އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ކަމަން އިންތިހާބު ކޮށްފައިވާ ފުއާދު ތައުފީގް ތެދުވެރިކަމާއި އިހްލާސްތެރިކަމާއި މެދު ޝައްކު ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ފުއާދުއަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ވިދާޅުވީ، މިނިވަން، އިންސާފުވެރި އިންތިހާބުތަކަކީ ޑިމޮކްރަސީ އާއި އަދުލުގެ ނިޒާމްގެ އެންމެ މުހިންމު ކަންތައް ކަމަށެވެ.

އެ ކޮމިޝަންގެ ރައީސް ކަމަށް ފުއާދު އިންތިޚާބު ކުރީ އެ ކޮމިޝަންގައި ދެން ތިއްބެވި ހަތަރު މެންބަރުންގެ ވެސް ތާއީދުން ކަމަށް އީސީން ބުނެފައި ވެއެވެ. ކޮމިޝަންގައި ދެން ތިއްބެވީ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބާއި މެންބަރު އަލީ ނަޝާތުއާއި މެންބަރު ޑރ. މުހައްމަދު ޒާހިރުއާއި، މެންބަރު ކަމަށް ދާދި ފަހުން އައްޔަން ކުރެއްވި މުހައްމަދު އާސިފް (އިރުވައި އާސިފް) އެވެ.

ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވެގެން ދިޔައީ 2018 ގެ ރިޔާސީ އިންތިޚާބުން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި އަހްމަދު ޝަރީފް ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.

ފުއާދަކީ 2008 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަން އެންމެ ފުރަތަމަ އުފެއްދެވިއިރު ވެސް އެ ކޮމިޝަންގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި 2013 ގެ ރިޔާސީ އިންތިޚާބުގައި ފުއާދު ހުންނެވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައެވެ.

އޭރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު ފުއާދަށް އަމާޒުވިއިރު، ސުޕްރީމް ކޯޓުން ވަނީ ފުރަތަމަ ބުރުގެ ވޯޓު ބާތިލްކޮށްފައެވެ. އެހެންވިޔަސް ފުއާދަށް އޭރު އަމާޒުވި ތުހުމަތުތައް ދޮގު ކުރައްވައެވެ.

އޭގެ ފަހުން 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ގާތްވެފައިވަނިކޮށް ކޮމިޝަނުން ފުއާދު ވަކިކުރިއެވެ. ފުއާދު ދެން ރާއްޖޭން ބޭރަށް ވަޑައިގެން ގުޅިވަޑައިގަތީ އެމްޑީޕީގެ ހަރަކާތްތަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބުވެވަޑައިގަތް ފަހުން ފުއާދު އަލުން ރާއްޖެ ވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޚާލިޤުންކައުނައިނިވާކަން ނޭގެނޭހެއަޖައިބެކޭ

  2023 މިމަނިއްޕުޅަށް ގާތްގަޑަކަށް ހިބަވީކަމަށް ބަލަމާ ހިނގާށެވެ. 2023 ޔަގީން ކުރުމަށްޓަކައި މިމަނިއްޕުޅު އެލެކްޝަނުގައި އަލާކުރައްވާ ފުރަތަމަ ފަނިއަށް ވުމަކީވެސް ވެދާނެ ކަމެކެވެ. ހީފުޅުނުކުރައްވާތި ތިމާރާވާ ރޭވުން އެރާއްވަވާ ގޮތަކަށް ތަދުބީރު ވެދާނެކަމަށް. 2023 އަކީ ހައްގަށް ނަސްރުލިބި ދުޝްމަނުންގެ ވަކިތަކުން މިއިސްލާމީ އުއްމަތުގެ ދަންމަރު އަބުގެ އަބަދަށް ދިއްލާލާނެ ފަހަރުކަމުގައި ލައްވާށިއެވެ. އާމީން

  19
 2. ނަޝާ

  ޝައްކެއް ނޯންނާނެތާ 2008ގަ ވޯޓް ފިރުކާލަދިން މީހާވިއްޔަ

  15
  1
 3. އަނަސު

  އީސީ ޝަރީފަށްވެސް އިތުބާރު ކުރެއިއެއްނޫންތޯ އެންފަހުންވީ ކިހިނެއް ރިސްވަތުދީ ޔާމީނުގެ ވޯޓުތައް އަންދާލީ! މިފަހަރުވެސް ތިޔައުޅޭނީ އެހެން ހަދަން ކަމަށްވާނަމަ އެކަންކުރާތީ އަންނި އިގޭ! ކަމަކުނުދާނެ! ތިޔަކަހަލަ ވާހަކަ ދައްކައިގެން ރައްޔިތުން ހައްލަނީ! ބުނަންތަ އަންނިއަކީ މިގަމުގެ އެންމެ ކޮރަޕުޓުމީހާ!ދިވެހިންގެ އެންގިނަ ފައިސާ ނުހައްގުން ބޭނުންކުރިމީޙާ!މައިދޮށޯށި ވިއްކާލައި އެތަކެއް މިލިޔަން ޑޮލަރު ނެގީވެސް ތިޅާ! މިފަހަު ހުރިހާ ކަމެއް ބެލެވޭނެ!

  14
  1
 4. Anonymous

  ރ.ނަޝީދަށް 2008ގަ ރައީސުކަން ކާމިޔާބުކޮށްދިން ތެދުވެރިޔާވީމަ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ ގޮތަށް ރ.ނަޝީދަށް ތިޔަ ފުވާދުތައުފީގަށް ހަމަ ސަނާކިއުން ޙައްޤް، އެއިރުގެ އިމްތިޚާބުން ރ.މައުމޫނު ކަޓުވާފަ އެމްޑީޕީއަށް ކާމިޔާބު ކުރެވުނީވެސް އީސީގައި ތިޔަ ފުވާދު ހުރެ ވޯޓަށް މަކަރުހެދުމާއި ކޮރަޕްޝަން ތެރެއިން އިންޑިއާ އަޑީގައިއޮވެ އެހެންވެ ދަރަނި އަދާކުރަން އެއިރު އިންޑިއާގެ ޖީއެމްއާރ އަށް އެއާޕޯޓް ދިނީވެސް، 2019 ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްވެސް އީސީ ޝަރީފުމެން ލައްވާވެސް ތިޔަ ފޯޑުތައުފފީގުމެން ހެދި މަކަރު ބޭނުންކުރިކަމަށް ލާދީނީ އެމްޑީޕީ އިސްވެރިން ބުނާކަމަށްވޭ، މިހާރު އަނެއްކާ ތިޔަ ފުވާދުހަމަ އެގޮނޑިއަށް ސަވާރުކުރީ 2023ގެ ރިޔާސީއިންތިޚާބުގެ ވޯޓަށް މަކަރާއި ޢައްދާރުކުރުވަންކަން ޔަގީން.

  4
  1
 5. ވަހީދުބެ

  ވަރަށް އިޚްލާޞްތެރިވާނެ މަށަށް ވޯޓްގިނަވާގޮތަށް ވޯޓްގުނަންޏާ. އެއީ ހަމަ އިޚްލާޞްތެރިކަމުގެ ލާމަސީލު މީހެއް.

  17
  1
 6. ހުސޭނުބޭ

  އޮޅުކޮށްގެން ގެންގުޅޭ ބުޅާގަނޑާމެދު ކޮންމެ މީހަކުވެސް ބުނާނީ ތިހެން

  15
  1
 7. އިކުލީލް

  ރައީސް ނަޝީދު މާނަ ކުރި ގޮތެއް ހަމަ އިނގޭނީ ރައީސް ނަޝީދުއަށް. ހިހިހި

  2
  1
 8. އެމްއެމްޕީއާރ

  ބުނަންއެނގޭހާ އެއްޗަކީ ތިޔަކިޔާ އެމްއެމްޕީއާރސީގެ ފައިސާގެ 6 ގުނަ އެއަރޕޯޓް ބޭރުބަޔަކައްދީގެން އެއަވާގައިޖެހިގެން އިންޑިއާމީހުންނުފިލާމިރާއްޖޭން އެހެންވީމަ ތިޔަމީހާރަނގަޅުވާނެވަރު އެބައެނގޭ ނޫންތޯ

 9. ޑޮކްޓަރސުންޑެލި

  ފުވާދަކީ ސުޕްރީމު ކޯޓުން ހުކުމެއް ކަނޑައެޅި މީހެއްކަން ހަނދާންނައްތާނުލާތި!