އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ސައްޚަ ކަމާ މެދު ސުވާލު އުފެދިފައިވަނިކޮށް އެ ބޭންކްގައި އެމަނިކުފާނުގެ ނަމުގައި ހުޅުވި އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާވި ދުވަހާ އެއް ދުވަސްވަރަކަށް ދިމާވީ އިއްތިފާގަކުން ކަމަށް ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.
ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން އިސްތިއުނާފީ 22 ނުކުތާއެއް ވަނީ ހުށަހަޅުއްވައިފައެވެ. އެ ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާލް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ޔާމީނަށް ދެއްވި ފުރުސަތުގައި އެމަނިކުފާނު ވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ފައިސާގެ ވާހަކަ ދައްކަވައިފައެވެ. އެމަނިކުފާނު ފާހަގަ ކުރައްވަމުން ގެންދެވީ މީގެ ކުރިން ފާހަގަ ކުރައްވާފައިވާ ގޮތަށް އެއީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމުގައެވެ.
މި ގޮތުން ފައިސާ ހޯދަން އެސްއޯއެފްގައި އެދިވަޑައިގެންފައި ނުވާނެ ކަމަށާއި އަދީބު އަރިހުގައި ވެސް އެދިވަޑައިގަތީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދެއްވުމަށް ނޫން ކަމަށް މިއަދުގެ ޝަރީއަތުގައި ވެސް ޔާމީން ވިދާޅުވިއެވެ. އަދީބު އަރިހުގައި އޭނާ އެދިވަޑައިގަތީ އަދީބު އަތުގައި ހުންނެވި އެމަނިކުފާނާއި ޕީޕީއެމްގެ ކެމްޕޭން ފައިސާ ދެއްވުމަށް ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ.
"އަޅުގަނޑު އެސްއޯއެފްގެ ފައިސާ ހޯދާކަށް ނާހަން، އެމްއެމްޕީއާރުސީގެ ފައިސާ ހޯދާކަށް ނާހަން، އަޅުގަނޑުގެ ގިނަ އަދަދެއްގެ ފައިސާ ހުރި މީހެއް ކައިރީގައި، އެއީ އަހުމަދު އަދީބު، އޭނާ ކައިރީ އަޅުގަނޑު ބުނީ އަޅުގަނޑުގެ ފައިސާ ދޭން، އަޅުގަނޑުގެ ގިނަ އަދަދެއްގެ ފައިސާ އޭނާ އަތުގައި ހުރެގެން އެ ފައިސާ ދޭން އަޅުގަނޑު އެދުނީ." ޔާމީން ވިދާޅުވިއެވެ.
މިއާއެކު ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް ވަނީ ސުވާލެއް ކުރިމަތި ކުރައްވައިފައެވެ. ފަނޑިޔާރު އެއްސެވި ސުވާލަކީ ތަހުގީގީ އިދާރާތަކުން ފައިސާއާ ގުޅޭ ގޮތުން ސުވާލު އުފައްދަން ފެށި ދުވަސްވަރާ ދިމާކޮށް އިންވެސްޓްމަންޓް އެކައުންޓަކަށް ފައިސާ ޖަމާ ކުރައްވަން ޔާމީން ނިންމެވީ ކީއްވެގެންތޯއެވެ. ފަނޑިޔާރު އެއްސެވީ "އިންވެސްޓް ކުރަން އެ ތާރީޚް އިޚްތިޔާރު ކުރީ ކީއްވެގެންތޯ" އެވެ.
މި ސުވާލު އަމާޒު ކުރެއްވުމުން އޭގެ ޖަވާބުގައި ޔާމީން ވިދާޅުވީ ފުރަތަމަ ފައިސާ ލިބުނު ދުވަސްވަރު އެއީ ސައްޚަ ނޫން ފައިސާއެއް ކަމުގައި އޭސީސީން ނުވަތަ އެހެން ވެސް ތަހުގީގީ އިދާރާއަކުން ފާހަގަކޮށްފައި ނުވާ ކަމަށެވެ. އެ ފައިސާ އާންމު އެކައުންޓަކަށް ޖަމާވި ދުވަހުން ފެށިގެން އިންވަސްޓްމަންޓް އެކައުންޓަކަށް ޖަމާ ކުރަން އިސްލާމިކް ބޭންކްގައި އެދި އެ މުއާމަލާތް ކުރެމުން ދިޔަ ކަމަށް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑު މި މުއާމަލާތް އިސްލާމިކް ބޭންކް ގައި ކުރިއަށް ގެންދާތާ އޭރު ދެތިން މަސް ވެއްޖެ. އިއްތިފާގުން އިންވެސްޓްމަންޓް އެކައުންޓަށް ޓްރާންސްފާ ވީ އެ ދުވަސްވަރާ ދިމާކޮށް. އެއީ ތަހުގީގު ހިނގަމުން ދިޔަ ދުވަސްވަރާ." ޔާމީން ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގައި ޔާމީން ވަނީ އެމަނިކުފާނުގެ އުނަގަނޑުގައި ރިއްސާތީ ޝަރީއަތް ކުރުކޮށްދޭން އެދިވަޑައިގެންފައެވެ. އެމަނިކުފާނު އެދިވަޑައިގަތީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ޝަރީއަތް ގެންގޮސްދިނުމަށެވެ. އެކަމަކު ކުރިން އޮތް ގޮތަށް މިއަދު ޝަރީއަތް ގެންދަން ނިންމައި ފަހުން 1:30 ގައި ފަށައި 3:00 ޖަހަން ދެން ޝަރީއަތް ގެންދިޔައެވެ.
ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް ވިދާޅުވީ އިސްތިއުނާފް ކުރާ ފަރާތް ކަމުގައިވާ ޔާމީންގެ ފަރާތުން ސިއްޚީ ލިޔެކިއުންތައް މިއަދު ލިބުމުން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި ދެން އަޑުއެހުމެއް އޮންނަ ދުވަހަކުން ނިންމަވާނެ ކަމަށެވެ. ދެން އަޑުއެހުމެއް އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު ކަން އިއުލާން ކުރައްވައި މިއަދުގެ އަޑުއެހުން ނިންމަވާލެއްވިއެވެ.
ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި މައްސަލަ ނިމެންދެން ހުކުމް ތަންފީޒު ކުރުން ލަސްކޮށްދިނުމަށާއި ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކޮށްދޭން ހުށަހަޅުއްވައިފައެވެ. އެކަމާ މެދު އަދި ޝަރީއަތަކުން ގޮތެއް ނިންމާފައި ނުވަނީ، ދިފާއުގެ ފަރާތުން ވެސް ފުރަތަމަ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުއްވުމަށް އެދިވަޑައިގެންފައި އޮތުމުންނެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.
ވ.އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.
ކޮންކަމަކައްބާ ސަރުކާރުން އިސްތިއުނާފުކުރަނީ އެހުކުމް ރަނގަޅުކަމއްބާ އެހެންވިއްޔާ އެއީ ވަކިކަމެއްތާ
ހަޤީގަތަކީ ތީގަ ނުބައެއް އެބައުޅޭ ؟
ގައިމު މީނަ ބުނި އެއްވެސް ވިޔަފާރިއެއް ނުކުރަމޭ
މީގާ ބަލަންޖެހޭނީ އެކައުންޓައް ވަނީ ސައްހަނޫންފައިސާތޯ އެސްއޯއެފްގެފައިސަތޯ އެއްވެސްފަރާތަކުން ސާބިތު ކޮއް ދެވިފާނުވާކަމީ ތިޔަ މައްސަލަ ސައްހަނޫންކަން ވަރައްސާފު ކަމެއް ހަމައެކަނި 2ފާސިގުންގެބަހައް މައްސަލަ ނިންމުމަކީ އަންނަން އޮތްޖީލުތަކައް ކޮށައިދެވެ ބިރުވެރި މަގެއް....
ތިމަން މަނިކުފާނުގެ މިނިސްޓަރެއްވީމާ، ތިމަން މަނިކުފާނުގެ ޕާޓީގެ ނައިބު ރައީސްވީމާ އަދީބުގެ މައްޗަށް ތަހުގީގު ކުރަން ދެކޮޅު ހެއްދެވި. ދައުލަތުގެ ކިތަންމެ މަތީ މަގާމެއް އަދާކުރަމުން ދާ މީހަކަށް ވިޔަސް އެމީހެއްގެ ކިބައިން ނުސިޔާނު ކަމެއް ހިނގާކަމަށް ޝައްކުވާ ހިސާބުން ތަހުގީގުކޮށް ކުށްވެރިވާނަމަ އަދަބު ދޭން ޖެހޭނެ. ރައީސް ޔާމީނަކީ ގަޓު ރައީސެކޭ ބަޔަކު ކިޔަސް، އެބޭފުޅާއަކީ އެބޭފުޅާގެ އަރިސް ބޭފުޅުންގެ މައްޗަށް ހައްގުބަސް ބުނަން ނުކެރުނު ފިނޑި ރައީސެއް. ދެންވާ އެމަނިކުފާނުގެ ފުރާނަ ދުއްވާލާނެހެން ހީވީމާ އަދީބުގެ މައްޗަށް ތަހުގީގެއް ހިންގިޔަސް އެނުވާނެ ގަޓު ރައީސަކަށް. ޒުވާނުންނޭ ކިޔާފައި ރައްޔިތުންނަށް ދައްކައިގެން އުޅުނީ ގޭންގު ކުދިންކޮޅެއް. ގަޓު ރައީސްގެ ހާލަތު. އެމްއެމްޕީއާރުސީ ވައްކަމަކީ، ސީދާ އަދީބާއި ދެމީހުން ގުޅިގެން ހިންގާފައި އޮތް ބޮޑު ޖަރީމާއެއް. އަދަބު ލިބެންޖެހޭނެ.
މިޝަރީއަތްމިހާތަނަށްއައިއިރު އަޅުގަނޑުހިތުގައިއުފެދޭ ސުވާލަކީ !އެމްއެމްޕީއާރުޚިޔާނާތުގެމައްސަލާގައި"ހަމައެކަނި" ރައީސް ޔާމީނަށް މިދައުވާކުރެވެނީކީއްވެތޯ؟ ޢެކިވަރުވަރަށް އެފައިސާލިބުނު ދުއިސައްތަފަންސާހަށްވުރެގިނަބޭފުޅުންގެ ލިސްޓުން ޕީޖީއަށްފެނިވަޑައިގަތީ "ހަމައެކަނި" ރައީސް ޔާމީނުގެނަންފުޅުތޯ ނުވަތަ ދެންހުރިނަންތަކާ" އުންސުރާ ފަންސުރު" ދިމާނުވަނީ ކީއްވެތޯއުފެދޭސުވާލެވެ. އަނެއްސުވާލަކީ ރައީސްނަސީދަށްހިމާޔަތާރައްކާތެރިކަން ކަށަވަރުކޮށްނުދީ އަރުވާލާފައެހެރީއިންސާފުންތޯ؟ މިޤައުމުގަ އިންސާފާރައްކާތެރިކަމަކީ ވަކިމީހަކުބޭނުންގޮތަކަށް ފަރުމާކުރެވިފައޮތްކަމަކީތޯ؟
ބަލަ ޕާޓީ އަށް ލިބޭ ފައިސާ މީނަ އިސްލާމިކް ބޭންކްގަ އިންވެސްޓު ކުރީމަ ހަލާލު ވާނެ ގޮތެއް ބުނެބަލަ
އެންމެ ފުރަތަމަކަމަކަށް ހިނގަމުންދާ ސަރުކާރެއްގައި އެވަގުތަކު ހުންނެވި ރައީސުލް ޖުމްހޫރިއްޔާއެއްގެ ބޭންކު އެކައުންޓަށް މުސާރަ ފިޔަވައި އެހެން ފައިސާއެއް ޖަމާކުރެވިގެން ނުވާނެ. ޖަމާކޮށްފިނަމަ ރައީސާ އެކު އެކަމުގައި ޝާމިލުވާ ހުރިހާ އެންމެންވެސް ކުށްވެރިވާނެ. އެގޮތުގެ މަތިން ރައީސް ޔާމީނު އެހުންނެވީ ނަޒާހާތްތެރިކަން ގެއްލި ކުށްވެރިވެފައި.
އާނ ! ސިޔާސީ ދާއިރާގަ އިސްނަގާފަ އަޑުއަރާފަ މިއުޅޭ އެއްމެްން އެމީހުންގެ ކުއް ގަބޫލުކޮށް ޒުވާން ޖީލަކައް ފުރުސަތު ދިނުމުގެ ގަޑި ޖެހިއްޖެ. 45 އަހަތުންމަތީގަ ހީނުވޭ ސަލާމަތުން އެކަކުވެސް ހުރިހރނެއް
އެދުވަހު ގަޓުވެފަ އެންމެންނަށް އިވޭނެހެން ބުނެފަވޭ ގެއަށް ވަންނަ ފައިސާ ހަލާލު ނޫންކަމަށް! މިއަދު ތިޔަ ކިޔަނީ ކީކޭބާ؟ ތިޔަފައިސާއަށް ވީގޮތް ބުނަންނޭންގުނަސް އެނގޭ އެއްޗަކީ ގައުމުގެ ވެރިކަމަށް އަނަނަން ތިޔަކުރާ މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ތިމާ ޒާތީވެފަ ތިބޭ ބަޔަކަށް ހަސަދަ ފިލުވާލުން! ވެރިކަމުގެ ބާރުތަށް ބޭނުންކޮށްގެން ބަދަލުހިފުމުގެ ސިލްސިލާ ފެށީމަ ގެއްލިގެންދިޔައީ ގައުމުގެ އަމާންކަން ނިކަމެތިވަނީ ރައްޔިތުން! އަބަދު ޕާރޓީގެ ކޯޅުން ވެރިކަމާ ތޮޅުން! މިގައުމަށް ބޭނުމީ އަދުލުވެރި ވެރިއެއް އެއާއެކު ހަމަޖެހުން! ވެރިކަމުގަހުރެ ތިމާ ހިތުހުރި ގޮތަކަށް ކަންކޮށްފަ އެއަށް އިންސާފުކިޔަސް ނުވަތަ ބަޔަކުލައްވާ އިންސާފު ކިޔުއްވިޔަސް އެހެނަކުން ނުވާނެ! ﷲތައާލާ ކަނޑައަޅުއްވާފައިވާ ހުދޫދުގެ ތެރެއިން ބޭރުން ކޮންމެ މީހަކުނަމަވެސް ކަމެއްކޮށްފިނަމަ އެއީކުށެއް!
ވައްކަން ކޮށްފަ އެކަން ނުކުރާކަމަށް ހަދަން ޖެހޭނީ ދޮގު ! އެއްދޮގު ފޫބައްދަން ދިހަ ދޮގު ހެދިއަސް ހަދަން ޖެހޭނީ ދޮގު !
ވައްކަން ކުރުމުން ދޭން އޮންނަ އަދަބު އަތް ބުރިކުރުން މި ކަލޭގެއަށް ވެސް ކުރިނަމަ ވައްކަން ކުރާމީހުނަށް އިބްރަތަކަށް ވާނެ.