ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފިއެވެ.

އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުސް މީހާގެ ފަރާތުން ޖިންސީ ގޯނާ ލިބުނީ 16 އަހަރުގެ އަންހެން ކުއްޖަކަށެވެ.

އެކުއްޖާ އަށް ފުލުސް މީހާ ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުކޮށް އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް އޭނާ ހައްޔަރުކުރުން ލަސްވަމުން ދާތީ މިއަދު ހަވީރުން ފެށިގެން އައްޑޫގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށް އެއްވުމުން ފުލުހުން ވަނީ ޕެޕާސްޕްރޭ ޖަހައި ބައެއް މީހުންގެ ގައިގަ މުގުރުން ވެސް ޖަހާފައެވެ.

ކުއްޖާއާއި ބެހުނު ފުލުސް މީހާ ހައްޔަރު ކޮށްފައި ވަނީ އޭނާގެ ގެ ކައިރީ އާއްމުން މުޒާހަރާ ކުރަން ފެށުމުން ފުލުހުން އޭނާ އަށް ހިމާޔަތް ދީގެން ފުލުހުންގެ ވެހިކަލެއްގައި ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށް ފަހުއެވެ.

ފުލުހުން ވެސް މިރޭ ވަނީ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ފުލުހަކު ހައްޔަރު ކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ. ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 34 އަހަރުގެ ފުލުހެއް ކަމަށެވެ. ކުއްޖަކަށް ފުލުހަކު ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލަ އެފްސީޕީ އާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން ތަހްގީގު ކުރަމުން ގެންދާކަމަށެވެ.

ޖިންސީ ގޯނާ އާއި ދެކޮޅަށް އައްޑޫގައި މިއަދު ކުރި މުޒާހަރާ ރޫޅާލަން ފުލުހުން ބޭރުގެ ބޭނުންކުރި ގޮތުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ާައަހުމަދު

    ފުލުހުންގެ ވެރިން ބުނެޔޯ ފުލުހުން ކުށެއްނުކުރާނެޔޯ އެއީ ތެދެއްބާ؟

    21
    1
    • ޙެކު

      ފުލުހުންނާއި ސިފައިންގެ މޮޓޯއެއް ތިޔައީ. ކިތައް އާއިލާ އެބައިމީހުންގެ ސިކާރައަކައް ވެ ނިމިގޮސްފަވަނީ. ޢައްޑޫ ރައްޔިތުންނައް ސެލިއުޓް ނަގަން.

      7
      1
  2. އަމީ

    ހީވާގޮތުން ޒާތީ ހަސަދައެއް ބާލަން އުޅޭހެން ބޮޑަށް ވަށްތަރީ

    12
    16
  3. ހީނާ

    ކުއްޖާގެ މައިންބަފައިންގެ އިހުމާލު ތިކަމުގަ ވަރަށް ބޮޑު. ކުއްޖާޔަށް 14އަހަރުން ފެށިގެން16އަހަރު ވަންދެދެން ތިކަމެއް ހިނގިއިރު ހަމަ ނޭނގެނީތޯ؟؟؟؟ ކުއްޖާ އުޅޭ ގެއަކީ ދެމީހުން ތިންމީހުން އުޅޭ ގެއެއް ނޫން މަދުވެގެން 20ވަރަކަށް މީހުން އުޅޭ ގެއެއް ގިނަވީޔާ ގިނަވާނީ. އާއިލާގެ އިހުމާލު ވވވވވ ބޮޑު.

    18
    1
  4. ދަންބެރު

    އޮޅުވާލުމެއް ސޯލިހު ވަގުތުން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ ގެޔަށްދޭ .

    17
    4
  5. އަލީ

    ޖެންޑަރ މިނިސްޓްރީ ކޮބާ؟ ތިކުއްޖާއަށް ވެސް ހައްގު ހޯދައިނުދޭނެ ޖެންޑަރ މިނިސްޓްރީން. އެއީ ބަތްކައްކާ ކުޅޭ ތަނެއް.

    24
    2
  6. Anonymous

    ފުލުހަކު ކުށެއް ކުރުމުން ހައްޔަރު ކުރަންޖެހެނީ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްގެންތަ

    9
    3
  7. ކިންޒާ

    ފުލުހަކު ކަމެއްކު ރީމަފިޔަ ވަޅުނެއެޅި ދެންކޮބައެއް ތިކަންރަގަޅު ކުރާނީ މަތީމަގާ މުގަތިބޭ މީހުން އެކަމަކު ތިޔަމީހުން ތިކަންކޮފަ ފޮރުވަން ކިހާމަސަކަތް ތެއްކުރާނެ އެބާމީހުންނަކީ ދަންވަރު މީހުންގެ އަބީންކާރިއަށް ވަގަވަންނަ ބައެއް؟

  8. ޏާރު

    ރަރަށުގަ ތިބޭތިޔަ މީހުންނަކީ ދަންވަރު މީހުންގެ އަބީންކާރިއަ ވަންނަން މަށުހޫރުބައެއް؟ މީހާލަތު

  9. ޓީތު

    ވާގޮތެއް ބަލަން ތިއިންމީހެއްގެ ކުއްޖެއް ކާރިއަށް ވަދެބަލަ ކުރެވޭއިހުސާސު އެގިދާނެ !!ދެންވާނީ އުފާތޯ ބަލާބަލަ؟އެއީވެސް ކޮންމެސް މީހެއްގެ ދަރިއެއް ދައްތައެއް ކޮއްކޮއެއް

  10. ކުށްވެރިން

    އެހެންތާވާނީ ފުލހުންގެ ކުޑަކުދިންގެ މައްސަލަ ބެލުމާއި ހަވާލުވެ ހުރި މީހުން ވެސް ދުވަނީ އެތަނުގެ އަންހެން ސްޓާފުން ގޮވައިގެން އަތޮޅު ތެރޭ މަޖާ ކުރުމުގަ، މައްސަލަ ތަހްގީގުކޮށް ހައްގު ހޯދަދޭން އެއްވެސް ބަޔަކު ނުއުޅޭ.