މާލޭގެ މަގުތަކުގައި ހުރި ކުނިތައް ނެގުމަށް ފަހު އެ ކުނިތައް ވެމްކޯގެ ކުނި ސެންޓަރު ދޮރުމައްޗަށް އެޅުނީ "މިސްކޮމިއުނިކޭޝަން" އަކާއި ހެދި ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދުލުވުމުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ވެމްކޯގެ ދޮރުމައްޗަށް ކުނި އުކާލާފައިވާތީ އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ.

ނަރީޝް ވިދާޅުވި ގޮތުގައި އެކަން ހިނގާފައިވަނީ ކުނިތައް އުކާލަން ދިޔަ ސިޓީ ކައުންސިލްގެ ވެހިކަަލަށް އެ ސަަރަހައްދަށް ނުވަދެވި، ޑްރައިވަރުންނާ ސުޕަވައިޒަރުންނާ ދެމެދު ހިނގި "މިސްކޮމިއުނިކޭޝަން"ގެ ތެރެއިންނެވެ.

"މިސް ކޮމިއުނިކޭޝަނަކާއި ހެދި އެކަމެއް ހިނގީ، އެ ހިނގި ކަމަކީ ވަރަށް ނާތަހުޒީބު އަމަލެއް. އެކަން އަޅުގަނޑު ގަބޫލުކުރަން، ނާތަހުޒީބު އަމަލެއް. ވެމްކޯގެ ސްޓާފުންނާއި މެނޭޖްމެންޓްގެ ކިބައިން ސިޓީ ކައުންސިލުން މާފަށް އެދެން އެކަމަށް" ނަރީޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގެ މަގުމަތި ސާފުކޮށް ބަލަހައްޓަން ސިޓީ ކައުންސިލުން ކޮންމެ މަހަކު، ވެމްކޯއަށް 3.1 މިލިއަން ރުފިޔާ ދައްކާއިރު ގޭބިސީތަކުން ބޭރުކޮށްފައި ހުންނަ ކުނި އަދި މަގުމަތީގައި ހުންނަ ކުނިތައް ނަގަން ވާނީ ވެމްކޯއިން ކަމަށެވެ.

މަގުމަތީގައި ހުރި ކުނިތައް ނަގަން ސިޓީ ކައުންސިލަށް ޖެހުނީ ވެމްކޯއިން ޒންމާ ނެގުނު ލަސްވުމުން ކަމަށް ވިދާޅުވިއެވެ. އިތުރު ބުރައެއް ދިމާނުވެ ކުނި ނެގުމުގެ މައްސަލައަށް ހައްލެއް ހޯދަން ވެމްކޯއާ މަޝްވަރާ ކުރައްވާނެކަން ނަރީޝް ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެމްކޯ ދޮރުމައްޗަށް ކުނިއެޅިކަން އޭނާގެ ސަމާލުކަމަށް ޑެޕިޔުޓީ މޭޔަރު ގެންނެވުމުން އެކަން ވަގުތުން ރަނގަޅުކުރުމަށް ދެންނެވި ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ކޮށްގެންނުވާނޭ ނާތަހުޒީބު ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އެފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން." މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަދުރޭ

    ސިޓީ ކައުންސިލުން ވެމްކޯގެ އަގު ވައްޓަން އުޅުމުން އަތަށް ގޮވާފަ ތިއޮތީ.

    1
    1
  2. ބިންގޯ

    މީތޯ ސަރުކާރުގެ ވެރިންނަށް ތިބޭ މީހުންގެ ފެންވަރަކީ. މިކަންމިގޮތައް ކުރަން ތިބީ ހުސް ބަންލަދޭސީ މަސައްކައްތެރިން.

  3. ހަރަޕި

    ސިޓީކައުންސިލުގައި ނަހުލާޔާ މުއިޒާކޯޅެނީ. މިހާރު ވެމްކޯއާ ސިޓީކައުންސިލާ ކޯޅެނީ. ސިޓީ ކަމއުންސިލުންވެސް ތަންތަން އިމާރާތްކުރަން ހުއްދަދީފަ ދެން ކަންކުރާގޮތެއް ނުބަލާ. ގަވައިދާ ހިލާފަށް ހަދާނެ އެއްޗެއް ހަދަންވީ. ފުލުހުންވެސް ނުބަލާ. ފޯނުކޮށްލާއިރަށް ކޮންމެސް އެހެންތާކަށް ގުޅާށޭ ބުނަނީ. ހުރިހާ ކަމެއް ބޮއްސުންލައިފި. ޒީރޯ ޓޮލަރެންސު ދޮގޭ؟ ޖަޒީރާވަނީ ދޯ؟

  4. އިސްތިއުފާ

    ވެމްކޯ އަށް ދޭން ޖެހޭ 30 މިލިއަން މާލެ ސިޓީ ކައުންސިލަށް ދެވޭނީ އެއީ ސަރުކާރުން އެފައިސާ މާލެ ސިޓީ ކައުންސިލް ބަޖެޓަށް ޖަމާ ކުރުމުންނޭ އެކަން ކުރަން ޖެހޭނީ ފިނޭންސް މިނިސްޓްރީން ކަމަށްވާްއިރު ފިނޭންސް މިނިސްޓްރީން އެފައިސާ މާލެ ސިޓީ ކައުންސިލަށް ދޫނުކުރުން އެއީ މީގެ އެންމެ ބޮޑު މައްސަލަ އަކީ މަމެން ވެސް ބޭނުމެއް ނޫނޭ ވެމްކޯ ފައިނޭންޝަލީ ބޭންކްރަޕްޓް ވާން ވެމްކޯ އަށް ދޭން ޖެހޭ ފައިސާ އެއްވާނަމަ ދޭން ޖެހޭނެއޭ ދެން ތިމާވެށި މިނިސްޓަރު ކޮބާތޭ މިނިސްޓަރު ތަމެން ތިމާވެށި މިނިސްޓަރޭ އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  5. ޑާޑާޑާޑާ

    ސިޓީ ކައުންސިލުން 30 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށްވާނަމަ އެފައިސާ ސިޓީ ކައުންސިލުން ވެމްކޯ އަށް ދައްކާނެއޭ އެކަމަކު މާލޭގެ މަގުމަތި ގޮނޑެއް ހެން އޮންނަން ދުލެއް ނުކުރެވޭނެއޭ މާލެ ސިޓީ ކައުންސިލަށް ވެމްކޯ އިން ދަންނަން ޖެހޭނެއޭ މާލެ އަކީ އެއީ ރާއްޖެތެރޭ ރަށެއް ނޫން ކަން ދެން އަނެއް ކޮޅުން މަމެންގެ ގަޓް މާލެ ސިޓީ ކައުންސިލުން ވެމްކޯ އާއި އެކުވެރިކަން ބަދަހި ކޮށް ސުލްހަވެރި ކަމާއި އެކު މިކަން ކުރަންވީއޭ އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ....

  6. ކެމްކޯ

    ވެމްކޯޔަށް ނުވީމަ ވާބަޔަކަށް ވާންއޮތްގޮތަކަށް އެކުރީ މާލޭ މަގުތަށް ސާފުވީ ވެމްކޯ ދޮރުމަތި ހަނޑިވީ ...