ދިވެއްސެއްގެ ނަމުގައި ބިދޭސީންނަށް މަންފާވާ ގޮތަށް އެމީހުން ހިންގާ ކުދި ވިޔަފާރީތައް ހުއްޓުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ސްޕޮންސާ ކުރެއްވީ ކުރެންދޫ ދާއިރާ އެމްޑީޕީގެ މެމްބަރު އަބްދުލްގަނީ އަބްދުލްހަކީމްއެވެ.

މި ބިލުގައި ވަނީ ދިވެހިން ނިވާފަތްގަނޑަކަށްވެ ހުރެ، ސީދާ ގޮތުންނާއި ނުސީދާކޮށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ރައްޔިތުންނަށް ލިބޭ އިގުތިސާދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށް ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

އެގޮތުން އެފަދަ ވިޔަފާރިތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ހާލަތްތަކުގެ ގާނޫނަށް އެ ބިލުގައި ވަނީ މާއްދާއެއް އިތުރުކުރުމަށް ހުށަހަޅައިފައެވެ.

އެ ނުކުތާާއަކީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ބިދޭސީ ފަރާތްތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއްކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާއަށް ގަބޫލުކުރެވޭ ނަމަ އެ ވިޔަފާރީއެއްގެ ރަޖިސްޓްރޭޝަން ބާތިލުކުރެވޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ އިސްލާހެވެ.

މީގެ އިތުރުން ދިވެހިން ނިވާފަތްގަނޑަކަށްވެ ހުރެ، ބިދޭސީން ހިންގާ މިފަދަ ވިޔަފާރީތައް ހަނިކުރުމަށްޓަކައި އެ ބިލުގައި ވަނީ އެފަދަ ވިޔަފާރިއެއްގެ މަސްއޫލުވެރިޔާ ރާއްޖޭން ބޭރުގައި ދިރިއުޅޭ ނަމަ، ވިޔަފާރި ހިންގުމުގެ ޒިންމާ އަދާކުރަން އައްޔަނުކުރާ މީހާއަކީ ދިވެހި ރައްޔިތެއް ކަމަށް ވާންޖެހޭ ގޮތަށް ކަނޑައަޅާ ދިނުމަށް އެދިފައެވެ.

މި ގާނޫނާ ހިލާފުވާ ފަރާތްތައް މިހާރު އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަނީ 20،000ރ. އިންނެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހުގައިވަނީ އެ އަދަދު 100،000 ރުފިޔާއަށް އިތުރުކުރުމަށް ހުށަހަޅާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޙހހހ

    މިހާރު ވަރަށް ރަނގަޅު ބިލެއް ، އެކަމަކު މިހާރު ހުންނާނީ މިކަންކުރާ ދިވެހިން ކޮންމެސް ގަހެއްގެ ހިޔާހޯދައިފައި ، މިކަން އޮއްބާލަން

    21
  2. ޢުނޫޒާ

    މޮނަލާލްސް އަދި އިންޑިއަން އެމްޕޯރިއަމް ވަގުތުން ހުއްޓުވާ އެމީހުން ބޭރުކުރަންޖެހޭ!! ބަންގާޅިންވެސް މާލޭގެ ހުރިހާ ފިހާރަތަކެއް ނަގައި މުޅި މާލެ އަތްދަށުލައިފި.

    25
    1
  3. މުރާލިދޮންބެ

    ބިންމާ ސްޓޯރ އިން ފެށިގެން އުތުރަށް ޗެކްކޮއްލަބަލަ ކޮންބައެއްގެ ވިޔަފާރިއެއްތޯ
    ޓުރޭޑުން ކުރުވާ ކަމެއްމީ
    ކުރިން ދިވެހި ސޭޓް ނުތިބޭތީ ޖޫރިމަނާ ކުރި މިހާރުކޮބާ އެކަން

    20
  4. ދިސްވޭ

    ބިދޭސީންގެ ވަގު ވިޔަފާރިތައް ހުއްޓުވަން ވަރުގަދަ އިސްލާހެއް އައި ނަމަވެސް ތިޔާއިން ނިކުންނާނެ ރަނގަޅު ނަތީޖާ އެއް ނުހުންނާނެއޭ ބަދަލުގައި ރާއްޖޭގައި އެންމެ ބޮޑެތި މުސާރައިގައި އެންމެ ގިނަ އަދަށް ބިދޭސީން އުޅެނީ އެއީ ރިސޯރޓް ތަކުގައޭ މަހަކު 1000 ޑޮލަރުން ފެށިގެން ގޮސް މަހަކު 20 ހާސް ޑޮލަރުގެ މުސާރައިގައި ރިސޯރޓްސް ތަކުގައި ބޭރު މީހުން ތިބޭއިރު އެއަށް ކުޑަ ވެސް މަޑުޖެހުމެއް ނާދެއޭ އިތާފުށި ރިސޯރޓް ބަލާބަލަ މެދު އަދި މަތީ ފަންތީގެ އެންމެ މަގާމެއް ގައި ނެތޭ އެންމެ ދިވެއްސަކު ވެސް އެކަމަކު ޓޫރިޒަމް މިނިސްޓްރީ އެއް ހުރޭ ދޯ އެކަން ބަލަން އެމެން އެކަމެއް ނުކުރޭ ހުރިހާ ގެއްލުމެއް މިލިބެނީ ދިވެހިރައްޔިތުންނަށޭ...

    17
  5. ިވިއުސް

    ބިދޭސީ ވަގު ވިޔަފާރި ހުއްޓަން މަޖްލީހަށް ހުށައަޅާފައިވާ ބިލް ގައި ހިމެނެން ޖެހޭނެއޭ ރާއްޖޭގެ ހުރިހާ ރިސޯރޓްސް ތަކުގެ ޖީއެމް މަގާމް ގައި ތިބެން ޖެހޭނީ މުޅިން ދިވެހިން ކަމަށް އެއްގޮތަށް ވެސް ބޭރު މީހުން ތިބެގެން ނުވާނެއޭ މިކަން މިހެން ވެއްޖެނަމަ ކޮން ޖީއެމް އަކަށް މިޙާރު މަހަކު އެދޭ 20 ހާސް ޑޮލަރު ލިބޭނީ ދިވެއްސަކަށް ނޫންތޭ އެއިރުން ދެން ހުރި މަގާމް ތަކަށް ވެސް ދިވެހިން ވާނެއޭ އެކަން ކުރަން މަޖްލީހުގެ މެމްބަރުން މަސައްކަތް ތަކެއް ކުރާނެ ކަމަށޭ ދެކެނީ

  6. ބެރެބެދި

    ތިޔައީ ކުރަން މާލަސްވެފައިވާ ބޮޑު މުސީބާތެއްކަހަލަ ކަމެއް މީ ބޮޑު ބަލާއެއްކަހަލަ ކަމެއް އަވަސްކުރޭ އަވަހަށް ފާސްކުރޭ ތީގެ ތެރޭގައި ރިސޯޓުތަށްވެސް ހިމެނޭނެއެވެ. ބޮޑު އަދި ކުޑަ ވިޔަފާރިވެސް ވާނެއެވެ.

  7. ކިލާ

    ތިޔަށްވުރެ ރަނގަޅުވާނެ ބޮޑުބުޅަލާ ނާދޭ ކިޔަސް. އެހެންޔަ. ހަރާމުން ހަރާން ގާނޫނު އޮއްތާ އޮންނާނީ.

  8. ޢަލިބެ

    ތިކަމެއްނުވާނެ ރަށުތެރޭން އެހެންކަމެއް ހޯދައިގެން އެކަމާއުޅޭ.

  9. ނޫރު

    ރަގަޅު ބިލެއް؛ ފާސްކުރައްވާތި

  10. ހަސަދު

    ކަންކަން ރަނގަޅު ނުވަނީ ބިލެއް ނެތިގެންތޯ!!!

  11. ޢަދުރޭ

    ސިޓީ ކައުންސިލުން އެންމެފަހުން ހެދި ދިރާސާ އަކުން އެނގުނީ މާލޭ ސަރަޙައްދުގައި އެކަނިވެސް ޓެކްސް އަށް ރެޖިސްޓްރީ ނުކޮށް ބަންގުލަދޭޝް މީހުން 2000 ވިޔަފާރި އެބަ ހިންގާކަން ... ލުލް . ދިވެހި ވެރިކަމެއްތަ މި ކުރަނީ ރާއްޖޭގައި؟

  12. ބުރުގާ

    އޭ ސޭކާ މޮޔަނުގޮވާ މަޑުން ހުރޭ

  13. ސިއްތި

    ތިއީ ވަރަށް ރަގަޅު ކަމެއް. އަދި މީހުން ވިސާ ދައްކާ ބޮޑުމުސާރަ ދީގެން ގެންގުޅޭ ބޭރު ބައެއް މީހުން ޕާރޓްޓައިމްކުރަން ދުވާލަކު ފަސް ހަގެއަށް ދިއުމުގެ ކަންތައް ހުއްޓުވޭނެ ގޮތެއްވޭތޯބައްލަވާ ދެއްވުމަކީވެސް ވަރަށް ގިނަ ދިވެހިންގެ އެދުމެއް. އުޅޭގެއިން 300 ޑޮލަރު ނަގާ މަސައްކަތްކުރަންދާގޭގެ އިން ކޮންމެ ދޮޅު ގަޑިއިރަކަށް 150 ޑޮލަރު ނެގުމަކީ ވަރަށް ބޮޑު އާދައެއް.

  14. މިތުރާ

    ދިވެހިންގެ ތެރޭ ނޫޅޭ،މަސައްކަތް ކުރާނެ ބަޔަކު، ބައެއްމީހުން ތިބެނީ ކަންނެތް ވެފަ، 3ބައިކުޅަ 2ބައިމީހުން އުޅެނީ ވާނުވާގަ، މަސައްކަތެއް ކުރުވަންވެސް މިލިބެނީ ވާނުވާގަ އުޅޭ ގުރޫޕު، ވާނުވާ ގުރޫޕު އާމަސައްކަތެއް ހަވާލު ކޮޮޮޮޮއްޕީޔާ ރުފިޔާ ކޮޅު ހިފައިގެން ފިލާފާނެ،! ދެންޖެހެނީ ބިދޭސިންނާ މަސައްކަތް ހަވާލު ކުރަން، މިހާރު މުޅި ގައުމު ހިންގަނީ ބިދޭސިން، ! ބިދޭސިން ނެތީޔާ ގައުމު ހުއްޓޭނެ، ، މިވެސް މަޖިލީހުން ފާސްކުރަން ޖެހޭ ބިލެތް،

  15. Anonymous

    ރާއްޖޭގެ ހުރިހާ ވިޔަފާރިއެއްވެސް ކުރަންވީ ސިޔާސީ ބޭފުޅުން ހާއްސަކޮއް މޑޕ ބޭފުޅުން.

  16. ފައްޔާޒުބުރޯ

    ތިޔަށްވުރެން ރަނގަޅުވީސް ސީދާ އިމިގްރޭޝަން ގާނޫނާ ޚިލާފަަށް މިތާގައި ދިރިއުޅޭ ބަންގާޅިން އެމީހުންގެ ގައުމަށް ފޮނުވިއްޔާ. ވަކި ގާނޫނަކަށްތަ އަމަލުކުރެވެނީ؟