އެޗްއާރުސީއެމުން ދޫނިދޫ ޖަލާއި މާފުށީ ޖަލަށް ޒިޔާރަތްކޮށް، ބަންދުގައި ތިބި މީހުންނާއި އެ ޖަލުގެ ހާލަތު ވަޒަންކޮށްފިއެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ދޫނިދޫ ޖަލުގެ ކަންކަން ހުރި ގޮތް ބަލާފައިވަނީ އިއްޔެ އެވެ. އަދި ޒިޔާރަތުގައި ފާހަގަ ކުރެވުނު ކަންކަމާއި މައްސަލަތައް ހައްލުކުރުމާ ބެހޭ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއާ މަޝްވަރާ ކޮށްފައިވާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އިއްޔެގެ ޒިޔާރަތުގެ އިތުރުން މިމަހުގެ 14 ވަނަ ދުވަހު ވެސް މާފުށީ ޖަލަށާއި ދޫނިދޫ ޖަލަށް ޒިޔާރަތްކޮށްފައިވާނެ ކަމަށް އެސްއާރުސީއެމުން ބުންޏެވެ. އެޗުއާރުސީއެމުން ބުނެފައި ވަނީ ދޫނިދޫ ޖަލުގައި ތިބި މީހުންގެ ތެރެއިން އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ވެސް ޒިޔާރަތުގައި ސާފު ކުރި ކަމަށެވެ.

އެ ޒިޔާރަތުގައި އެޗްއާރުސީއެމުން ވަނީ އެތަނުގައި ބަންދުކޮށްފައި ތިބި މީހުންނާއި ތަނުގެ ހާލަތު ވަޒަންކޮށްފައެވެ.