ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހިދުމަތްތަކަށް ރަޖިސްޓްރީ ނުކޮށް ތިބި ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން މި މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހުޅުވާލާފައިވާ ކަމަށް އެކޯޕަރޭޝަނުން ހާމަ ކޮށްފިއެވެ.

ވެމްކޯއިން މީގެ ކުރިން ނިންމާފައިވަނީ އިއްޔެގެ ނިޔަލަށް ރަޖިސްޓްރީ ނުކޮށް ތިބި ގޭބިސީތަކުގެ ކުނި ނުނަގާ ގޮތަށެވެ. އެއާއި އެކީ މާލޭގެ ގިނަ ގެތަކުގައި އުޅޭ ބައެއް މީހުން ވަނީ އުކާލާ ކުނި މަގުތަކަށް ޖަމާކޮށްފައެވެ.

އެކަމާއި ގުޅިގެން މިއަދު ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ، ރޭ މާލޭ މަގުތަކަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ގިނަ އަދަދެއްގެ ކުނި ނެރުމާ ގުޅިގެން ދިމާވި ކަންތައްތަކާއި ގުޅިގެން ރަޖިސްޓްރޭޝަން މިމަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު-- ވަގުތު އިމޭޖެސް: އަހުމަދު އަޝްހާދު އަބްދުﷲ

އާދަމް ވިދާޅުވީ، މިމަހުގެ ނިޔަލަށް ރަޖިސްޓްރޭޓް ކުރުމަށް ނިންމާފައިވަނީ ވަރަށް ގިނަ އަދަދެއްގެ ގޭބިސީތަކުން ކުނި ނެރުމުގެ ސަބަބުންނާއި ކުރިން ހާމަކޮށްފައިވާ މައުލޫމާތު ރަނގަޅަށް ބައެއް ގޭބިސީތައް ހުންނާނެ ކަމަށް ގަބޫލު ކުރެވޭތީ އާއި ގަސްތުގައި ނަމަވެސް ރަޖިސްޓްރީ ނުކުރަން ތިބި ފަރާތްތަކަށް ވެސް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ކަމަށެވެ.

"މިއީ ވަރަށް ހިތާމަވެރިކޮށް ދިމާވާ ކަންކަން. އެހެން ނަމަވެސް މީގެ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކުގައި ރައްޔިތުންގެ އެއްބާރުލުމަށް އަބަދުވެސް މިދަނީ އެދެމުން." އާދަމް ވިދާޅުވިއެވެ.

ކުނި ނެގުމަށް ރަޖިސްޓްރީ ކުރުމަށް ވަކި މުއްދަތެއް ދިނުމުގެ ސަބަބުން ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން މާލެއަށް ކުނި އެޅިނަމަވެސް، ކޮވިޑް-19ގެ ހާލަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ވެސް އެ ހިދުމަތް ފޯރުކޮށްދީފައިވާކަން އާދަމް ވަނީ ފާހަގަ ކުރައްވާފައެވެ.

މިހާރު މަގުމަތީގައި ހުރި ކުނިތައް ވެމްކޯއިން ނަގާނެ ކަމަށާއި އެހެން ނަމަވެސް މިހާރު ހުޅުވާފައިވާ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ހުރިހާ ގޭބިސީތަކަކުން ވެސް ރަޖިސްޓްރީ ކުރުމަށް އާދަމް ވަނީ އެދިފައެވެ.

"އެފުރުސަތުގެ ބޭނުން ހިއްޕަވައިގެން ހުރިހާ ގޭބިސީތަކަށް ވެސް މީގަ ރަޖިސްޓްރީ ކޮށްލަދެއްވާށޭ. އެއީ ހިދުމަތް މެދު ނުކެނޑި އަޅުގަނޑުމެންނަށް ކުރިއަށް ގެންދަން ކޮންމެހެން އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް. މީގަ މާނައެއް ނޫން މިރޭ ވެސް މަގުމައްޗަށް ކުނި ނެރޭށޭ. އަޅުގަނޑުމެން މި އެދެނީ މަގުމައްޗަށް އެއްވެސް ބޭފުޅަކު ކުނި ނުނެރޭށޭ" އާދަމް ވިދާޅުވިއެވެ.

ވެމްކޯގެ ހިދުމަތަށް 1500 ގޭބިސީއަކުން ރަޖިސްޓްރީ ކޮށްފައި ނުވާއިރު، އެހިދުމަތަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް މިރޭ 8:00 އިން ފެށިގެން 10:00 ރަޖިސްޓްރޭޝަން ސެންޓަރުން ކުރެވޭނެ ކަމަށާއި މާދަމާ ރޭ ވެސް 9:00 އިން 10:00 އަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. އަދި މެންދުރު ފަހު ވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މެކް

  ރައްޔިތުންނައް ކުރާވީ ޖެއްސުމެއްނޫ ރައްޔިތުންގެ ބިމާ ރައްޔިތުންގެ މުދާބޭނުންކޮށްގެން ފުޕާންވީއަކީނޫން ދެއިރު ދެދަޅައައް ރަޖިސްކުރުމަކީ ފަސޭހަމެއްނޫން މިރާރުވެސް ދެފަހަރު ރަޖިސްޓަރީކޮށްފިން ތިބޭފޔޅުންގެ އަތުގާ މައުލޫމާތު ނެތުމަކީ ރައްޔިތުންގެ މައްސަލއެއްނޫން ތިބޭފުޅުންގެ އިސްޓިކާ ހުރީ ދިރުފަތުގާ ހަރުކޮށްފާ އެކަމަކު ކުނިބަލައެއްނާދޭ ދެންގޭގެ ވެރިފަރާތުންވީ ޓައްޕުހިފައިގެން ކުނިނަގާންއުލޭ ބަންގާޅިންފަހަތުންދުވެ އާދޭސްކުރަން ރައްޔިތުމީހާ ގެވަތުއެކަމުގައި ހޭދަކޮށް ހަނާވަނީ މިވަރުންވެސް ގޮޔްދޫކުރާކައްނޫލޭ ބޮޑޭވަނީ.

 2. ރާއްޖެ ކުއްޖާ

  ރަޖިސްޓްރީ ކުރީ އެޕާރޓްމަންޓުން ކުނި ކަލެކްޓް ކުރާ ގޮތަށް. ޔައުނީ 150ރ ދައްކާގޮތަށް. ނަމަވެސް ކުނި ނަގަމުން ދިޔައީ މަގުމަތިން. ޔައުނީ މިދިޔަ އޭޕްރިލް އިން ފެށިގެން. ކުރިންވެސް އަދިވެސް ބިލް އަންނަނީ 150ރ. ބިލް 100ރ ޖަހާފާ ފޮނުވާ. ޢެއިރުން ފައިސާ ދައްކާނަން.

  5
  1
 3. އަލީހު

  150 ގެ ރޭޓުން ބިލްކުރަނީ ކީއްވެގެން ކަން ބުނެލަދިނުން އެދެން ވެމްކޯ. އިމާރާތުގެ ތިރިން ކުނި ކަލެކްޓް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީ. އިމާރާތުގެ ތިރިން ކުނި ކަލެކް ކުރުމަށް ވެމްކޯ އިން އާމުކޮށްފައިވާ އަދަކީ 100ރ . މީ ކިހިނެއް ވާ ކަމެއްތޯ ރައްޔިތުންނަށް ސާފް ކޮށްލަދިނުން އެދެންަ

  6
  1
 4. ކުލީ އަޅު

  100ރ ދައްކަން ޖެހޭ ޚިދުމަތަކަށް 150 ދައްކަމުން މިދަނީ. ނުދޭ ޚިދުމަތަކަށް ގަދަކަމުން ލާރި ނަގަނީ

 5. މަޒް

  ތި ވެމްކޯއެއްގަ ރަޖިސްޓަރ ކުރަން ފުރިހަމަ ކުރަން ޖެހޭ މައުލޫމާތުތަށް ވަރަށް ގިނަ.. ބޮޑު ކަމެއް..

 6. ކުދީނޭ

  ކުދީނޭ މީއެބުނާ މޮޅު ހުޅަނގުތަހުޒީބް ޑިމޮކްރަސީއައީމަވާގޮއް މަންމަ އުގުންފެށިގެން ކައްވަޅައްދަންދެން 6% ޖިޒީދައްކަން ޖީއެސްޓީގެނަމުގައި މިރުފިޔާއިންވެރިން އަރާމުގަ މިހާރު މިމަޖުބޫރުކުރުވީ ކުނިވާތަކެއްޗައްވެސް އަގުދައްކަން ރައްޔިތުމީހުން ކައިރިޔައް އައިސް ސަލާންޖަހައިގެން މުޅިސަރުކާރު ހުރިހާބާރެއް ދިނީމަ މިފެންނަނީ ރައްޔިތުން އަޅުވެތި ކުރާމަންޒަރ ފުލޭޓްވިޔަފާރިކުރާހެން މާލޭގެ މީހުންނައް އެކަނި ބިންތައްހިސޯރުކޮއް ނުދީ ބާއްވައިގެން ފުލެޓް އަޅަފައި ބޮޑު އަގުގައި ކުއްޔައް މަޖްބޫރްކުރުވައިގެންކަހަލަގޮތަކައް ކުނިވެސް މިހެދީ ހަމަ އެހެން ބަޔަކައް ރުފިޔާދެންވެގެން ގޭސްގަޑެއް އަނބުރައިގެން ނިކަމެއްޗަކައް އަމިއްލަޔަކުނިޚޮޅެއް ހިފައިގެންގޮސް އުކާވެސް ނުލެވޭ އިނގިރޭސިވިލާތައްވުރެ