުތައް ކުރިން ދީފައިހުރި އަގަށްވުރެ 5 ބޮޑުކޮށް އެފަރާތްތަކަށް ދިނީއެވެ. އެއަރލަންތަކަށް ވިއްކާތެޔޮވެސް ބޮޑުއަގުގައި ވިއްކަން ފެއްޓުމެވެ. މިމަސައްކަތް ކުރަމުންދިޔައިރު މަޑުދުވެއްޔައްގައި ޓާމިނަލްގެ ކޮލަމްތަކުގއި ޕްލައިވުޑް ފްރޭމްތައް ތައްކުރުމަށްފަހު އެތަންތަނުގައި އިސްތިހާރު ޖަހައިގެންވެސް އާމްދަނީ ހޯދާމުން ދިޔަކަން ފާހަގަކުރެވެއެވެ. މީގެ އިތުރަށް އެއަރޕޯޓުން ފުރާމީހުންނާއި އަންނަ މީހުންގެ އަތުން 25 ޑޮލަރު ނަގަން ބޭނުންވެގެން އެކަން މަޖްލިހަށް ހުށަހެޅުމުން އޭރުގެ މަޖްލިސްގެ މެޖޯރިޓީ އޮތީ ޑީއަރުޕީއަށްކަމުން އެއަގު ފާސްވާގޮތްނުވުމުން އެއަރޕޯޓް ކޮމްޕަނީގެ މެނޭޖިންގ ޑިރެކްޓަރ ބަންދުސަލީމުވަނީ އެ 25 ޑޮލަރު ދައްކަން އެއްބަސްވެ ޖީއެމްއާރަށް ސިޓީދީފައެވެ. އެއަރޕޯޓަށް އިންވެސްޓްކުރަން ޖީއެމްއާރަށް ބޭނުންވާ ލޯނުތަކަށް ޒިއްމާވާ ފަރާތަކީވެސް ދިވެހިސަރުކާރެވެ. ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބައެއްސޭލްސްތަކުގެ ކޮންމެވެސް ޕަސެންޓެއް އެއަރޕޯޓްކޮމްޕަނީ އަށް ދޭންޖެހެއެވެ. އެކަމަކު ކުރިން މިދެންނެވި އަންނަމީހުނާއި ފުރާމީހުންއަތުން ނަގަން ކަޑައަޅާފައިވާ 25 ޑޮލަރު އުނިކުރިމުން ޖީއެމްއާރުން އެއަރޕޯޓް ކޮމްޕަނީއަށް ދައްކާފައިސާއަށްވުރެ އިތުރަށް ކޮންމެ މަހަކުވެސް ޖީއެމްއާރަށް ސަރުކާރުން ދޭންޖެހެއެވެ. އެރައިވަލް އިތުރުވާވަރަކަށް މިއަދު އިތުރުވެގެންދާނެއެވެ. ސަރުކާރުން ޖީއެމްއާރު އެގްރީމަންޓް ކެންސަލްކުރުމުން ބަދަލެއްގެ ގޮތުގައި 320 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ. ތިންއަހަރު ކުރި ވިޔަފާރިން ލިބުނު ނަފަޔާއި މި 320 އެކު ޖީއެމްއާރަށް އެތައްމިލިޔަނެއްގެ ނަފާވަނީ ލިބިފައެވެ. ބޮޑުއެއްޗެއްދީގެންނަމަވެސް ރައީސްޔާމީނުގެ ވެރިކަން ނިމުމަކަށް ގެންނަން އިންޑިޔާއިން އިންވެސްޓްކުރީ މިފައިދާގެ ދަހިވެތިކަމުގައެވެ. ޕީޕީއެމްފިޔަވައި ރާއްޖޭގެ ސިޔާސީ އެންމެން ކަހަލަގޮތަކަށްވަނީ މިޖަރީމާ ހިންގަން އިންޑިޔާއަށް އެބަޔެއްގެ ލެވަލުން އެހީތަރިކަން ދީފައެވެ.