ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އުނަގަނޑުގައި މައްސަލަ ހުރެ ގިނައިރު އިށީނދެ އިންނަވަން ދަތިފުޅުވާތީ ޝަރީއަތް ކުރުކޮށްދޭން ސުޕްރީމް ކޯޓުގައި އެދުނު ނަމަވެސް އެ ގޮތަށް ކުރިއަށް ނުގެންގޮސް ކުރިން ވެސް ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން މި މައްސަލަ ހުށަހެޅުއްވީ 22 އިސްތިއުނާފީ ނުކުތާއެއް ފާހަގަ ކުރައްވައި ބައެއް ހެކިތައް ވެސް ހުށަހަޅުއްވައިފައެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާލް އަލީ ޒާހިރެވެ.
މި މައްސަލާގައި މީގެ ކުރިން ދެ އަޑުއެހުމެއް ބޭއްވިއިރު، މިއަދު ކުރިއަށް ގެންދަނީ މި ޝަރީއަތުގެ ތިންވަނަ އަޑުއެހުމެވެ. މިއަދުގެ އަޑުއެހުމުގައި ޔާމީން ވަނީ ޝަރީއަތް ކުރުކޮށްދޭން އެދިވަޑައިގެންފައެވެ. އެއީ ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން މެންދުރު 12:00 އަށް ޝަރީއަތް ގެންގޮސްދިނުމަށެވެ. އެ ގޮތަށް އެދިވަޑައިގަތީ އުނަގަނޑުގައި ރިއްސާތީ ހުއްޓުމެއް ނެތި އެއް ގޮތަކަށް އިށީނދެ އިންނަވަން ދަތިފުޅު ކަމަށް ވިދާޅުވެއެވެ.
އެހެންވިޔަސް މިއަދުގެ ޝަރީއަތް މެންދުރު 12:00 ޖަހަން ދެން ކުރިއަށް ގެންދިއުމަށް ފަހު ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއަދު ހެނދުނު ދަންފަޅިއަށް ތާވަލުކޮށްފައިވާ ޝަރީއަތުގެ މަޖިލިސް މި ހިސާބުން ނިންމި ނަމަވެސް ކުރިން ވެސް ތާވަލުކޮށްފައިވާ ގޮތަށް ޝަރީއަތް ގެންދަން ނިންމާފައިވާ ކަމަށާއި އިތުރު އަޑުއެހުމެއް މިއަދު ހަމަ ކުރިން ރޭވި ގޮތަށް އޮންނާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޝަރީއަތުގެ އިތުރު އަޑުއެހުމެއް މިއަދު މެންދުރުފަހު 13:30 ގައި އޮންނާނެއެވެ. އަދި އެ އަޑުއެހުން ހަވީރު 15:00 އާއި ހަމައަށް ކުރިއަށް ގެންދާނެއެވެ.
ފަނޑިޔާރު މަހާޒް ވިދާޅުވީ، މިދިޔަ ދެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ހުށަހެޅުނީ 11 ނުކުތާ ކަމަށާއި އަދި ކުރިއަށް 11 ނުކުތާ އެބަ އޮތް ކަމަށެވެ. މި 11 ނުކުތާ ހުށަހެޅުނީ ހަ ގަޑިއިރުގެ ތެރޭގައި ކަމަށާއި އެ ދުވެލި އެންމެ ރަނގަޅު ވެސް ނޫން ކަމަށެވެ. އެހެންވެގެން އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވައި ދިނުމުގައި ވީހާ ވެސް ވަގުތު ބޭކާރު ނުވާނެ ގޮތަށް ކުރިއަށް ގެންދަވަން އެދިވަޑައިގަންނަވާ ކަމަށެވެ.
އޭގެ އިތުރުން، އިސްތިއުނާފީ ނުކުތާތައް ކުރިއަށް ގެންދަވާއިރު، މިއީ ހައި ކޯޓުގެ ނިންމުމުގެ އިސްތިއުނާފީ އަޑުއެހުމެއް ކަން ހަނދުމަ ކުރެއްވުމަށް ވެސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.
ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ މަރުހަލާގައި ހުށަހަޅުއްވާފައިނުވާ އާ ހެކިތަކެއް ވެސް ދެ ފަރާތުން ހުށަހަޅުއްވަން ވަނީ ނިންމަވައިފައެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.
ޔާމީންގެ ފަރާތުން ހުށަހަޅުއްވާ ބައެއް ހެކިތައް އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ވަނީ ފާހަގަކޮށްދެއްވައިފައެވެ. މި ގޮތުން އަދީބުގެ އަތުގައި ޔާމީންގެ ފައިސާ ހުރި ކަން ސާބިތުވާނެ ހެކިތަކަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ނައިބު ރައީސް މުއައްވިޒުއާ ޔާމީން ބައްދަލު ނުކުރާކަން ސާބިތުކޮށްދިނުމަށް އަދީބާއި މުއައްވިޒުއާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ މެސެޖްތަކެއް ވެސް ހިމެނެއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.
ވ.އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.
އިންޑިއާ ބުނާ ގޮތް މި ޞަދޫމް ސަރުކާރުން ހަދާނީ
ޝަރީޢަތުގެ މަޖުލީހުގައިވެސް ރައީސް ޔާމީނަށް ދެވެން ހުރި އަނިޔާއެއް ދެވޭތޯ ބައްލަވާ އިރު، ތިޔަ ޝަރީއަތް ދާނެ ގޮތް ވަރަށް ސާފެވެ. މިޤައުމުގެ ރައީސްކަންކުރެއްވި ބެފުޅަކަށް ސިއްޚީގޮތުން އުނދަގޫވާތީ އެދުނު އެދުން ފުރިހަމަޚޯސް ނުދެވުން އެއީ އަޅުގަޏޑުމެން ލަދުވެތިވާން ޖެހޭ ކަމެކެވެ.
ގައިމު އިހަށް ދުވަހު ކުޑަދޮރުން ބޭރަށް ހަށިކޮޅުން ނެރުއްވުނު ހިސާބެއް ނެރުއްވައި، ބޮޑުސިންގާ ދެދިދަ ދެއަތްޕުޅުން ހޫރެއްވެވި އިރު އުނަގަނޑުގައި ރިހުމެއްވާ ހެނެއް ހީވެސް ނުވެއެވެ. އުނަގަނޑުގައި ތިވިދާޅުވާ ފަދަ ވޭނެއް އަޅުއްވާނަމަ އެދުވަހު އެގޮތަކަށް ހަރަކާތްތަކެއް ނުކުރެވުނީހެވެ.
އެކަމަކު ކަރާ ޢަލީ ވަހީދު ކުޑަކޮށް ކަރުކެހެލީމަވެސް ބޭރު ޤައުމެއްގައި ބަހައްޓައިގެން އޮންލައިންކޮށް ޝަރީޢަތްކޮށްދިން!
މިއީ ހަމަ ސަދޫމްސިޓީ ، މިސިޓީގައި ހިގާނީ ސަދޫމްގެ ގާނޫނު، ގާނޫނު ހިންގަން ތިބީ ސަދޫމް ފަޑިޔާރުން . ވަރަށް ސަލާމް
އުނަގަޑުގަ ވަގަށް ނެގި ޑޮލަރ ބަދެގެން އަައިނަމަ ނުރިއްސާނެ ނޫން ތިޔަ މާތް އުނަގަނޑުގަދޯ
އުނަގަނޑުގައި ވޭން އަޅުއްވާނަމަ، މިސްރުގެ ރައީސް ހުސްނީ މުބާރަކު ފަދައިން، ސްރެޗަރ ގައި، ކޯރޓަށް ޙާޟިރު ކުރެވިދާނެ އެވެ.
ނޫނީ ނަޝީދު ހެދިހެން އުނަގަނޑައް ބޭސްކުރާށޭކިޔާފަ ޖަލަހުކުމައް ފިލިވެސްދާނެ.
ކޮއްމެމީހަކުވެސް އެމީހަކު އުޅުނު ގޮތެއްގެ ކޮއްމެވެސް ވަރެއްގެ ނަތީޖާއެއް މިދުނޔޭގަވެސް ދެކޭނެ. އެގޮތުން ފަނޑިޔާރުންވެސް އެމީހުނގެ އަމަލު ތަކުގެ ނަތީޖާ މިދުނިޔޭގަ ދެކޭނެ.
މީހުން އެއްމެ ރަނގަޅު ތެދުވެރި ތައުލީމީ އުމުރު ފުރަޔަކީ ބެޗުލަސް ޑިގުރީ ލިބިގެން އިތުރައް ކިޔަވަން އުޅޭ ދުވަސްވަރު މިހެންގޮސް ޕއެޗްޑީ ލިބުމައްފަހު ވަރައް ނުބައި ޖާހިލު މީހެއްގެ ޝަޚުސިއްޔަތަކައް އޭނާ ބަދަލުވެފައިވާތަން ވަރައް ގިނައިންފެނޭ.
އިންސާފް ލިބޭނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ. އިންޑިޔާ ނުރުހޭ ހުކުމެއް ނާންނާނެ. އެއީ މިއަދު އޮތްގޮތް. ރައްޔިތުންގެ އަތުގަ އޮތީ އިންސާފް ހޯދޭނެ މަގު. މައުމޫނާއި ޤާސިމް އަދި އިމްރާންމެން ހަމަ ނިދި ނުނިދާ އެދުވަނީ ރ.ޔާމީން އަށް އިންސާފް ލިބިދާނެތީ.
ވަކަން ކުރީމާ ރިއްސާނީ އުނަގަޑު ގައި އެކަޏެއް ނޫން އިގޯތޯ....އެހެން ތަންތާވެސް ރިއްސާނެ.
ވަގު ޔާމީން
ދިވެހި ރާއްޖޭގައި އޮންނަ އުސޫލަކީ ޝަރީއަތައް ގެނެވޭމީހާ އެމީހާގެ ހާސްކަމާއި އެނާޖީއާއި އަދި ނަފްސާނީ ހާލަތު ދެރަ ވަންދެން އޭނާ ވެއިޓިންގައި އެތައްގަޑިއަކު ބަހައްޓާފައި ދެން ޝަރީއަތް ފަށަނީއޭކިޔާފަ ފަނޑިޔާރުންތަކެއް އެމީހުން ހިތައް އެރިހާވަގުތެއް ވޭތުކޮއްފަ ޝަރީއަތް ފެށުމެވެ. މިއީ ޝަރީއަތް ކުރަން ގެންނަމީހާގެ މޯރަލް ހަލާކުކޮއް ހިތްވަރު ބަލިކޮއް އަދި އޭނާގެ ނަފްސާނީގޮތުން ބަލިކޮއްލާފަ ބަހައްްޓާ ދޭ އަނިޔާއެކެވެ. މިކަމުގެ ހިތި ޕޮލިޓީޝަނުންނާއި އާންމު ރައްޔިތުން ޖެހެނީ ތާއަބަދައް ތަހައްމަލް ކުރަންތޯއެވެ.މިކަމައް ހައްލެއް ގެންނާނެ ވެރިޔަކު ނެތީހެއްޔެވެ...
އިސްލާމް ދީނުގައި އަންހެނުންނަކައް ފަނޑިޔާރުކަމެއް ނުކުރެވޭނެ. އެއްވެސް ހުއްޖަތެއް ނެތް. ދެންވެސް އިންސާފު ގާއިމް ކުރާނަމޭ ކިޔާށެވެ
އެކަމު ޔާމީންއަށް 2 އަތުން 2ދިދަ ހޫރުވޭދޯ ވަޓް އަ ޖޯކް........ހުރިހާކަމަކުން މަކަރާ ހީލަތް
ޔާﷲ މިވެރިކަން ވީއްދަވާނދޭވެ. އަދި މޑޕ ދުވަހަކުވެސް ބާރުވެރި ނުކުރައްވާނދޭވެ. އިންޑިޔާގެ ނުބައިރޭވުމުން އަޅަމެން ދިވެހިންނާ ދިވެހި ގައުމު ރައްކާތެރިކުރައްވާނދޭވެ. އާމީން ޔާރައްބަލް ޢާލަމީން.
އިބޫ އެެރިކާއަށް ދިޔައީ ޔާމީން އެއްޅުއްވި ފްލެޓްތަކުގެ މީހުންގއ ކިބައިން ސަލާމަތްކަން ހޯދަން ކޮތަރު ކޮށީގެ ދޮރު ހުޅުވިއްޖެ ޔާމީން މިނިވަންކުރޭ
ޝަރީއަތުން މީހަކު ބަލިކަމަކަށް ނުނިންމޭނެ. ޑރ ލިޔުމާއެކު ހުށައަޅީމަ ނިންމާނީ ހަމަ އިނދެލާފަ ތިމަނަ ގައިގައި ރިއްސައޭ ބުނުމަކުން ލުޔެއްނުދެވޭނެ
ހަމަތިގޮތަށް ތިޔައިގެ ހުކުމެއް ވަރަށްއަވަހަށް ސޯލިހަށް އަންނާނެ އެދުވުން ކަރުނަޔާނުލާ ރޯންދަސްކުރާތި.