އައްޑޫ ސިޓީގައި މިއަދު ހިނގާ ދިޔަ މާރާމާރީގައި ވަޅިން ހަމަލާދީ ޒަހަމް ކޮށްލި ޒުވާނާގެ ހާލު ސީރިއަސްކަން "ވަގުތު" އަށް އެނގިއްޖެއެވެ.
މިއަދު މެންދުރު 12 ޖަހާކަންހާއިރު، ހިތަދޫ ފްލެޓް ސަރަހައްދުގައި ހިނގި މި މާރާމާރީގައި އަނިޔާވެފައިވަނީ 29 އަހަރުގެ ޒުވާނަކަށެވެ.
"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އެ ޒުވާނާގެ ގަޔަށް ވަޅި ޖަހާފައިވަނީ އޭނާ ދިރިއުޅޭ ފްލެޓަށް ވަންނަން ދިޔަ މަގުމަތީގައި ކަމަށެވެ. އެގޮތުން އޭނާގެ އިތުރުން އެހެން މީހަކަށް ވެސް އެކި ވަރުގެ ޒަހަމްތައް ވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
"ފްލެޓަށް ވަންނަން ދިޔަ ވަގުތު ކަމަށް ބޮޑަށް ބެލެވެނީ. އެތަނުން އެކަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވަނީ. ކަރަށާއި ބޮލަށް ވަޅި ޖެހި."
އޭނާ ބުނީ، އެ ޒުވާނާއަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށާއި ބޮލަށް ވަޅި ޖެހުމުގެ ސަބަބުން ހާލު ސީރިއަސް ކަމަށެވެ.
ފްލެޓް ސަރަހައްދުގައި މި މާރާމާރީ ހިނގާފައިވާއިރު، އޭނާ ދިރިއުޅެމުން އަންނަ ފްލެޓްގެ ދޮރުމަތި ހިމެނޭހެން ފްލެޓް ތެރޭގައި ވެސް ގިނަ އަދަދެއްގެ ލޭހުރިކަމަށް ފާހަގަ ކޮށްލެވެއެވެ.
މި މާރާމާރީ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، މާރާމާރީގެ މައުލޫމާތު ލިބިފައިވަނީ މެންދުރު 12:08 އެހާކަންހާއިރު ކަމަށާއި އަނިޔާ ލިބުނު ޒުވާނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ނުވާ ކަމަށާއި އެހެން ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހީވަނީ ވެރިޔަކު ނެތް ބަކަރި ކޮށްޓެ އްހެން،
،މައްސަލަ ތަހުގީގު ކުރަނީ. މީހުން ކޮށާ މަރާ ހަދާބަޔަކު ނުފެނޭ. ބިރު ބޮޑު