މާލޭ ސިޓީ ކައުންސިލަށް، ވެމްކޯގެ ކުނި އުފުއްލާ ލޮރީތަކުން ކޮށްދީފައިވާ ދަތުރުތަކަށް ލިބެންޖެހޭ ފައިސާގެ އަދަދު 30.5 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ވެމްކޯއިން މިއަދު ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން އެހެން ވިދާޅުވެފައި މިވަނީ ގޭބިސީތަކުން ކުނި ނެގުމާއި ގުޅޭ ގޮތުން ވެމްކޯ އާއި ސިޓީ ކައުންސިލާ ދެމުދު ބަހުގެ ހަމަލާތައް ރައްދު ކުރެވެމުން ދަނިކޮށެވެ.

ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އެމްޑީ އާދަމް މުހައްމަދު (އެޑަމް) ވިދާޅުވީ މާލޭގެ ގޭބިސީތަކުން ކުނި ނެގުމާއި ގުޅޭ ގޮތުން ވެމްކޯއާ ސިޓީ ކައުންސިލާ ދެމެދު އެއްވެސްއިރަކު އެގްރީމެންޓެއްގައި ސޮއިކުރެވިފައި ނުވާނެ ކަމަށެވެ.

ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ (ޖެރީ)

ނަމަވެސް ކުރީ ސަރުކާރުގައި މާލެ އާއި ވިލި މާލޭގެ އާއްމު ތަންތަނާއި ޕާކްތައް ކުނިކަހާ ސާފުކުުރުމާއި އެ ކުނިތައް ނައްތާލުމާއި ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީއާ ވެމްކޯ ހިމެނޭ ގޮތަށް "ޕްރިންސިޕަލް އެގްރީމެންޓެއް ގައި 2018 ވަނަ އަހަރުގެ އޭޕްރީލް 19 ގައި ސޮއިކުރެވިފައިވާ ކަމަށް އެޑަމް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން އެގްރީމެންޓުގައި ސޮއިކުރެއްވީ ކުރީގެ މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

ސަރުކާރު ބަދަލުވެ 2019 ވަނަ އަހަރު އެގްރީމެންޓްއާ ކޮށްފައިވާނެ ކަމަށް އެޑަމް ވިދާޅުވިއެވެ. އެކަމަކު އެ ފަހަރު އެގްރީމެންޓު ހަދާފައިވަނީ ސިޓީ ކައުންސިލާ ވެމްކޯއާ ދެމެދުގައެވެ.

"މި ދެންނެވި އެއްވެސް އެގްރީމެންޓްގައި ހައުސް ހޯލްޑް ވޭސްޓް ކަލެކްޓް ކުރަން އެއްބަސްވެފައެއް ނުވާނެ" ދެކެވޭ ވާހަކަތައް އެޑަމް ސާފުކޮށްދެއްވިއެވެ.

މާލޭގެ މަގުތައް ސާފުތައް ބަލަހައްޓަން ކޮންމެ މަހަކު ވެމްކޯއަށް ތިން މިލިއަން ރުފިޔާ ދައްކާ ކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވާ އެޑަމް ވިދާޅުވީ، އެއީ އެގްރީމެންޓްގައި ހިމެނޭ ބައެއް ނޫން ކަމަށެވެ.

ނަމަވެސް ވެމްކޯގެ ހިދުމަތަށް ސިޓީ ކައުންސިލުން އެދިއްޖެ ހާލަތެއްގައި އާއްމު ރައްޔިތުންނަށް ދޭ އަގަށްވުރެ ކުޑަ ރޭޓެއްގައި ހިދުމަތް ފޯރުކޮށް ދިނުމަށް އެގްރީމެންޓުގައި އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

"1.5 ޓަންލޮރީ 450 ރުފިޔާ އަދި ދެ ޓަނުގެ ލޮރީ އަށް 600 ރުފިޔާ ނަގަމުން އައި" އޭނާ ވިދާޅުވިއެވެ.

އެޑަމް ވިދާޅުވީ އެކި ތަންތަނުގައި ހުންނަ ކުނި ނެގުމަށް ދަތިތަކެއްވާތީވެ އުސޫލެއް ކަނޑައަޅައި، ކުނި ހުންނަ ތަންތަނުގެ މައުލޫމާތު ހިއްސާކުރަން ވައިބާ ގްރޫޕެއް ހަދާފައިވާނެ ކަމަށެވެ.

ކުނި ނެގުމުގައި ވެމްކޯގެ މުވައްޒަފަކު ހަރަކާތްތެރިވަނީ
ފޮޓޯ: ޕީއެސްއެމް

"ކައުންސިލުން ބޭނުނުވާ ދިމާލުގައި ވަކިވަކިން ފޮޓޯ އަޕްލޯޑްކުރީމަ ވެމްކޯގެ އީއާރް ޓީމުން އެއަށް އެޓެންޑާވާނެ. ހިދުމަތަށް ބިލްކުރަނީ ބޭނުންކުރާ ލޮރީގެ ސައިޒަށް ބަލައިގެން. އެއްޗެއްހި ހުރި ތަނަކުން ނަގައި އެ ހުރިހާ ހިދުމަތެއްވެސް ދެނީ ޑިސްކައުންޓް ރޭޓުގައި"

"ޖަދަލު ނުކުރާނަން، އެދުނު އެއްވެސް ކަމެއް ކައުންސިލުން ކޮށްނުދޭ"

އެޑަމް ވިދާޅުވީ ވެމްކޯއާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ދައްކަމުންދާ ވާހަކަތައް ރައްދު ދޭން ބޭނުންނުވާ ކަމަށެވެ. އެކަމަކު ރައްދު ދޭން މަޖުބޫރު ވަނީ އާއްމުންނަށް އޮޅުން އަރާގޮތަށް ސިޓީ ކައުންސިލުން ވާހަކަތައް ފަތުރަމުންދާތީ ކަމަށެވެ. ހާއްސަކޮށް އެ އެގްރީމެންޓާ ގުޅޭ ގޮތުން ކައުންސިލުން ދައްކާ ވާހަކަ އެޑަމް ފާހަގަކުރިއެވެ.

މާލޭގެ މޭޔަރު ޑރ މުއިއްޒު، ކައުންސިލާ ޖަދަލުކުރަން ބޭނުންނުވާ ކަމަށް އެޑަމް ވިދާޅުވި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ސިޓީ ކައުންސިލާ ޖަދަލުކުރާކަށް ނެތިން. ކައުންސިލުން ދައްކާ ވާހަކައަށް ރައްދު ދޭން އެހާ މުނާސަބަތުކަމުގައި ނުދެކެން" އެޑަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގޭބިސީތަކުން ކުނި ނަަގަން ވެމްކޯގެ ލޮރީތައް ޕޭމަންޓުގައި މަޑުކުރަން ޖެހޭތީވެ އެކަމަށް ހައްލެއް ހޯދައިދީ ވެހިކަލްތަކަށް ޕޫލިން ޕޮއިންޓެއް ހަމަޖައްސައިދޭން އެތައް ފަހަރު އެދުމުންވެސް އެކަންވެސް ކޮށްދީފައި ނުވާ ކަމަށެވެ.

"ހަވީރު ހަޔަކުން ރޭގަނޑު އެގާރައަށް ހުސްކޮށް ނުދެވުނު" އެކަމަކުވެސް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ދެމުން ދިޔަ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އާދަމުގެދަރި

    ކުނި އުކާކަށް އެއްގޮތަކަށްވެސް ލާރި ދެއްކުމުގެ ބޭނުމެއްނެތް. ކުންޏަކީ ފައިސާ ކަމަށް ބުނެ ސަޅިބައިސާ ބުރުވާފައި ކުންފުނީގެ ވެރިންނަށް ލައްކައިން މުސާރަ ހަމަޖައްސާފައި އެފައިސާ ދިވެހިރައްޔިތުންގެ އަތުން ހޯދަން އުޅުމަކީ ވަރަށް ނާތަހުޒީބުކަމެއް. މަގުމަތިން ކުނިކޮތަޅު ހާވައިގެން ފައިސާ ހޯދާ ކުދިން ތިބިއިރު ތިޔަ ކުންފުނިން މިއޮތްހާދުވަހު ކުނިން ކުރި ކަމަކީ ކޮބާ! އެންމެ ކުޑަމިނުން އުކާލާފައި ހުންނަ އަލުން ބޭނުންކުރެވޭ ތަކެތި މާކެޓަށް ނެރެފައި ވިއްކަން އުޅުނުނަމަވެސް އެތައް މިލިޔަނެއް ލިބޭނެ. ނީލަން ނަގާ މީހުންވެސް އެތައް މިލިޔަނެއް ހޯދަނީ ބާތަކެތި ވިއްކައިގެން. ދިވެއްސަކަށްވިޔަސް ބޭރުމީހަކަށް ވިޔަސް މިގައުމުގައި މިއަދު ކައިބޮއި ހަދަނީ ޓެކްސް ދައްކައިގެން. ޓެކްސް ނުދައްކާ ކުނިވާ ޒާތުގެ އެއްވެސް އެއްޗެއް ނުހުންނާނެ. ޓެކްސް ދައްކާފައި ތަކެތި ދައުލަތުގެ ފައިސާގައި އުކެންޖެހޭނެ.

    20
    2
  2. ކާފަބޭ2020

    ސުވާލަކީ 30 މިލިއަންނުދައްކާއޮތީ ސިޓީކައުންސިލުގެމިދައުރުގަތޯ ނޫނީ "ކުރީކައުންސިލުން" ވާރުތަވީބަޔާއެކުގަތޯ؟ ސިޓީކައުންސިލުންމިދައުރުގަނުދައްކާއޮތީ ކިހާވަރެއްކަން ވީދާއެޅުއްވިނަމަ ރައިއްޔަތުންނަށްސާފުވާނެ!

    29
  3. ވިސްނާތި

    ވެމްކޯ އަށް ދޭން ޖެހޭ ފައިސާ އެއް ވާނަމަ މާލެ ސިޓީ ކައުންސިލުން މަރުފަލި ޖަހައިގެން ނަމަވެސް އެފައިސާ ދޭންވީއޭ ދެން މަމެންގެ ހިތުގައި އުފެދޭ ސުވާލަކީ މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުމަތީގައި އުފެދޭ ކުނި ނުނަގާ ދެން ވެމްކޯ އިން ނުނަގާ ދެން ނަގާނެތޭ ތިމާވެށި މިނިސްޓަރު އައިސް އެމިނިސްޓްރީގެ މީހުން ގޮވައިގެން އައިސް ނުނަގާނެ ދޯ މިނިސްޓްރީ އެއީ މެޑަލް ޖަހަން އޮންނަ ތަނެކޭ ބުރަ ކޮށް މައިދާނުގައި މަސައްކަތް ކުރަން ޖެހޭނީ ވެމްކޯ އާއި މާލެ ސިޓީ ކައުންސިލޭ ތިޔާ ދެބައިމީހުންނަކީ ނުގުޅި ތިޔާ ކަން ނުވާނެ ބަޔެކޭ ތިމާވެށި މިނިސްޓަރު ބަހައްޓާ އޭނާ މެޑަލް ޖަހަން އޭނާ ބަލާނެ މެޑަލް ޖެހޭތޯ ދޯ...

    9
    3
  4. އެނގެން ބޭނުން.

    މީގެ ކުރީގެ ކައުންސިލް އިންތޯ؟ ނޫނީ މިހާރުގެ ކައުންސިލްއިންތޯ؟
    ކުރީގެކައުންސިލް ވެއްޖެއްޔާ، ކެރޭންތޯ އޭރުގެކައުންސިލްއަށް ދައުވާކުރަން؟

    20
    2
  5. ޙހހހ

    ބަލަ ކަލޭމެން ދެބައިމީހުން ކަލަ ގޮވާތަން ބަލަން ރައްޔިތުންނަކަށް ނުތިބެވޭނެ ، ރައްޔިތުމީހާ ކުނި ބިލް ނުދެއްކިޔަސް ، ކަރަންޓްބިލް ފެންބުލް ނުދެއްކިޔަސް ދެނީ މަދު ވަގުތުކޮޅެއް ، ވަގުތުން ހިދުމަތް ކަނޑާލާ ، އެކަމަކު މުއައްސަސާތަކުން ލާރި ނުދިނަސް އޯކޭ ވާވަރު ތިހާމަވަނީ

    22
  6. ކާލީތަ

    ކުރީގެ މޭޔަރު ކާލީތަ އެބައި؟

  7. ރައްޔިތުމީހުން

    2018 ގާ ސޮއެ ކުރީ ހައުސިންގް މިނިސްޓްރީއާ.. 2019 ގާ އަނެއްކާ އާ ކުރީ މާލެ ސިޓީ ކައުންސިލްއާ.. ލާރިނުދައްކާއޮތީ އެހެން ވެ ސިފާ ދެއްތޯ؟

  8. ހުސޭނުބޭ

    ކާކު ބިރުގަންނަވަން ކަރުން ނާރުފުއްޕާފަ ތި ވާހަކަ ތިބުނީ! ކުރިން ތިތަނުގައި ހުރީ ޝީފާ ދައްތާ ދަ ކަދުރުވަގު! އެ ދައްތާ ކައިރީގައި ތިވާހަކަ ދައްކަބަލަ!

  9. ބޮޑޭ

    އިއްޔެވެސް މިއަދުވެސް ކުނިބަލައި ނާދޭ ބަރާބަރަށް ބިލު ދައްކަން ރަޖިސްޓަރީ ވެސް ކޮށްފަ އޮންނާނީ މިހާރު ގެ ގޮނޑަކަށް ވަނީ.

  10. އަބްދޫ

    ސަރުކާރު ބަދަލުވިޔަކަސް އެގްރިމެންޓް ގެ މުއްދަތު ހަމަނުވަނީސް އާކުރާކަށް ނުޖެހޭނެ. އެގްރީމަންޓް އޮތީހެދިފަދޯ.ކައުންސިލްުން ފައިސާ ނުލިބި 30 މިލިއަނަސް އަރައިރު ވެމްކޮ ނިދާފަ އޮވެއްޖެ ނަމަ އެފައިސަނުލިބުމުގެ ޒިންމާ ވެމްކޯގެ އެމްޑީ ނަންގަވަންޖެހޭނެ. ގާނޫނު ބުނާގޮތުން ވެމްކޯއިންވަނި އިހުމާލުވެފާ.

  11. ކުދީނޭ

    ކުދީނޭ މީއެބުނާ މޮޅު ހުޅަނގުތަހުޒީބް ޑިމޮކްރަސީއައީމަވާގޮއް މަންމަ އުގުންފެށިގެން ކައްވަޅައްދަންދެން 6% ޖިޒީދައްކަން ޖީއެސްޓީގެނަމުގައި މިރުފިޔާއިންވެރިން އަރާމުގަ މިހާރު މިމަޖުބޫރުކުރުވީ ކުނިވާތަކެއްޗައްވެސް އަގުދައްކަން ރައްޔިތުމީހުން ކައިރިޔައް އައިސް ސަލާންޖަހައިގެން މުޅިސަރުކާރު ހުރިހާބާރެއް ދިނީމަ މިފެންނަނީ ރައްޔިތުން އަޅުވެތި ކުރާމަންޒަރ ފުލޭޓްވިޔަފާރިކުރާހެން މާލޭގެ މީހުންނައް އެކަނި ބިންތައްހިސޯރުކޮއް ނުދީ ބާއްވައިގެން ފުލެޓް އަޅަފައި ބޮޑު އަގުގައި ކުއްޔައް މަޖްބޫރްކުރުވައިގެންކަހަލަގޮތަކައް ކުނިވެސް މިހެދީ ހަމަ އެހެން ބަޔަކައް ރުފިޔާދެންވެގެން ގޭސްގަޑެއް އަނބުރައިގެން ނިކަމެއްޗަކައް އަމިއްލަޔަކުނިޚޮޅެއް ހިފައިގެންގޮސް އުކާވެސް ނުލެވޭ އިނގިރޭސިވިލާތައްވުރެ

  12. ނާގާބިލް ވެރިޔާ

    މި ގޭ ކުނި ނުގެންދިޔައީ ކޮންސަބަބަކާ ހުރެތޯ؟
    ކޮންމެ މަހެއްގެ ބިލަށް ފައިސާ ބަރާބަރަށް ދައްކާއިރުވެސް.

  13. އަބުﷲ

    ނަން ކިޔާފަ އެކިވަރުގެ މުސާރަ ދިނުން

  14. ޙާލަތު

    ތި ވެމްކޯ ތިޔައީ ޚިދުމަތް ކައުންސިލްތަކަށް ނުދީ ބިލު ފޮނުވާ ބައެއް... އަހާބަލަ ރ ވަންދުއަށް އެ ސަރަޙައްދުން މަހަކު އެއްފަހަރު ގެންދަންޖެހޭ ކުނި 6 މަސް ވާއިރުވެސް ގެންދެވޭތޯ... ދެން ތިބެފަ ކައުންސިލްތަކަށްވެސް ލައްކައިން އަދަދު ޖަހާފަ ބިލު ފޮނުވާލަނީ... މަވެސް ނެތިން ޖަދަލު ކުރާކަށް

  15. ފާއިޒު

    މާލެ ސިޓީގެ ކައުންސިލް ބަދަލުވުމުން ވެމްކޯ ސިޔާސީކަން ދައްކާލައިފި. ވެމްކޯ އުފެއްދި ބޭނުން ވެމްކޯއަށް އޮޅިއްޖެ. ގޭގެއިން މަގުމައްޗަށް ކުނި ނެރެން އެންގީ ކުރީ ކައުންސިލުންކަން ވެމްކޯ މެނޭޖަރަށް ހަނދުމައެއް ނުވި.