ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ - ވަގުތު އިމޭޖްސް؛ އިބްރާހިމް ޝާބިލް

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ނާޒުކު ފައްތަރަކަށް އައިސްފައިވާ މި ދަނޑިވަޅުގައި މަޖިލިސް މެމްބަރުން ޚިޔާލު ތަފާތު ނުވެ، ބަދަހިކަމާއެކު ތިއްބެވުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.

މަޖިލިސް މެމްބަރުން އަރިހުގައި އެމަނިކުފާނު މިގޮތަށް އެދިވަޑައިގަތީ މުލިއާގޭގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. ވަގުތަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުންނެވެ.

އެގޮތުން އެ ބައްދަލުވުމުގައި، ކުއްލި ހާލަތު 30 ދުވަހަށް އިތުރުކުރައްވަން ނިންމީ ކަންކަން ހައްލު ކުރުމަށް އިތުރު އެއްވެސް ގޮތެއް ނެތުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލަން އިންޑިއާ އާއި އެމެރިކާ ފަދަ ގައުމުތަކުން ގޮވާލަމުން ދިޔަ ނަމަވެސް އެ ގޮވާލުންތަކުން ސަރުކާރަށް މާ ބޮޑު ޕްރެޝަރެއް ނެތްކަމުގެ ޔަގީންކަން މެމްބަރުންނަށް ދެއްވި ކަމަށް ވެސް ވެ އެވެ.

މީގެ އިތުރުން، އެ ބައްދަލުވުމުގައި، މަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފް ކަމަށް ވިދާޅުވެ، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ފުލުހުންނަށް ފޮނުއްވި ސިޓީއާ ގުޅޭ ގޮތުންވެސް ރައީސް މައުލޫމާތު ހިއްސާ ކުރެއްވިއެވެ. ނަމަވެސް ފުލުހުން އަމަލުކުރާނީ އެޓާނީ ޖެނެރަލް ދެއްވާ ލަފަޔަށް ކަމަށް ވެސް ރައީސް، ޕީޕީއެމް ޕީޖީ ގްރޫޕަށް ދެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިކަރުމަތު ކަރޯ ... ތުމް ލޯގް ތިޔަތިބީ ސޭފް ޒޯންގައި ......

  2. ޚިޔާލު ތަފާތުނުވެ، ބަދަހިކޮށް ތިބުމަށް މެމްބަރުންގެ ކިބައިން ރައީސް އެދިވަޑައިގެންފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މަމެން ޕިންކީން މިތިބީ ރެއާއި ދުވާލު ނޫސް ތަކަށް ކޮމެންޓް ކޮށް އަދި ސީއެންއެން އަށް ދަންދެން އަދި އެންޑީޓީވީ ޗެނަލަށާއި އިންޑިއާ އެއްޗިއްސަށާއި އަދި ދޮނޭ މެންނަށް ބޯން ދެމުން ނޭ މަމެން މިދަނީ މަމެން ނޯ ވޮރީސް އޭ. މަމެން މިދަނީ ސީދާ ލާރޖް ކޮށް ޖައްސަމުންނޭ އިންޓަރނޭޝަނަލް ކޮމެންޓް ކުރަން މަމެން ސިންގަޕޯރ އަށް އެއް މަސްދުވަހަށް ދާނަމޭ އެއިރުން އެ ތަމްރީން ނިމުމުން ރަންރީނދޫ ޓްވިޓަރޭ މެންނަށް ރާކަނި މަސް ކާން ތަމެން ދެން މަޖްލީހުގެ މެމްބަރުން މާ ބޮޑަށް ގާނޫނު ދަންނަ ކަމަށް ހެދިގެން ފުއްޕައިގެން އަރި އަޅާ ނުލައްޗޭ ހަަމަ އަޅާލީ ގޮނޑި ފޭރިގަތީއޭ. ޔޫ ކެނޮޓް ބީ ޓްރަސްޓެޑް ސްޕެޝަލީ އައި ނީޑް ސަމް ކޭޝް ހީ އިޒް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ހީ އިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް. ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް.

  3. ޔާމީން ޖަލީލް

    ބަލަ ހާދަ ދެރަވަރޭދޯ؟ ކޮބާ ސުޕަ މެޖޯރިޓީ... ލާރިޔަށްވެސް ނުވިކެޔޯ އިދިކޮޅު ބޮޑު ގުރޫޕު... ދެން ލަލަލާ