ހދ. ނޮޅިވަރަމުން މާލެ ފޮނުވި ކޮވިޑް ބަލި މީހަކު މިއަދު ނިޔާވެއްޖެއެވެ.

ނޮޅިވަރަމް ކައުންސިލްގެ މެންބަރު އަދި މީޑީއާ ކޯޑިނޭޓަރު، މުޙައްމަދު މުސްތަފާ "ވަގުތު" އަށް ވިދާޅުވީ، ނިޔާވެފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ހާލު ސީރިއަސްވެގެން ޗާޓަރު ފްލައިޓެއްގައި ހަނިމާދޫ މަގުން މާލެ ފޮނުވި 87 ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު 13:30 އެހާކަންހާއިރު ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ނޮޅިވަރަމުން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލި ހާލަތު ގޯސްވި މީހަކު ކުރިން ވަނީ ށ ފުނަދޫގައި ހުންނަ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ވެސް ގެންގޮސްފައެވެ.

ނޮޅިވަރަމްގެ ކޮވިޑް ހަލާތު ދުވަހު ދުވަހަށް ގޯސްވަމުން އަންނައިރު، މިވަގުތު ވެސް އެރަށުގައި މި ބަލި ޖެހިފައިތިބި 166 މީހަކު އެބަ ތިބި ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 229 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.