21:34

ރާއްޖެ އާއި ލަންކާ އިނގިރޭސިވިލާތުގެ ރަތް ލިސްޓުން ނަގައިފި.

16:22

ކޮވިޑް-19ގެ ވޭދަނަތަކާއި ގުޅިގެން މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ބަންދުކުރި ފުވައްމުލައް ސިޓީ ހުޅުވާލަލައިފި.

15:02

ކޮވިޑް-19އިން ދިފާއުވުމަށް ޖަހަމުންގެންދާ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ތައިލެންޑްގެ ބެންކޮކް ހުޅުވާލަން ނިންމައިފި

14:46

ހދ. ނޮޅިވަރަމުން މާލެ ފޮނުވި ކޮވިޑް ބަލި މީހަކު މިއަދު ނިޔާވެއްޖެ.

14:23

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސްރީލަންކާ ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮތް މުއްދަތު އަނެއްކާ ވެސް އިތުރު ކޮށްފި

މެއި މަހު ރާއްޖޭގެ އަދަދު އެންމެ ބޮޑަށް ގޯސްވެގެން ދިޔައިރު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވަމުން ދިޔައީ މާލެ އިންނެވެ. ނަމަވެސް ޖޫން މަހުގެ ފުރަތަމަ ހަފްތާއަށް ފަހު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވާ މީހުންގެ އަދަދު އައީ އިތުރުވަމުންނެވެ. ޖުލައި މަހާއި އޮގަސްޓް މަހު މާލޭގެ އަދަދުތައް ދަށަށް ދިޔައިރު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދުތައް ދިޔައީ މަތިވަމުންނެވެ. ނަމަވެސް މިއަދަކީ ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ވެސް އަތޮޅުތެރެއިން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވީ 38 މީހުންނެވެ. މިއަދު މާލެ އިން ފައްސިވީ 36 މީހުންނެވެ. ރިސޯޓްތަކުން މިއަދު 16 މީހުން ފައްސިވިއެވެ. މިއަދަކީ ޖުލައި މަހުގެ 18 ވަނަ ދުވަހަށް ފަހު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2136 އަށް އަރާފައެވެ. އޭގެތެރެއިން 1215 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ސެޕްޓެމްބަރ މަހު ފައްސިވެފައި ވަނީ 703 މީހުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 218 މީހުން ފައްސިވެފައެވެ.

މިހާރު ރާއްޖޭގައި 1774 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 18 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 144 މީހަކު މިއަދު ވަނީ ކޮވިޑުން ރަނގަޅުވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 83248 އަށް އަރައެވެ. އޭގެތެރެއިން 81234 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން 228 މީހަކު ރާއްޖެ އިން ވަނީ ނިޔާވެފައެވެ.

ކޮވިޑުން ދިފާއުވުމަށް މިހާތަނަށް 390285 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ވެކްސިންގެ ދެޑޯޒް 328630 މީހުން ވަނީ ފުރިހަމަ ކޮށްފައެވެ.

ކޮވިޑާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާއްޓެ

    ވ ކަންނެތް ހެޑްލައިން އެއް 😞😂