އައްޑޫސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އެ ޒުވާނާގެ ގަޔަށް ވަޅި ޖަހާފައިވަނީ އޭނާ ދިރިއުޅޭ ފްލެޓަށް ވަންނަން ދިޔަ މަގުމަތީގައި ކަމަށެވެ.

"ފްލެޓަށް ވަންނަން ދިޔަ ވަގުތު ކަމަށް ބޮޑަށް ބެލެވެނީ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވަނީ. ކަރަށާއި ބޮލަށް ވަޅި ޖެހި."

ފްލެޓް ސަރަހައްދުގައި މި މާރާމާރީ ހިނގާފައިވާއިރު، އޭނާ ދިރިއުޅެމުން އަންނަ ފްލެޓްގެ ދޮރުމަތި ހިމެނޭހެން ފްލެޓް ތެރޭގައި ވެސް ގިނަ އަދަދެއްގެ ލޭހުރިކަން ފާހަގަ ކޮށްލެވެއެވެ.

މި މާރާމާރީގެ މައުލޫމާތު އެނގޭ އިތުރު މީހަކު "ވަގުތު" އަށް ބުނީ، އެ އެޒުވާނާއަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ ގްރޫޕަކުން ނޫން ކަމަށާއި އެންމެ މީހަކު ވެގެން ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެ ދެ ޒުވާނުންނަށް ލިބިފައިވާ ޒަހަމްތަކުގެ މައުލޫމާތު ހޯދުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގުޅުއްވުމުން ފޯނު ނުނަންގަވާތީ އެކަމުގެ މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.

މި ހަމަލާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، އައްޑޫ ފްލެޓް ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:08 އެހާކަންހާއިރު ކަމަށާއި އެހަމަލާއާއި ގުޅިގެން ޒަހަމް ވެފައިވަނީ 29 އަހަރު ފިރިހެނެއް ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވީ ނަމަވެސް، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޅޮޅް

  އަދި ކިރިޔާ ތަރައްޤީ ވާންފެށީ ތިޔަ “އައްޑާ ސިޓީ”

  38
  4
 2. އާދަމްބެ

  ހުރިހާ ތަފްސީލެއް ނުދެއްވިއަސް ކޮންރަށެއްކަން ވިދާޅުވި ނަމަ..

  23
  1
  • އަހުމަދު

   މައުލޫމާތު ދިންމީހާނުބުނޭ ރަުށުގެ ނަމެއް

 3. ވާނުވާ

  މީތޯ އެބުނާ ހަޤު މިން ވަރަ ކީ
  މިގައުގަ ސަލާމަތުން ތިބިމީހުން މިޖެހެނީ ފުރާނަ އަތްމައްޗައް ލާގެން އުޅެން ކުއްނުކުރާމީ ހުނަށް އެއްވެސް ރައް ކާ ތެރި ކަމެއް ނެއް ހުރިހާވެސް ރައް ކާތެރިކ ކަމެއް އޯތީ ނުބައި ނުލާފާ މީހުނަށް
  ބައެއްފަހަރު ހިތަށް އަރާ އެމީހުންގެ ބާރޭ މިގައުމުގަ އޮތީ....

 4. ލުބުނާ

  މީހުން މަރާމީހުންނަށް މަރުގެ އަދަބު ކަނޑަ އަޅުވާ. އިބޫ ސޯލިހް

  39
 5. އައްޑޫ

  އައްޑޫ ކޮން އަވަށެއްތަ

  18
 6. މަނިކުބެ

  ތިމާރާމާރީ ހިންގި މީހާޔަށް ރަގަޅަށް ކަމޭ ހިތާ އިންސާނީކަރާމަތަށް ގެއްލުންނުވާ ގޮތަށް އޭނަގެ އަބުރާއި އިއްޒަތަށްވެސް އުނިކަމެއް ނުލިބޭގޮތަށް މީރުކޮށް ކާންދީގެން ގެންގުޅުމަށް ނަސޭހަތްތެރިވަން...

 7. ދިސްވޭ

  އައްޑޫ ގައި ހިންގާ މާރާ މާރީ އަކީ އެއީ މަސްތުވާތަކެތީގެ މައްސަލަ ތަކުގައި އުފެދޭ ދެބަސްވުމޭ ސަރުކާރުން ގަބޫލު ކުރި ނަމަވެސް ނުކުރި ނަމަވެސް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ޑްރަގްސް ގެންގުޅެނީ އެއީ އައްޑޫ ގައޭ އައްޑޫ އަކީ ސަލާމަތީ ގޮތުން ރައްކާތެރި ތަނަކަށް ނުވުން އެއީ އައްޑޫ އަށް ރާއްޖޭގެ އިންވެސްޓަރުން ނުދާން ޖެހޭ މައިގަނޑު ސަބަބު އަދި އައްޑޫގައި ގެސްޓް ހައުސް ވެސް ނުހިނގާ މައިގަނޑު ސަބަބަކީ މިއީއޭ ހައްލަކީ އައްޑޫން މީހުން މަދުކުރުމޭ އައްޑޫ ގެ ޖުމްލަ އާބާދީ 200 އަށް އެބަޖެހޭ ހަދަން 2030 އައުމުގެ ކުރިން އެކަން ކުރެވޭނީ މާލެ ސަރަހައްދުން ކޮންމެ މަހަކު 900 އަކަމީޓަރުގެ 6 ހާސް ގޯތި ހިލޭ ދޫކޮށްގެންނޭ އެކަން ކޮށްގެން މެނުވީ އައްޑޫން ޑްރަގް ނައްތާ ނުލެވޭނެއޭ...

  2
  2
 8. ރަން ރީނދޫ

  ތި ވާނީ ކުރީ ސަރުކާރުގެ ކަމަކަށް. ވެރިކަން ލިބުމުގެ ކުރިން ،ހުރިހާ މަރެއް ވެސް ޔާމީނު ބޮލަށް ކަނޑާލީ. މިހާރު މީހަކު ޖަލަށް މެރިޔަސް މާބޮޑު ކަމެއް ނޫން.

  25
 9. ސަމަން

  ސ.ހިތަދޫ ހިނގާ ދިޔަކަމެއް

 10. ކީކޭ ބުނާނީ

  ޑިމޮކްރަސީ ޅަފަތުގާ އޮންނަ އިރު އުޅޭ ހާލު. ޑިމޮކްރަސީ ބާލިޢުވީމާ މިތަނުން ފައިބައިގެން ދާން ކަންނޭނގެ ޖަހޭނީ

 11. ފަރީމީ

  އާޗާ އައްޑޫ މީހުން ހާދަ ތަހުޒީބޭދޯ!

 12. ގޫ ބައްޑާ

  އައްޑޫ ސިޓީ ތިހިރީ ސިޓީ އަކަށްވެފަ