ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، އަޕާ ސައުތް ޕޮލިސް ޑިވިޝަން (ގއ، އަދި ގދ) ގައި ހިމެނޭ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވީނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ ޖެންޑަރ މިނިސްޓްރީ އާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ގއ އަދި ގދ ހިމެނޭ އަތޮޅުގެ ރަށެއްގައި 14 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، އައްޑޫސިޓީން ވެސް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ މިހާރު ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ. މި މައްސަލައާއި ގުޅިގެން ރޭގެ ވަގުތެއްގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިބްރާޙީމް

    މިއޮތީވާ ގައުމެއް، ލަދުން ބޯހަލާކު ވާވަރުވޭ!

  2. ދޮން އަހުމަދު

    މިފަދަ އަމަލުތައްކުރާމީހުންގެ ނަން އަވަސް ގޮތަކަށް ހާމަކޮށް އެކަންކުރިމީހާ އިންސާފުގެ ކުރިމަށްޗަށް ހާސިރުކޮށް ދީނުގަ އަމަލުކުރަން އޮންނަގޮތައް އަމަލުކުރުމަށް ދިވެހި ދައުލަތާއި ކަމާއިބެހޭ އެންމެހާއި މުއަށްސަސާ ތަކަށްގޮވާލަމެވެ.

  3. ޙ

    އަންހެނުންގެ ހައްގު ގަ އުޅޭ ބައިގަނޑު ހަނު

  4. ޢަހުމަދު

    މިހެންމިވަނީއެކަށީގެންާއަދަބުނުލިބޭތީވެ ގިނަފަހަރުސާބިތުނުވާނެ

  5. އަލީ

    ވަރަށް ދެރަކަން ކަން!!! ކީއްކުރާނީ... ކުރީ ސަރުކާރުން ހޯރަ އިއްބެ ކިޔާ ތިކަހަލަ ކަމެއް ކުރި މީހަކުވެސް ކުރީ މިނިވަން ވިއްޔާ. ދެން ގައުމު ދާނީ މިކަހަލަ ގޮތަކައްނު..

  6. ރޯޔަލްޑޯ

    ރޯޔަލް ރޭޕްގެ އުސް އަލީގައި ސިލްސިލާ ވާކަންކަން އަދިވެސް ގާނޫނެއްގެ އަލީގައި ކައިވެނި ކުރެވޭމިންގަނޑު ހިފެހެއްތޭތޯބަލާ މިކަންތަކުގެ އަސްލަކީވެސް އެއީކަމައް ވުންގާތީ އެހެންނޫނީ ތިޔަކިޔާ ކުޑަކުއްޖާ ކައިވެނިކޮއްގެން ތިޔަކިޔާ ފުރައްސަރަޔެއް ކުރާނީ އެކަން އެބައނގޭނޫންތޯ ހޯރައިއްބެޔޭ އެކިޔާމީހާ އެކުޑަކުއްޖާޔާ ކައިވެނިކޮއްގެން އެހެރީ ދަރިޔަކުހޯދާފައި ކުޑަކުއްޖާ އެވިހެއީ އަހަރުމެއް އުފެއްދެވިފަރާތުން އައިސްސަ ހުންނަ ކަންކަން އަމިއްލަޔައް ގާނޫނެއްގެ ހިޔަލުގައި ކުރަންވީމަ ވާގޮއް ވަރައްވެދުން

  7. ސަލާމް

    ހޯރައިއްބެ ސަލާމަތް ކުރީ ކުރީގެ ސަރުކާރަކުން ނޫން މިސަރުކާރުން. އިންސާފާ ހަމަކަން ގެނަސްދިނުމަށް ވަޢުދުވެގެން އައިސަރުކާރުން. އެކަމަކު ވަޢުދު ވެގެން އައިގޮތަކަށް އެއްވެސް ކަމެއް ނުހިނގާ ވެރިކަން ފޭރެންވެގެން ދެއްކީ ހުސްވާހަކަ ދޮގުވާހަކަ. އޮއްޓަރެއްހުރި ވާހަކައެއްނުދެއްކުނު ތާކު ކަމެއްވެސް ނުކުރެވުނު. މިހާރު އެދަނީ ފަލާއަރަމުން ހާމަވަމުން.

    • އަލީ

      ހުރިހާ ކަމެއްވެސް ޖަހަނީ ކުރީ ސަރުކާރު ބޮލައްނު މިހާރު!!! އޭރަކުންނު މިސަރުކާރު މީހުންގެ ބޮލުން ކެނޑޭނީ..