"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކެމްޕެއިނެއް ރަސްމީކޮށް ލޯންޗް ކުރުމަށް ނިންމައިފިއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި އިދިކޮޅުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެއީ ފެއްސާ ރަތާ ހުދުގެ ކެމްޕެއިނެއް ކަމަށެވެ. އެކަމުގައި އިސްނެންގެވީ ޖަލު ހުކުމެއް ގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި މިހާލަތަށް ދިޔައިރު ގައުމު ސަލާމަތްކުރަން ވެއްޖެކަން، ގައުމިއްޔަތު ގެއްލިގެން ހިނގައްޖެކަން ދެނެވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ ޔާމީނެވެ.

އަދުރޭ ވިދާޅުވީ ޔާމީނަށް އެންމެ ދުވަހަކަށް ނަމަވެސް މިނިވަންކަމާއެކު މަގުމައްޗަށް ނިކުމެވަޑައި ގެންނެވިއްޖެއްޔާ މިސަރުކާރެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން މިނިވަންކަމުގެ ދިފާއުގައި ނުކުންނަން ތައްޔާރުވާންޖެހޭ ކަމަށާއި ނުކުންނަންޖެހޭނީ ފިސާރި ރަނގަޅަށް ތައްޔާރުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމު ދިފާއު ކުރަން ނިކުތީމާ ޖަލަށްވެސް ލާފާނެ ކަމަށާއި ހައްޔަރުވެސް ކޮށްފާނެ ކަމަށާއި އަދި މުދާވެސް ފޭރިގެންފާނެ ކަމަށާއި ނަމަވެސް ރައްޔިތުންގެ ކިބައިގައި ގައުމު ސަލާމަތް ކުރުމަށް ނުކުތުމުގެ ހިތްވަރާއި ފަންވަރާއި ޖޯޝު އެބަހުރި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރައްވާފައިވާ އަދުރޭ ވިދާޅުވީ ކުރެވުނު ގޮތަކުން މިސަރުކާރު ބަލިކުރަންޖެހިފައިވާ ޙާލަތެއްގައި ކަމަށާއި ގައުމެއްގެ ހާލަތު ވަކި ހިސާބަކަށް ދިޔައިމާ ގައުމު ސަލާމަތްކުރަން ރައްޔިތުން ނުކުންނަން ޖެހޭކަމަށެވެ. މިއީ މުސްލިމް ދިވެހި ރައްޔިތުންގެ މައްޗަށް އޮތް ދީނީ ގައުމީ ވާޖިބެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށްފައި ރަސޫލާއަށް ގޮންޖަހާފައި ރާއްޖޭގެ މިނިވަންކަން ވިއްކާލީމަ ދެން ރައްޔިތުން ނިކުންނަން ޖެހޭނީ ރައްޔިތުން ގައިގައި ހުރި ހިތްވަރު ދައްކަން. ރައްޔިތުންގެ އޮތް ބާރު ބޭނުންކުރަން. އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމުން ބާލަން އެބަޖެހޭ. މިއަދު މިރާއްޖޭގައި މިކުރަނީ ދިވެހި ރައްޔިތުންގެ ވެރިކަމެއް ނޫން. އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ އިންޑިޔާގެ އަސްކަރިއްޔާ މިގައުމުން ބާލަންއެބަޖެހޭ." ސަރުކާރަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުން އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަހޫ

    މިނިވަންކަމުގެ ދިފާއުގަތޯ. ނޫނީ ވަގުންގެ ދިފާއުގަތޯ؟

  2. ޙައްގުބަސް

    މިހާރު ދިވެހި ގައުމަށް ހެވެއްއެދޭ އަދި މިނިވަންކަމާ އިސްތިގުލާލު ދަމަހައްޓަން ބޭނުންވާ ރައްޔިތުން ތަކެއް މިގައުމުގައި ތިބިނަމަ މިހާރު ޕާޓީ ފިކުރާ އަމިއްލަ މަސްލަޙަތުވެސް ދޫކޮށްފަ ގައުމީ ދިދައިގާ ހިފައިގެންތިބެ ކުރަންޖެހެފައިވަނީ އެންމެ ކަމެއް!! އެއީ އިންޑިޔާގެ އަޅުވެތިކަމުން މިގައުމު ސަލާމަތްކުރުން!! މިރާއްޖޭގައި މިއޮތް އަނިޔާވެރި ބަލާވެރިކަމުން މިގައުމު ސަލާމަތްކުރުން! މިނޫން އެއްވެސް މަސްލަޙަތެއް އެއްވެސް ރައްޔިތަކު މިވަގުތު އިސްކޮށްގެންވާނެކަމަކަށް ނުދެކެން!! މިހާރު މިގައުމު މިދާގޮތަށް އިތުރު އަހަރުތަކަކަށް ދަންމާލަން ދިވެހި ރައްޔިތުން އަދި ޚާއްސަކޮށް ދިވެހި ޒުވާނުން ދޫކޮށްގެން ބަލަން ތިބެއްޖެނަމަ ފަހުން މިގައުމުން ފެންނާނީ ވަރަށް ހިތި މަންޒަރުތަކެއް!! ތިމާގެ ވަށައިގެން ހިނގާ ކަންތައްތަކާ މިގައުމުގައި މިހާރު ކަންތައްތައް ވަމުންދާގޮތާ ޚާއްސަކޮށް ރާއްޖޭގައި ހުންނަ އިންޑިޔާގެ އެންބަސަޑަރާ އެ އެންބަސީން ދިވެހި ގައުމާ އަދި ދިވެހި ރައްޔިތުންނާ ދޭތެރޭ ޢަމަލުކުރަމުންދާ ގޮތާ ދިވެހިންނަށް ކުރަމުންދާ ޖެއްސުމާ ކުރާ ދުއްތުރާތަކާ ދޭތެރޭވެސް ވަރަށް ފުންކޮށް ދިވެހި ރައްޔިތުން ވިސްނަންވެސްޖެހޭ!! މިރާއްޖޭގެ ފަސްގަނޑުގައި ހުރި ބޭރުގެ އެއްވެސް އެންބަސީއަކުން ޢަމަލުކުރަމުން ނުދާގޮތަށް ވަރަށް ނުރައްކާތެރިކޮށް އިންޑިޔާގެ އެންބަސީން މިގަައުމުގައި މަސައްކަތްކުރަމުން އެގެންދަނީ!! އިންޑިޔާގެ އެންބަސީގެ ޢަމަލުތައް އެގޮތަށް ބައްޓަންކޮށްފައިވަނީ މިސަރުކާރުންނާ ސަރުކާރު ކޯލިޝަނުން އެފުރުސަތު ދީފައޮތީމަ!! އެމީހުން އަތުން ވެރިން ރިޝްވަތުގެ ފައިސާ ލިބިގަނެ ބޮޑުތަކުން ޖީބުތަކަށް ބަރުކޮށްގެން އެތިބީ ގައުމާ ގައުމުގެ މަސްލަޙަތާ މިނިވަންކަންވެސް ވެއްޔާ މޮޑުނަސް ހެޔޮކަމަށް ބަލައިގެން! ރައްޔިތުންގެ މަޖްލިސް (ރައްޔިތުންގެ ބާރު) މެމްބަރުންނަކީ ދިވެހި ރައްޔިތުން ހޮވާފައިވާ ބައެއް! ރައްޔިތުންނަށާ ޖުމްލަކޮށް ގައުމަށް އިޚްލާސްތެރިވާންޖެހޭ މަޖްލިސް މެމްބަރުނާ އަދި ދިފާޢީ ބާރުތަކުން!! ގައުމަށް ޣައްދާރުނުވޭ! މިއީ ރައްޔިތުން ނިކުމެ ބަސްބުނަންޖެހޭ ވަގުތު!!

  3. ނަރުދޫ ހަސަނު

    އަވަހަށް ނުކުންނަމާ ހިނގާދޯ. އަހަރެން ނުކުންނާނަން މަގުފުޅަ ޓީނުގަނޑަކާ ހުނިގޮޑިޔެއް ހިފައިގެން
    ޜުބެލް ވެސް ބުނީ ނުކުންނާނަމޯ ލުބްއޮއިލް ފުޅިޔެއް ހިފައިގެން

  4. ނަސީމް

    ތިދާނީ ޗޮކުން. މިހާރު ތިކަހަލަ ލޭބަލް ޖަހަން އަދުރޭމެން ރާވާ ރޭވުން ބަލައިގަންނާނީ ވަގުން.