އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރެވޭ ވަރުގެ ތާއީދެއް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ނަޝީދު ވަނީ އިއުލާން ކުރައްވައިފައެވެ. މީގެ އިތުރަށް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ނަޝީދު އިސްވެ ހުންނަވައިގެން މަސައްކަތް ވެސް ދަނީ ކުރައްވަމުންނެވެ.

އެހެންވިޔަސް ރައީސް ސޯލިހްގެ އަރިސް ބޭފުޅުން ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ރައީސް އިއުލާން ނުކުރެއްވި ނަމަވެސް ދެވަނަ ދައުރަކަށް އެމަނިކުފާނު ނުކުންނަވާނެ ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވެއެވެ.

އެމްޑީޕީގެ އެތެރޭގައި ސިޔާސީ ވާދަވެރިކަން ބޮޑުވެ އެތެރޭގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެ ޕާޓީގެ އެތެރޭގެ އެންމެ ބޮޑު އިންތިޚާބު މި މަހުގެ 25 ގައި ބާއްވާނެއެވެ. އެއީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހުގެ އިންތިޚާބެވެ.

"އަވަސް" ނޫހުގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބޮންޑެ ވިދާޅުވީ ރައީސް ސޯލިހްއަކީ ރައީސް ނަޝީދުއާ އަޅާ ކިޔޭނެ ބޭފުޅެއް ނޫން ކަމަށެވެ. ތާއީދަކީ ވަރަށް ގިނަ ދުވަހުން މަސައްކަތް ކޮށްގެން ލިބިވަޑައިގަންނަވާ އެއްޗެއް ކަމުން ރައީސްއަށް އެ ވަރަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ، ސަރުކާރުގެ ނުފޫޒުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީއާއި އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ބާރު ވެސް ރައީސް ހޯއްދެވި ނަމަވެސް އެމްޑީޕީގެ އާންމު މެންބަރުންގެ ތާއީދު އޮންނާނީ ނަޝީދަށް ކަމަށެވެ. އެހެންވެ، އެމްޑީޕީގެ ކޮންޓްރޯލް އަބަދުވެސް އޮންނާނީ ނަޝީދަށް ކަމަށް ބޮންޑެ ތަކުރާރުކޮށް އެ ޕްރޮގްރާމްގައި ވިދާޅުވިއެވެ.

"ރައީސް ނަޝީދާއި ރައީސް އިބޫ ސޯލިހާ ދެން އަޅާނުވެސް ކިޔޭނެ ދެއްތޯ. އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންނާ އެހާ ގާތް ބޭފުޅެއް ނޫން." ބޮންޑެ ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 410 މަގާމަކަށް 700 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާއިރު، 165 ކެންޑިޑޭޓުން އިންތިޚާބަކާ ނުލާއި ގައުމީ މަޖިލީހުގެ ގޮނޑި ވަނީ ކަށަވަރުވެފައެވެ. އެމްޑީޕީގެ އެތެރޭގެ މި އިންތިޚާބަކީ ދެ ރައީސުންގެ ވާދަވެރިކަން އެންމެ ބޮޑަށް ފެނިގެންދާނެ އިންތިޚާބަށްވީއިރު މި އިންތިޚާބާ ދިމާކޮށް ރައީށް ގެންދަވަނީ އަތޮޅުތެރެއަށް ގިނަ ދަތުރުފުޅުތަކެއް ވެސް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލީ ދިއްދޫ

    ވޯޓުލީމާ އެނގޭނީ މަގޭ ވޯޓް އިބޫއަށް

    9
    9
  2. ޓިނު ދޮންބޭ

    ބޮންޑޭ ހަދާ ދޮގު އަޑު އަހާނެ އައުލާދެއް ނެތް!

    13
    4
  3. ހުސޭނުބޭ

    ނަޝީދަށް ތާޢީދު ނެތިގެން އޭނަގެންގުޅޭނެ ބޮންޑޭ ކިޔާ ބޮޓެއް! އެޔަށް ޗާބީދިނީމާ ވަރަށް ރީތި އަޑުއަޑުގޮވާނެ!

    19
    3
  4. Anonymous

    މިހާރު ތިޔަ ޕާޓީ އެއޮތީ ފުޅު އަތުގަ

    14
    2
  5. ޙަޖަމް

    ތިބުނާ ވަރުގެ ތާއީދެއް މިގައުމުގައި އެކަކަށްވެސް ނެތް.
    ގަބޫލުކުރަން ދަތިވެދާނެ. ނަމަވެސް ﷲގެ އިރާދަފުޅުން 5 އަހަރުގެ ދައއުރެއް ފުރިހަމަކުރާ ފުރަތަމަ މޑޕ ރައީސަކީ އިބޫ.
    ޕލޒ ހަޖަމް

    14
    4
  6. އަހުމަދު

    ނަޝީދު އަކީ ރާބޯކަމށް އެއްބަސްވެފަ ހުރި ލާދީނީ މީހެއް. ނަޝީދު އައުޓް

    17
    1
  7. ބޮލުރޮދި

    މިހާރުއެއީ ހައްޕުނޑު، ބުއްޅަ

    17
    1
  8. އަޙްމަދު

    ކަލޭ ތާއީދު ކުރަނީ ނަޝީދައްނަމަ މަތާއީދު ކުރަނީ އިބޫއަށް. 1-1

  9. ކުލަ

    mdp akeenasheed.