އައްޑޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުސް މީހާ، ފުލުހުންގެ ހިމާޔަތާއި އެކީ އެސިޓީގައި ހުންނަ ފުލުހުންގެ އިދާރާއަށް ގެންގޮސްފިއެވެ.

އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ "ވަގުތު"ގެ ނޫސްވެރިއަކު ބުނީ، ފުލުހުން ތުހުމަތު ކުރެވޭ މީހާއަށް ހިމާޔަތް ދީގެން ގެންގޮސްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކަމަށެވެ. އެވަގުތަކީ އާއްމުންނާއި ފުލުހުންނާއި ކުރިމަތިލުމަކަށް ދިޔަ ވަގުތު ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"ޕެޕަރ ސްޕްރޭ ޖަހައި ތަޅަން ފެށީ އެ ފުލުހުން މީހާ ގެއިން ނެރެގެން ފުލުހުންގެ ވޭނަށް އަރުވައިގެން ގެންދިޔަ ވަގުތު. ޕެޕަރ ޖަހަން ފެށީމަ މީހުންނަށް އެ ފުލުސް މީހާއަށް ހަމަލާ ނުދެވޭނެތާ. އެހެންވެ އެގޮތަށް އަމަލު ކުރީ"

އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އާއްމުންގެ މީހަކު "ވަގުތު" އަށް ބުނީ، އެމައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ގެންގޮސްފައިވަނީ މޫނު ނިވާ ނުކޮށް ކަމަށެވެ. އަދި އާއްމުން ޝަރުތު ކުރި ގޮތަށް ބިޑި އެޅުވި ކަމެއް ވެސް ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ހައްޔަރުކުރޭ" ނަމުގައި ކުރިއަށް ގެންދާ މި މުޒާހަރާ ފަށާފައިވަނީ މިއަދު ހަވީރު 16:30 އެހާކަންހާއިރުއެވެ. މި މުޒާހަރާ އައްޑޫ ސިޓީ ސްކެއާ ސަރަހައްދުން ފަށާފައިވާއިރު، ހަމަ ނުޖެހުން ހިނގާފައިވަނީ ފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށް އާއްމުން އެއްވެ އޭނާ ހައްޔަރު ކުރުމަށް ގޮވައި އަޑު ގަދަ ކުރި ހިސާބުންނެވެ.

"ވަގުތު" އަށް މައުލޫމާތު ހިއްސާ ކުރި މީހަކު ބުނީ، އެކަމުގައި ތުހުމަތު ކުރެވިފައިވަނީ ހިތަދޫ ފުލުހުންގެ އިދާރާގެ ފޮރެންސިކް ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަނުĺ

    އިސްލާމީ ޝަރީއަތަކީ އެމީހަކާ އެމީހަކު އަމިއްލައަށް ހިންގޭ ޝަރީއަތެއްނޫން. ފުލުހުން ނަކަށް އާންމުންގެތެރެއަށް ކުށްވެރިޔާ ދޫކޮށެއްނުލެވޭނެ. ޢެކަމަކު ތަންކޮޅެއް ވިސްނުންތެރިކަމާއެކު ފުލުހުން މަސައްކަތް ކުރުން ރަގަޅު. މިފަދަ ކޭސްތަކުގަ ރައްޔިތުން ހޫނުވާނެކަން އެގި ރައްޔަތުންނަށް އަނިޔާނުވާނެގޮތަކަށް އަމަލުތައް ބަހައްޓަން ޖެހޭ. އޯގާތެރިކަމާއެކު މުއާމަލާތް ކުރުމުން ރައްޔިތުން އަޑުއަހާނެ. ގަދަފަދަކަން ދައްކާ ޕެޕާ ސްޕްރޭ ޖަހާކަށް ނުޖުހޭ.

    23
    4
  2. ސޮއި

    ދުނިޔޭގައި ކަޅުމީހަކު ނުވަތަ މުސްލިމަކު ކަމެއްކޮށްފިއްޔާ އެވާނީ ޓެރަރިސްޓަކަށް ނުވަތަަ އެކްސްޓްރީމިސްޓަކަށް.
    މިގައުމުގައި ކުއްވެރިވާނީ އަބަދުވެސް އިދިކޮޅު މީހުން.
    ޕޕމ ވެރިކަމުގައި ހައްޔަރު ކުރި މޑޕ ހޯރައިއްބެ ސަލާމަތްކުރީ މޑޕ ސަރުކާރުއައިސް.
    ތިގެއްލުން ލިބުނީ ޕޕމ ނުވަތަ މޑޕ އާއިލާއެއްގެ ކުއްޖަކަށްްތަ ؟

    14
    1
  3. ބަރަބޯ

    ސޯލިހުvagutunް ވަގުތަށް އިސްތިއުފާދިނުމަށް ގޮވާލަން.