މާލޭ މަގުމަތީގައި ހުރި ކުނިތައް މިއަދު ސިޓީ ކައުންސިލުން ނަގައި، ލޮރީއެއްގައި ގެންގޮސް ވެމްކޯގެ ކުނި އެއްކުރާ އޮފީސް ދޮރުމައްޗަށް އަޅާލައިފިއެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވެމްކޯގެ ކުންޏާ ބެހޭ އޮފީސް ހަދާފައި ހުންނަ ތަނުގެ ގޭޓް ކައިރިއަށް ލޮރީއަކުން ކުނިތައް އޮއްސާލާލުމަށް ފަހު އެ ސަރަހައްދުން ދާ މަންޒަރެވެ.

ސިޓީ ކައުންސިލުން މިގޮތަށް އަމަލުކޮށްފައިވަނީ ރޭ މާލޭގެ ބައެއް ގެތަކުން ކުނި ނުނަގާކަމުގެ ޝަކުވާ މީސް މީޑިއާގައި އިތުރުވެފައި ވަނިކޮށެވެ. ބައެއް މީހުން ބުނާ ގޮތުގައި ވެމްކޯގައި ރަޖިސްޓްރީ ކުރުމުން ވެސް ގޭގެ އެންމެ ތިރީގައި ބެހެއްޓި ކުނިތައް ގެންގޮސްފައެއް ނުވެއެވެ. ރެއިން ފެށިގެން އެޕާޓްމެންޓްތަކުން ކުނި ނަގަން ފެށުމާ އެކު ރަޖިސްޓްރީ ނުކޮށް ހުރި ބައެއް އެޕާޓްމެންޓްތަކުން ކުނިތައް މަގުމައްޗަށް ނެރުނެވެ.

އެހެންވެ، މާލޭގެ ގިނަ ސަރަހައްދުތަކުގައި ކުނި ކޮތަޅުތައް މަގުމަތީގައި ހުރި އިރު، ބައެއް ސަރަހައްދުތަކުން ދުވަނީ ކުނި ވަހެވެ. އެކަން ހައްލު ކުރަން މާލެ ސިޓީ ކައުންސލްގެ މުވައްޒަފުން ވެސް މިއަދު ހެނދުނު ނުކުމެފައިވެއެވެ.

މިމައްސަލައިގައި ސިޓީ ކައުންސިލުން އަދި ވެމްކޯއިންވެސް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރަޖިސްޓްރީ ނުކޮށް ހުރި ގެތަކުން ކުނި ނެގުން ވެމްކޯއިން ހުއްޓާލުމާ އެކު، މާލޭގެ މަގުތަކުގައި ހުރި ކުނިތައް މާލެ ސިޓީ ކައުންސިލުން ނަގަން ފެށި އިރު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ގޮނޑަކަށް ހެދުމުގެ ފުރުސަތު ވެމްކޯއަށް ނުދެއްވާނެ ކަމަށެވެ.

މިކަމުގައި މާލެ ސިޓީ ކައުންސިލުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ސިޓީ ކައުންސިލުން ފަސް ނުޖެހޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭނަން. އެ ކަމަށް ސިޓީ ކައުންސިލް އިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ވާހަކަ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ޖައްސާތި

  ވެމްކޯ އަށް ނުވި ކަމަށް ބުނެ، މަގުމަތީގައި ހުރި ކުނި ނަގަން ސިޓީ ކައުންސިލް ނުކުމެއްޖެ ނަމަ ވެމްކޯ ލަދު ގަންނަން ޖެހޭނެއޭ މަމެން އެދެނީ މާލެ ސިޓީ ކައުންސިލުން ވެމްކޯގެ މައްސަލަ ޝަރުއީ ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށޭ ދެން އަނެއް ކޮޅުން ހުޅުމާލޭގެ މުނިސިޕަލް މައްސަލަ ވެސް މާލެ ސިޓީ ކައުންސިލުން ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދަންވީއޭ ދެން ސްޓެލްކޯގެ މައްސަލަ ވެސް ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދަންވީއޭ މިސަރުކާރަކީ އެއީ ވަގު ވޯޓް އިން އައިސްފައިވާ ވަގުވޯޓް ސަރުކާރެކޭ މިސަރުކާރުން ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އެއްވެސް ކަމެއް ކޮށް ނުދޭނެއޭ..

  23
  10
 2. ދިސްވޭ

  މާލެ ސިޓީ ކައުންސިލުން ކުނި ތައް ގެންގޮސް ވެމްކޯގެ ސައިޓް އޮފީސް ކުރިމައްޗަށް އަޅާލާނެ ކަމަށް މަމެންގެ ހިތެއް ގަބޫލެއް ނުކުރެއޭ ތިޔާއީ ވެމްކޯ އާއި އެމްޑީޕީގެ ކޮރަޕްޓް ކާރޓެލްސް އިން ތަކެއް އަޑީގައި ތިބެގެން އެމެން އައްޑޫގައި ކަން ކުރާ އުސޫލުން ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދަން ވެގެން ކުރާ ކަމެއް ކަމަށް މަމެން ގަބޫލުކުރަމޭ ތިޔާ ގައި މާލެ ސިޓީ ކައުންސިލްގެ ބަހެއް ލިބުމުންނޭ މަމެން އިތުރަށް ތިޔާ ގައި އެއްޗެކޭ ބުނާނީ ތިޔާއީ ވެމްކޯއިން ގޭމް ޖައްސަނީއޭ ތިޔާ ޓްވީޓް ތައް ވެސް އެކުރަނީ އެމްޑީޕީން ވަގު ފައިސާ ބަހާ މީހުންނޭ...

  8
  8
 3. އިސްތިއުފާ

  ވެމްކޯ ވަނީ މާލެ ސަރަހައްދުން ކުނި ތައް އުކާ އަދި ނައްތާލުމުގައި ފެއިލްވެފައޭ މިސަރުކާރު އައުމުގެ ކުރިން ވަރަށް ރަނގަޅަށް ހިނގަމުން އައި ކުންފުންނެއް ވަގުން ތަކެއް ވަދެ އެކުންފުނި ބަނގުރޫޓް އަރުވާލަނީއޭ ވެމްކޯގެ ބޯރޑް މިހާރުން މިހާރަށް އިސްތިއުފާ ދޭންވީއޭ ވެމްކޯ ބޯރޑް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  19
  4
 4. ކަނޑާލާ

  ވެމްކޯގެ މިހާރުގެ ބޯރޑަށް ހަޖަމް ނުކުރެވެނީ އެއީ މާލޭ ރައްޔިތުން މާލެ ސިޓީ ކައުންސިލް ގެ މެޖޯރިޓީ ޕީޕީއެމް އަށް ދިނުމުން އެކަން އެގޮތަށް މާލެ ރައްޔިތުން ކުރީ އެއީ ވެމްކޯ އާއި އެމްޑީޕީ އަށް ތަމެންގެ ވެރިކަމުގައި މާލޭ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށް ނުދެވުނީމައޭ ދެން ތަމެން ވެސް އެކަން ދަނެގެން ރައްޔިތުންނަށް އިޚްލާސްތެރި ޚިދްމަތެއް ކޮށްދޭންވީއޭ މާލޭގެ މަގުމަތިން ކުނި ނަގަން ޖެހޭނެއޭ ވެމްކޯއިން ވެމްކޯގެ ސަބަބުންނޭ މަގުމަތީގައި ކުނި ތައް މީހުން ބަހައްޓަނީ ފުރަތަމަ ކޮވިޑް ތެރޭގައި ވެސް ވެމްކޯ އަށް ނުބުނެވޭނެއޭ ގޭގެ ކުނި ތައް މަގުމައްޗަށް ނެރެން އެނެރެން ޖެހޭނެ އުސޫލު ތަކެއް ކަނޑައަޅާ އެކަން ކުރި ނަމަ އެކަން އެހެން ނުވީސްއޭ ގޭގެއަށް ގޮސް ކުނި ނެގި ނަމަވެސް ކޮވިޑް ބަލި ނުޖެހޭނެއޭ އެއީ ރޯ ބުހުތާނު ދޮގެކޭ މިހާރު ވެމްކޯ އިން ގޭގެއަށް ގޮސް ކުނި ނަގަން ޖެހޭތީވެ އެކަން ނުކުރަން ވެގެން ވެމްކޯ އިން ދައްކާ ބަހަނާ އެކޭ ތިޔާއީ ވެމްކޯ ބޯރޑަށް ތިޔާ ކަން ނުވިއޭ ވެމްކޯގެ ބޯރޑް އިސްތިއުފާ ދޭންވީއޭ...

  13
  2
 5. ދުނިދަނޑި

  އެއްވެސްތާކުން ރޭގަ ކުނި ނުނަގާކަން މާލޭގެ މަގުތައް މައްޗަށް ބަލާލީމަ އެނގޭ އަޅުގަނޑު ކުނި ކޮތަޅު ހިފައިގެން ވެމްކޯކުނި އުކާ ސަރަހައްދަށް ފަތިހު 5:30 ގަ ދިޔާމަ ކުނި ބެހެއްޓުމަށްވެސް ދެކޮޅުހެދޭ އަންގަނީ 8:30 ގެ ފަހުން ފައިސާ ދީގެން ކުނި އުކޭނީކަމަށް އަމިއްލަ އަށް ކުނި ކޮތަޅު ފިފައިގެންގޮސްވެސް މިޖެހެނީ ލާރިދޭން މި ސަރުކާރުން ފައިސާއާއިހެދި ބޫތުކައިފަހުރިވަރު މިކަމުން އެބައެނގޭ މީގެ ކުރިން އަމިއްލަޔަށް ކުނި ކޮތަޅު ހިފައިގެން ގޮސް ވެމްކޯ ކުނި އަޅާތަނަށް ލެވޭ އެކަމަކު މިހާރު އެފުރުސަތުވެސް އެބަންދުކޮށްކޮށްލީ ރައްޔިތުން ފެލިޔަސްމީ ބޮޑުވަރު ޙައްޤުތައް ކަށަވަރުމިވަނީ އަދި ކިރިޔާ

  24
  3
 6. އިސްތިއުފާ

  މާލެ ސިޓީ ކައުންސިލްގެ ކުނި ލޮރީ އެއް ގެންގޮސް ވެމްކޯ ސައިޓް އޮފީހުގެ ކުރިމައްޗަށް ނާޅާނެއޭ ތިޔާއީ ތީގެ އަޑީގައި ވެމްކޯގެ އެމްޑީ އާއި ޗެއަރމަން މަނިކު މެން މާލެ ސިޓީ ކައުންސިލް ލޮރީ ތަކުގެ ޑްރައިވަރުންނަށް ސުޕާރީ ދީގެން ކުރާ ކަންކަމޭ ވެމްކޯ އަށް މާލެ ސިޓީ ކައުންސިލުން ފައިސާ ދިނީ ކުނި އުކަން މަގުމަތީގައި ހުންނަ އެކުނި ޖެހޭނެ ވެމްކޯ އިން އުކަން ދެން ތިމާވެށި މިނިސްޓަރު ޔަގީން ކުރަން ޖެހޭނެއޭ މާލޭގެ މަގުތައް މަތި ސާފުތޯ މިކަން ނުކުރެވޭދޯ ތަމެންނަށް ތަމެން ތިމާވެށި މިނިސްޓަރޭ ދެން އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  10
  3
 7. ދޯދި

  ތިހެދީ ހަމަ ރަންގަޅަށް

  19
  4
 8. ނުކުރެވޭނެއޭ

  މާލެ ސިޓީ ކައުންސިލުން އެއަންގަނީ ތިޔާ ކުނި ލޮރީ ވެމްކޯ ސައިޓް އޮފީސް ކުރިމައްޗަށް އަޅާލީ އެއީ އޮޅުމަކުން ކަމަށޭ އެކުނި ތައް ނެގުމުގެ މަސައްކަތް ކުރަމުންނޭ ދަނީ ދެން އެއީ މާބޮޑު ކަމެއް ނޫނޭ އަސްލު މައްސަލަ އުފެދެން ދިމާވީ ވެމްކޯ އަށް މާލެ ސިޓީ ކައުންސިލުން ފައިސާ ދިނީ މާލޭގެ މަގުތައް މަތީގައި ހުންނަ ކުނި ތައް ނަގަން އެމަސައްކަތަށް ފައިސާ ނަގާ އެކަން ވެމްކޯ އިން ނުކުރުން އެއީ ސީދާ ކޮރަޕްޝަނާއި ފަސާދައޭ ވެމްކޯ އަށް އެކަން ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ

  8
  4
 9. ޑީޑީ

  ސިޓީ ކައުންސިލް ދޮރު މަށްޗަށް ކުނި އުކަން ގޮވާލަން

  7
  28
  • އަނދުނޭ

   އޭރުން މާލެތެރެ ސާފުވޭތަ؟

 10. ރަށަށްދޭބަލަ

  މަގުމަތީގައި ހުރި ކުނި ތައް މާލެ ސިޓީ ކައުންސިލުން ނަގާނަމަ ދެން މުޅި މާލޭގެ ތިމާވެށި ކުނިން ތައައްޔަރު ވަމުން ދާއިރު ކޮބާތޭ ތިމާވެށި މިނިސްޓަރު ތަމެން ތިބެނީ މާލެ ސިޓީ ކައުންސިލް މޭޔަރަށް ބަދުބަސް ބުނަން ކޮމެންޓް ކުރަން ހޮރުތެރޭ ފިލާދޯ މީ ތަމެންގެ ޒިންމާ އެކޭ މާލެ ސާފުތާހިރު ކޮށް ބޭއްވުމަކީ މިދެފަރާތުގެ މެދުގައި މަޝްވަރާ ކޮށްގެން މިކަން ހައްލު ކުރަން އިސްނަގަން ޖެހޭ މީހަކީ ތަމެންނޭ ތަމެން ނޫސް ތަކަށް ކޮމެންޓެއް ނޫނޭ ކުރަންވީ މޭޔަރަށް ބަވަން ތަމެން ތަމެންނާއި ހަވާލު ކުރެވިފައިވާ ޒިންމާ އަދާ ކުރަންވީއޭ އެކަން ނުކުރެވޭނަމަ ތަމެން ދެން ރަށަށް ދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ ރަށަށްދޭބަލަ

  10
  1
 11. އަހަރެން

  އަހަރެން އުޅޭ އެޕާރޓްމަންޓް އިން ކުނިނަގާކަށް ވެމްކޯއަކުން ނާދޭ. ރޭ 6:30ފެށިގެން ކުނިކޮތަޅު ހުންނާނީ އެޕާރޓްމަންޓް ބޭރުގަ ބަހައްޓާފަ. މެންދުރުވެގެން މިއޮއްދަނީ. އަދިވެސް ކުނިބަލައެއް ނާދޭ. ވެމްކޯ އަށް ނުވެސް ގުޅުނު. ދެން ހަދަންވީ ކިހިނެއްބާ. އަހަރެމެން މީ ޤަވާއިދުން ކުނީ ފީ ދައްކަމުން ދާ ބައެއް.

  10
 12. ....

  އަސްލު މައްސަލަ ކޮބާ...ސަރުކާރެއްގެ ބޭނުމަކީ މިކަހަލަ އަސާސީ ކަންކަން ހިލޭ ކޮށްދިނުން...ރައްޔިތުން އަތުން ފެލަން އުޅުނީމަ ވާނީ މިހެން...އަދި ސްޓެލްކޯއަށް ކުރިމަތިލާން ޖެހޭނީ ކޮންކަމަކާބާއޭ ހިތައްއަރާ...މަށަށްވެސް އެނގޭ ރައްޔިތުންނަށް ހިލޭ ކަރަންޓް ދެވޭނެ ގޮތްތައް...މަމީ އަދި ކާކު ދޯ...އެކަމަކު މިވެރިންނަށް ހަމަ ނޭނގިފަ އެތިބެނީ...

  11
  • ކަނު

   ވެމްކޯ ހެދިއިރު ތިހެން ނުގޮވީ ނިދިފަ އޮތީ ދޯ

   2
   3
   • ލޯ

    ކަނަށް ކިހިނެއް އެނގެނީ އޭނަ ނުގޮވާ ކަމެއް؟ ކަލޭގެ ރައްޓެއްސެއްތަ؟ ރަނގަޅަށްވެސް ކަނީ ދޯ؟

 13. Anonymous

  ތިހެންވާނީ ގުންޑާއިން ކައުންސިލަށް ނެގީމަ. ރީތި ގޮތުގަ މައްސަލަ ހައްލުކުރާކަށް ނޭންގޭނެ އަބަދުވެސް ޖެއްސުންކުރުން އޮންނާނީ

  6
  10
 14. ދިސްއިޒްއިޓް

  ފުރަތަމަ މައްސަލަ އުފެެދެން ދިމާވި ސަބަބު ސަރުކާރުން ދެނެގަންނަންވީ އެނޫން ނަމަ ސަރުކާރަށް ވެސް ލިބޭނީ އެމެރިކާ އަށް އަފްއާން ގައި ލިބުނު ލަނޑޭ މިކަން ފުރަތަމަ ދިމާވާން މިޖެހުނީ ސަރުކާރުން ވެމްކޯ އަށް ކަނޑައަޅާފައިވާ ބޯރޑް މެމްބަރުންނަށް މާލޭ ރައްޔިތުން ހޮވާފައިވާ ޕީޕީއެމްގެ ކައުންސިލް މެމްބަރުން ގަބޫލު ނުުކުރެވުނީ އެއީ އެމެންގެ ވިސްނުމުގެ މައްސަލަ އެއް އެކަން ޖެހޭނީ ގަބޫލުކުރަން އެއީ ހުޅުވިފައިވާ ސިކުނޑި ތައް މަސައްކަތް ކުރާ ގޮތަކީ ދިސް އިޒްއިޓް

  6
  2
 15. ޙުސެން

  ވެމްކޯ މީހުން ގޮސް ސިޓީ ކައުންސިލް ދޮރުމައްޗަށް ކުނި އަޅާލީމާ މާރީތި ނުވާނެ.ތިކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން ވިސްނި ދާނެ..

  2
  5
 16. މަހަށްދޭބަލަ

  ތަމެންގެ ރަނޑު ސަރުކާރުގެ ރަނޑުން ހިނގާ ގޮތަށް ގަބުޅި ކަތީބު އަދި އަތޮޅޭ ހެދިގެން އަތް ދިގު ހުދު ގަމީސް ލައިގެން ރަށުތެރޭ ރަނޑުން ހިނގާ ގޮތަށް ހިނިމަރުވެދާނެތީވެ ބިމުގައި ފައިއަޅާ ގޮތަށް ފައިއަޅަމުންދާ ރަނޑުން ތައް ދަންނަން ޖެހޭނެއޭ މަމެން ޕިންކީންގެ ގަޓް ކައުންސިލުން ބުނާ ގޮތަށް ތަމެން ރަނޑު ވެމްކޯ އިން ކަން ކުރަން ޖެހޭނެ ކަން އެގޮތަށް އެކަން ނުކުރަންނާ ވާނެ ހަތަރެތި ތިއޮތް ގެން ވަނީއޭ ތަމެން ރަނޑު ތިމާވެށި މިނިސްޓަރޭ ދެން ވެމްކޯ އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

 17. ސަނީ

  މި ނުބައި ސަރުކާރުގެ ކޮންމެ ކަމެއް ހުރީ ތިހެން

  2
  2
 18. މޮހޮނު

  މީ ތެދެއްކަމުގައިވަންޏާ މިއީ ވަރަށް ނާތަހުޒީބް ވިޔާ ނުދާ ޢަމަލެއް! މިފަދަ ޢަމަލުތައް ކުށްވެރިކުރަން!