އައިއެސް ޖަމާއަތުން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ހައި ކޯޓުން އެގޮތަށް ހުކުމް ކުރީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި އަމީންގެ މައްޗަށް ދައުވާކޮށްފައި ނުވާތީއެވެ. އަމީން މިނިވަންކޮށްފައި މި ވަނީ އޭނާ ބަންދުގައި ހުންނަތާ ދޮޅު އަހަރު ފަހުންނެވެ.

އަމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ. އަދި އޭނާ އަކީ ރާއްޖޭގައި އައިއެސްގެ ލީޑަރު ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެއެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު މީހެކެވެ. އެ މައްސަލާގައި ހައްޔަރުކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ރާއްޖޭން ބޭރަށް ގޮސްފައެވެ. އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެ، ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު ދޫކޮށްލިއެވެ. އޭގެ ފަހުން އަމީން ހައްޔަރު ކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ން އާއެކު މި މަސައްކަތުގައި އިތުރު މީހުން ވެސް ބައިވެރިވެއެވެ. އެ މީހުން އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކަމަށްވެއެވެ. އަދި ކުށްވެރިންގެ ގޭންގުތަކަށް ނިސްބަތްވާ މީހުންވެސް ރެކްރޫޓްކޮށް، ހަނގުރާމަ އަށް ފޮނުވަން އޭނާ މަސައްކަތް ކުރާ ކަމަށްވެސް ވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު އޭނާގެ ބަންދު މުރާޖައާ ކުރަން ހުށަހެޅުމުން އެކަށީގެންވާ ބޭސް ފަރުވާ އޭނާއަށް ލިބެން ނެތް ކަމަށް ބުނެ ގޭ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން ވަނީ އަމީން ގޭ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާއި އެއްގޮތަށް ނޫން ކަމަށް ކަނޑައަޅާ އެއަމުރު ބާތިލްކޮށްފައެވެ.

އަދި މައްސަލައިގެ ޝަރީއަތް ނިމެންދެން ނުވަތަ މައްސަލަ ބަލާ ގާޒީ ވަކިގޮތެއް ކަނޑައަޅަންގެން އަމީން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޫައ

    ކަލޭ ބޮލޭ ކިޔާ..10 އަހަރު ދިވެހިރާޖޭ ގައި ހުރި މީހަ ކު ގެ ވާހަކަ އެމެރިކާ އައް އިންގޭތަ

  2. ކަރީމް

    އަބަދުވެސް ވަގުތު ނޫހުގެ ހަބަރު ތަކުން ފެންނަނީ ފިތުނަ ފަސާދަ. މީހުންގެ އަބުރަށް ހުތުރު ކުރަން ސާބިތުނުވާ ބޮޑެތި ބުހުތާނު ދޮގު އެޅުވެމުގެ ނުބައިކަމާއެވެ.

  3. މަސްއޫދު ހިލްމީ

    ކާކު އައްޔަނު ކުރީ؟ ތާކުންތާކު ނުޖެހޭ ވާހަކަތައް ނުފަތުރަ ބަލަ.

  4. ފިއަލި

    ހައިރާނެއް ނުވެ. އޭރުންތާ ތި "ހައްދުފަހަނައެޅި" ޑުރާމާ ފަސޭހައިން ކުރިއަށް ގެންދެވޭނީ.

    ހަތަރު ވަރަކަށް ސިޔާސީވެރިންތަކެއްގެ ދަހިވެތި ކޯޅުމުގަ މިގައުމު ހަލާކު ކޮށްފި.

    6
    1
  5. އަބްދުﷲ

    الحمدلله

    6
    6
  6. އަލް ޢަދުލު

    ޕީޖީ ފެއިލް ވެއްޖެކަމަށް ކަނޑައޅަ އެބަޖެހޭ

    1
    2