އެމްޑީޕީގެ ވެރިކަމެއްގައި، މިހާރު ވިހެއުމުން، ސަރުކާރުގެ އަންހެން މުވައްޒަފުންނަށް ލިބޭ ތިން މަހުގެ ޗުއްޓީ، ހަ މަހުގެ ޗުއްޓީއަކަށް ބަދަލުކޮށް، ފިރިހެނުންނަށް ލިބޭ ތިން ދުވަހުގެ ޗުއްޓީ، މަސް ދުވަހުގެ ޗުއްޓީއަކަށް ބަދަލުކުރާނެކަމަށް ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ، މިހާރު އއ. އުކުޅަހުގައި ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސް ގައެވެ. ކޮންގްރެސް ގައި ހާމަކޮށްފައިވާ ގޮތުން، މިކަން ހިމެނޭނީ މެނިފެސްޓޯގައި މައިގަނޑު ސިޔާސަތު ތަކުގެ ތެރެއިން، "އޯގާތެރި ސަރުކާރު" ދަށުގައެވެ.

މެނިފެސްޓޯގެ މި ސިޔާސަތުގެ ދަށުގައި ހިމެނޭ ކަންކަން ހާމަކުރަމުން، ޑރ. މުސްތަފާ ލުތުފީ ވިދާޅުވެފައިވަނީ އެމްޑީޕީގެ ސަރުކާރެއް އަތުވެއްޖެނަމަ، އެޕާޓީގެ ވެރިކަމެއްގައި އުފަންވާ ކޮންމެ ތުއްތު ކުއްޖަކަށް ހަދިޔާ ފޮށިގަނޑެއްވެސް ދޭނެކަމަށެވެ.

މީގެއިތުރުން، ސަރުކާރުގައި ގިނަ ދުވަސް ވަންދެން، ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް، ޕެންޝަން ދިނުމުގެ އުސޫލެއްވެސް ކަނޑައަޅާނެކަމަށް ބުނެފައިވެއެވެ.

އިދިކޮޅު މައި ޕާޓީން މިފަދަ ކަންތައްތަކެއް ހާމަކޮށްފައިވާއިރު، އެޕާޓީގެ ސަރުކާރެއްގައި ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ބޭރުގެ ފަނޑިޔާރުން ބައިތިއްބާ، ރާއްޖޭގައި އެފަރާތްތަކުން ހުކުމްކުރާ ގޮތަށް ކަނޑައަޅާނެކަމަށްވެސް ހާމަކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނެނީ މައިގަނޑު ފަސް ކަމެކެވެ. އެއީ، ޖަޒީރާ ރާއްޖެ، ނޫސް އިޤުތިޞާދު، ފަޚުރުވެރި އާއިލާ، އޯގާތެރި ސަރުކާރު އަދި އިންސާފެވެ. އެމްޑީޕީން މިކަންކަން އާއްމުކޮށްފައިވާއިރު، ކޯލިޝަން ސަރުކާރެއް އެކުލަވާލާނެފަދަ ސިގްނަލެއްވެސް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

  1. މަގޭ

    ވަރަށް ރަނގަޅު

    • އިބޫ

      ސިވިލްސަރވިސް މުސާރަ ނުދީ ބަނޑު އެޅިބަޔަކަށް ދެންކޮންކަމެއް ކޮށްދެވޭނީ. ތިހެން ނަނާހުވަފެން ދެއްކި 2008 ގަވެސް ވީ ކަމެއްހަރާމް. ކާޅު ބޮނޑިބަތް ކައިގެން ތީބޭ ބުރާންތިންނަކަށް ނުވިސްނޭނެ

      • ދާލު

        ކޮބާ މަސްވެރިންނަށް ދިން 10000 ރުފިޔާ އަދި ދަނޑުވެރިންނަށްދިން 8000 ރުފިޔާ
        އެ ލާރިވެސް ވަގުކަލޭގެ ކާލީ ވިއްޔާ ...

        • ކޮސްބެ

          މޮޔަނުގޮވާ ހަމަހޭގައި ހުރެވޭތޯބަލާބަލަ!

  2. ނުވާނެއޭ

    ތިއިރުން ހުންނާނީ ދެން މިރާއްޖޭގައި ކުރަން ޖެހޭ މަސައްކަތް ތައް ނުކުރެވި އަމިއްލަ ކުންފުނި ތައް ވާނީ ބޭންކް ރަޕްޓް އެވެ. ތަމެންނަށް ހަމަ ނޭނގެނީއޭ ކަން ކަން ނޭޗަރ އިން ރާވާފައިވާ ގޮތް ތަމެންގެ ލާދީނީ ފިކުރު ތައް ބޮޑު ކަމުން ތިޔާ ހެން ތިޔާ ވަނީ އެމްޑީޕީ މިރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ މަސައްކަތް ކުރާނެ ދިވެއްސަކު ނުހުންނާނެއޭ ޖަޕާން ގައި އޮންނަނީ އޯގާތެރި ސަރުކާރެކޭ ޖަޕާނުގައި ވިހެއުމުން ދެނީ އެންމެ މަސް ދުވަހުގެ ޗުއްޓީ އެކޭ ދެން މިރާއްޖޭގައި ޕޭ ލީވް ގައި 6 މަސް ދުވަސް ނުދެވޭނެއޭ އަމިއްލަ ކުންފުނި ތަކަށް އެއީ ވާނެ ކަމެއް ނޫނޭ. އެއިރުން އޮންނާނީ މުޅިން ދަރިން ހޯދުމެއް ނޫންތޭ ޗުއްޓީ ނަގަން ވެގެން.

  3. ???

    ތި އަދި ނުވޭއެއްނު ތަރައްގީއަކަށް.

  4. ަނަތާ

    ހަމަސްދުވަހެއްނޫން އެދަރިޔަށް18ފުރެންދެން މުސާރަދީފައި ޗުއްޓީދީފަބަހަށްޓަންފެނޭ

    • Anonymous

      ވަރަށް ރަގަޅުވާހަކައެއް. މަވަރަށް ތާއީދު ތިވާހަކަޔަށް. ހީހީ ހަލާކު.

    • އައިސްތު

      ތާއީދު

  5. ވޯޓުފޮށި

    ތިޔަހަދިޔާ ފޮށިގަނޑުގެ ބޭނުގަ ލައްކަމީހުން ކިޔުދަމާނެތާ... ފެންދީފަ ކަތިލުމަކީ ޔަހޫދީންވެސް ގެންގުޅޭ އުސޫލެއް.. ރައްޔިތުމީހާގެ ސިކުނޑިޔަށްވެސް ތިއްކެޖަހާލާފަ ހޭނައްތާފަ ދެންތާ ކުރާކަމެކުރީމަ ރައްޔިތުމީހާއަށް މިވީ ކީއްކަންނޭގޭނީ... ހޭޖެހޭއިރު ލާއިގެންއޮތް އަންނައެތިގަޑުވެސް ނެތްހާލުގަ މީހުންތިބޭނީ... އެހެންމީހަކަށް އެހީއަށްއެދި ގޮވާލެވޭ ވަރަށްވުރެ ދެރަކޮށް ރައްޔިތުންތިބެނީ... ދޮޅުއަހަރުގެ ޗުއްޓީއެއް ދޭންވީނުން... ތިސަރުކާރަކީ ދޮޅުއަހަރަށް ގެންނަ ސަރުކާރެކޯ... ތިގޮތަށް ސަރުކާރު މުއައްޒިފުންނަ ޗުއްޓީދިނީމަ ގައުމު ބޮޑުތަނުން އިގްތިސޯދު ކުރިއަރާ ދައުލަތުގެ ހިންގުން ފިސާރި އަވަސްވެ ކުރިއަރާ ހިންގުން ވަރަށްހަރުދަނާވާނެތާ... ދޮޅުއަހަރު ވަޒީފާގެ ނަމުގަ މުސާރަދީފަ އޭނަ ގޭގަ ބާއްވާފަ ބަދަލުގަ އެމަގާމުގަ އިންޑިޔާ އިގިރޭސިން ބައިތިއްބާ... އެކެއްގެ މުސާރަ ދެމީހުންނަދީ ދައުލަތުގެ ހަރަދު ބޮޑުތަނުން ކުޑަވާނެތާ... ތިކަމަށްވެސް ސަނާކިޔާނެ ޒުންބާކުލާސް ކުދިން... މަވާ ސަލަމް... ރޔާމީން ފިސާރިކޮށް ހިފާލާތި މިފަހަރު...

  6. ހޫން

    އެއްއަހަރު ޗުއްޓީގެ ގޮތުގަ ދިނަސް ބޭނުމެއްނޫން އެމް.ޑީޕީ އަށް ވޯޓްދޭކައް.

    • Anonymous

      ކަލޭ ނުދިނަސް ދޭނެ މީހުންވާނެ ކަލޭދޭ ވަގު ކުނިމޫނުއަށް ސަނާކިޔަން

      • ޖޯޖޯ

        ފެއިލިއަރުން ނަށް ވޯޓުދޭނެ ވިސްނުން ތެރިންނެއް ނެތް. ކަލޭދޭ ރާބޯ ސޮނިވެއްޓޭ އަށް ވޯޓުދޭން.

    • އަހަންމާ

      ސާބަހޭ ތިގޮތުގަ ހުރޭ

  7. މަސީހު

    ދިވެހިން ގުބޯ ހައްދަނީ.

  8. ނައްލަބެ

    6 މަސްދުވަސް ދިނަސް އެމްޑީޕީ އަކަށް ވޯޓެއް ނުދޭނަން ސޮރީ .

  9. ދޮންޔޫސުފު

    10ރުފިޔާ އަށް ޑޮލަރުގެ އަގު ތިރި ކުރަން ބުނެފަ 15ރުފިޔާއަށް ބޮޑުކުރި ހަނދާން އަދި ނުފިލާ! ދެން އެހެންނޫނަސް 6 މަސް ދުވަސް ވަންދެން އެހެން މުވައްޒަފަކު ޑަބަލް މަސައްކަތް ކުވަންވީމަ އޭނާއަށް އެވެވުނީ ބޭއޯގާތެރިއެއްނޫންބާ. ގަޅި ބައިގަނޑެއް މީ.

    • ހަޑިގިއްލާ

      ބަލަ ޑޮލަރުގެ އަގު 10.42-15.42 އާ ދެމެދުގެ ބޭންޑެއް ކަނޑައެޅީ.... އޭރު 12.85ށް ޓެގްކޮށްފަ ހުރި ޑިލަރު ކަޅުބާޒާރުގަ 18ށް އުފުލިފަހުއްޓާ މި ބޭންޑް ކަނޑައެޅީ...... 10.42ށް ވެސް ވިއްކިދާނެ

  10. އަސްލަމް

    6 މަސްދުވަސް ދިނަސް އެމްޑީޕީ އަކަށް ވޯޓެއް ނުދޭނަން ސޮރީ ސާބަހޭ

  11. ފާއިޒް

    ގަާރުތަކާ މިހާރުވެސް ދަރިއަކު ލިބުމުން ހަަމަ މުސާރައާއިއެކު 6 މަސް ދުވަހުގެ ޗުއްޓީއެއް ލިބޭ.. އާކަމެއް ތައާރަފް ކުރާކަށް ނޭނގެ ދޯ...

    • ބޯގޯސް

      ކަލޭ އަންހެނުން އެކަންޏަށް ދޯ ތިޔަ ލިބެނީ

  12. ކައުންސެލަރު

    ނަތާ 18 އަހަރެއްވެސް ނޫން، ލިބޭދަރިޔަށް 65 އަހަރުވަންދެން މުސާރަޔާ އިނާޔަތްދީފަ ބެހެއްޓީމަ އެކުރެވުނީ ހެޔޮވެރިކަމޯ؟ މީހަކު ހޭބަލިވެދާނެންނު

    • ސަޒޫ

      ނާ އަޅެފަހެ ތެދެއް.

  13. ފާތު

    1 އަހަރު ދުވަހު މުސާރަދީފައި ގޭގައި ބެހެއްޓިއަސް އެމް.ޑީ.ޕީ އަކަށް ވޯޓެއް ނުދޭނަން.

  14. ހުސޭނުބޭ

    ތި ބުނި 6 މަހުގެ މުސާރަ ދެނީ ކާކައްތަ؟ ކުރިންވެސް ސިވިލް ސާވެންޓުންގެ މުސާރަ ކުޑަކޮށްފައި އެބައުވެސް ދިރުވާކީ. ރައްކުރިއަރުވާ ކޮމިޓީތަކުގެ އެކައުންޓުގައި ހުރި 166 މިލިއަން ރުފިޔާވެސް މަޅާލީ! ސާކު ސަމިޓަށް ކަނޑައެޅި ބަޖެޓުވެސް ބަނޑުއެޅީ!

    • ވެރިޔާ

      ހީހީ ހަލާކު

    • ފާންތޭ

      ވަރަށް މަޖާ. ހީހީހަލާކު.

  15. ބުރުގާ

    ދެން ނަރުހުންނެއް ނިތިބޭނެ އޭރުންނެތް؟!

  16. މަރިޔަށް ދައިތަ

    ރައްޔިތުންނޭ ކެތްތެރިވޭ. ތިކައްވެސް ވާނެ.

  17. އޭކޭ

    މިހާރުވެސް ލިބޭއެއްޗެއް ޗުއްޓީގައި ހުއްޓަސް މޮޔަނުގޮވާ ގަމާރު

  18. ޑިމޮކްރަޓިސްޓް

    މުރާތްކޭ ކިޔާބަލަ! ރައްޔިތުންނޭ ސަމާލުވާތި.. މިވެރިންގެ މަޅީގަ ނުޖެހޭތި.. މިކަމަށް އެލިޖިބަލްވާ ކްރައިޓީރިޔާ ހަދާނިމޭއިރު ތިހުރިހާކަމެއް ލިބޭނެ 4 ވަރަކަށް މީހުން މިރާއްޖޭގަ ފަހަރެއްގަ ތިބެދާނެ.. ކްރައިޓީރިޔާއިން ފިއްތާލާނެ.. އޭރަށް އެބުނާ ޗުއްޓީ ލިބޭނެ އެކަކުވެސް ނުހިންނާނެ..

  19. މަރިޔަބު

    ކަލޭމެންގެ ސަރުކާރުގަ ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ކުޑަކޮއްބިކަހާލުޖެއްސީ އަހަރެންސަލާން

  20. ފަޤީރު ކަލޯ!

    ތީ ކޯއްޗެއް! އަހަރެންގެ ވެރިކަމެއްގައި ދަރިޔަކު ލިބޭ ކޮންމެ އަންހެނަކު ހަމަމުސާރައާއިއެކު ޢުމުރަށް ޗުއްޓީ ދޭނަން! ދައުލަތުގެ ބަޖެޓް އަމިއްލައަށް ދިރުވައި ލުމަށްވުރެ މިގޮތް މާރަގަޅެއް ނޫންތަ!

  21. ޢުތުރު

    ތަޖްރިބާޢިން އިބްރަތް ލިބިގަނެ މާނަ ކުރީމަ ވިސްނޭ ގޮތުން މިހާރު އޮންނަ 3 މަސް 1 މަހައް ބަދަލު ކުރާނެ. ޢަދި އެތަނުން 15 ދުވަސް މުސާރަ ނުލިބޭނެ. އަނެއްކާ ތިމީހުންގެ ވެރިކަމުގަ ބޭސްފަރުވާގެ ހާލަތު ދައްވުމުގެ ސަބަބުން އަދި އަތްމަތި ތާށި ވުމުގެ ސަބަބުން މީހުން ދަރި ހޯދުމުގެ ވިސްނުމެއްވެސް ނުގެންގުޅޭނެ

  22. އައިސް

    "ސަރުކާރުގައި ގިނަ ދުވަސް ވަންދެން، ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް، ޕެންޝަން ދިނުމުގެ އުސޫލެއްވެސް ކަނޑައަޅާނެކަމަށް " މިހެން ބުނާއިރު ގިނަދުވަސްވަންދެން ޚިދުމަތްކުރާ މީހުންނަނަށް ދެމުންއައި ޕެެންޝަން ކަނޑާލީވެސް އެމްޑީޕީ ވެރިކަމެއްގައި. ކީކޭ ކިޔަންތަ ތިއުޅެނީ މީހުންގެ ރުހުން ހޯދަންވީމަ ތިމާމެން ބޮލާފޮށާއެޅޭ ވާހަކަވެސް ދައްކަންފެށީއެވެ.

  23. ސަންފަ

    ތި މީހުންނެއް ނޫންތަ ދިގުމުއްދަތަަށް ހިދުމަތް ކުރާ މީހުންގެ ޕެންޝަން ކަނޑާލީވެސް.

  24. ހިނިގަޅާ ހަލާކު

    އެމް.ޑީ.ޕީ ގެ ވެރިކަމެއްގާ ބިޑިކާއިންނަށް ނާސިގެތަކާ ލުއްޗާއިންނަށް ރަލާ މަސްތުވާތަކެއްޗާ ބިރަކާނުލާ އަމާހަނދާންކުރުމާ މިހެންގޮސް ލެއްވިހާ ފާހިޝް ޢަމަލުކުރުމަށް ލޯނުވެސް ދޫކުރާނެ!!! ﷲ އިރާދަފުޅާއެކު ދެން ތިޔަ ޖާހިލުންނެއް މިދިވެހިރާއްޖޭގެ ވެރިކަމަށް ނުލައްވާށި!! އާމީން.

  25. ނުރަބޯ

    ވަގު ބައިގަނޑެއް. މިމީހުންގެ ގުއިރޯނުގައި ޖެހިއްޖެނަމަ އެމީހަކު ނޯށުން ރޯންޖެހޭނެ.

  26. އާބިދާ

    ތިޕާޓީން މީގެކުރިންވެސް ތިކަހަލަ ބުހުތާން ދޮގު ހަދައިގެން ވެރިކަންހޯދާ ޣައިރު ޤާނޫނީ ހިންގާފަ ބެޗީ، ކަލޭމެން ހަދާ ދޮގު އަޑުއަހާކަށް އަހަރުމެން ނެތީމު، އަހަރުމެން މިފަހަރު ވޯޓްދޭނީ ރައީސް ޔާމީނަށް އިންޝާﷲ

  27. ޒުހުރީ

    މުޅި އުމުރަށް ޗުއްޓީ ދިނަސް މަގޭވޯޓް ރީދޫ ބައިން ނިކުންނަ މީހަކަށް ޙަރާމް،

  28. ވިލުފުށި

    މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނެނީ މައިގަނޑު ހުސް ވައްކަމާއި އޮޅުވާލުމާއި އިސްލާމް ދީން ފޮހެލުމެވެ.

  29. ގާސިމް

    މެނިފެސްޓޯ ޑރ. މުސްތަފާ ލުތުފީ އައް ކަމަކުނުދިޔަ.

  30. ޖިހާދު

    އިދިކޮޅު މައި ޕާޓީން ކަންތައްތަކެއް ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ފޮރުވާފައި ހުރިކަން ހާމަވެއްޖެ. ކޯޓޮތައްވެސް ކާފަރުންގެ އަތްމައްޗައް ދޫކޮއްލަނީ

  31. ނަރޭ

    ބަފަޔަށް ކިހާވަރެއްތ؟

  32. ނަރޭ

    ބަފައަށް ކިހާވަރެއް؟

  33. ލުއްޑާ

    ބަފައަށް ކިހާވަރެއް؟

  34. ޖޯން

    ހާދަމަދު ދުވަސް ކޮޅެއް އަދި ހައެއްކަ މަސް އިތުރު ކޮއްޅާ އޭރުން ވޯޓުދޭން

  35. މުހައްމަދު

    މި މީހުންނަށް ނޯންނާނެ ރަނގަޅު އެއްގޮތްވެސް

  36. އަބްދުއްލާ

    ހަމަ މުސާރަޔާ އެކު 6މަހުގެ ޗުއްޓީ ދޭވާހަކަ ކިޔާ އިރު ސިވިލަސާވިސްގެ މުސާރަ ކަނޑާލާ އެމުދާރަ ނުދޭނެކަމަށް އެންގީ ކޮންބައެއް . ވެރިކަން ވެއްޓޫނުފަހުން އެމުސާރަތައް ދިނީވެސް ވަހީދު ވެރިކަމުގާ . އެމްޑީޕީ އަކީ ނާގާބިލް ބައެއް

  37. ވިސްނާމީހާ

    ކަލޯގެޔާ އޭރުން އަންހެން މުވައްޒަފުން ތިބޭނީ ގޭގައި ކުންފުނިތަށްވާނީ ބަގުރޫޓު ތާކުންތާކުޖެހޭ ވާހަކައެއްނޫން އެއްއޮފީސްގައި 5 އަންހެނުން ތިބޭއިރު ދެމީހުން ވިހައިގެން ޗުއްޓީވީމާ ދެންތިބި މީހުން ތިބޭނީ ޗުއްޓީއަކަށްވެސް ނުގޮސް އެހެން ނޫނީ އާއްމު ރައްޔިތުންނަށް ޚިދުމަތް ނުދެވޭނެ މީހުންގެ ބޯކާލުން ނޫންކަމެއް ނުކުރާނެ އެމްޑީޕީއިން

  38. ޤައުމު

    ޥެރިކަން ލިބުނީ ތޯއްޗޭ..