ހުޅުމާލޭ ފިޔަވަތީގައި ދިރިއުޅޭ ކުދިން އެތަނުގައި ފުރާޅުމަތީގައި ތިބުމުން، ފުލުހުން މަގު ބަންދުކޮށްފިއެވެ.
ރޭގެ ވަގުތެއްގައިވެސް ފިޔަވަތީގައި ދިރިއުޅޭ ކުދިން ވަނީ ފުރާޅު މައްޗަށް އަރައިފައެވެ. އަދި އެތަނުގައި ދިރިއުޅޭ ކުދިން ދޭތެރެއިން ދޭތެރެއިން އެތަނުން ފިލާ މައްސަލަވެސް ފެންމަތިވެއެވެ.
މަންޒަރު ދުށް "ވަގުތު"ގެ ނޫސްވެރިޔާ ބުނީ، މިހާރުވެސް އެ ކުދިން ތިބީ ފުރާޅުމަތީގައި ކަމަށެވެ.
އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށްވެސް ނޫސްވެރިޔާ ބުންޏެވެ.
"ރޭގެ ވަގުތެއްގައި ބައެއް ކުދިން ފުރާޅު މަތީގައި އުޅުނު. އެ މީހުން ފުރާޅު މަތީގައި ތިބެގެން އަޑުގަދަކޮށް، ފުރާޅު މަތީގައި އާއި ދޮރުތަކުގައި ތަާޅާ ހެދި". މަންޒަރު ދުށް މީހަކު މިއަދު ބުންޏެވެ.
ފުުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދަނީ ފިޔަވަތީގައި ދިރިއުޅޭ ކުދިން އެތަނުން ފިލާފާނެކަމަށް ބަލަށް ސެކިއުރިޓީ ބެލެހެއްޓުމުގެ ގޮތުންނެވެ.
އިބްރާހިމޫ ރަގަޅަށް ދާ އެއްކަމެއްވެސް މިގައުމުގައި ނެތީ ތަ މިހާރު
އެކުދިންވެސް އެހެން ތިބެންވީމަ ފޫހިވާނެދޯ އެކުދިން އެހެން ބަންދުކޮއްގެން ނުގެންގުޅެވޭނެ
ފޫހިފިލުވައިދިނުމަށް ސިފައިންގެ ހައެއްކަ މީހުން އަތަށް ހެޔޮވަރު މުގުރުދީފައި ވައްދާފައި ތިބޭނަމަ ތިހެން ނުވާނެ.
ކުދިން ޖަލަށް ލައިގެން ނުގެން ގުޅެވޭނެ ކޮންމެ ހަފުތާ ބަންދު ދުވަހަކު ކުދިން މޫދަ ށާއި ޕާކްތަކަށް ގެންދަންޖެހޭނެ، ކުދިންނަކަށް އަބަދު ބަންދުވެގެން ނުތިބެވޭނެ ފޫހިވާނެ !