20:29

ފިޔަވަތި ކައިރީގައި ސިފައިންނާއި ފުލުހުން - ވަގުތު އިމޭޖްސް: އަޝްހާދު

20:15

ހުޅުމާލެ ކައުންސިލަރު ޝުޖާއު ވަނީ ފިޔަވަތި ސަަރަހައްދަށް ޒިޔާރަތްކޮށްފައި، އަދި ޖެންޑާ މިނިސްޓަރ އިސްތިއުފާ ދެއްވުމަށް ގޮވާލައިފި.

19:41

ފުލުހުންގެ މީޑިއާ އޮފިޝަލް:ރޯކޮށްލަން އުޅޭކަމުގެ މައުލުމާތު ލިބިފައި ވަނީ، ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ އިތުރުން އެޗްއާރްސީއެމް އިންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދޭ

19:38

އަދި ފުރާޅުމަތީގައި ތިބި ކުދިން އެ ސަރަހައްދުގައި ތިބި މީހުންނާއި ދިމާލަށް އެއްޗެހި އުކަންވެސް ފަށަައިފާއިވާ ކަމަަށް ނޫސްވެރިޔާ ބުނި. ފިޔަވަތި ކުރިމަތީގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުން.

19:37

މިހާރުވެސް ފިޔަވަތީގެ ފުރާޅު މަތީގައި ކުދިން އެބަތިބި. އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިޔާ ބުނީ، އަށް ކުދިން ފުރަޅުމަތީގައި މިވަގުތުވެސް އެބަ ތިބި ކަމަށް. އެ ކުދިން އަވަގުރާނަ ގޮވަމުންދާކަމަށްވެސް ބުނި.

19:36

މިހާރު އެ ސަރަހައްދުގައި "ވަގުތު"ގެ ނޫސްވެރިއަކު ދަނީ ހަރަކާތްތެރިވަމުން.

19:33

އެމްއެންޑީއެފް: އެ ސަރަހައްދަށް ސިފައިން ދިޔައިރު އަލިފާންގަނޑު ވަނީ ނިއްވާލާފައި.

19:32

އެމްއެންޑީއެފް: މިއަދު 18:55 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލުމާތު ލިބިފައިވޭ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލައްޓާ ފިޔަވަތީ ކުޑަކުދިންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

މިހާރު އެތަނުގައި ދަނީ ރޯވަ އަނދަމުންނެވެ. ރޯވެފައި ވަނީ އެތަނުގެ އެތެރޭގައެވެ.

މިހާރު އެ ސަރަހައްދުގައި ފުލުހުންނާއި، ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ސަރަހައްދަށް މީޑިއާ ވަނުން ވަނީ މަނާކޮށްފައެވެ.

އަދި ފިޔަވަތީގައި ހިނގާ ކަންތައްތަކުގެ މާބޮޑެތި މައުލޫމާތަކެއް ނުލިބެއެވެ. ފިޔަވަތީގައި ރޯވެ އަނދަމުން ދިޔަކަމުގައިވިޔަސް، ރޯވެފައި ވަނީ ކޮންތަނެއްގައި ކަން ސާފެއް ނުވެއެވެ.

އާއްމުވެފައިވާ ބައެއް ވީޑިއޯތަކުން ކުޑަކުދިން ފުލުހުންނަށް އިންޒާރު ދޭ މަންޒަރުވެސް ފެނެއެވެ. އަދި ފިޔަވައްޗަށް ފުލުހުންނަށްވެސް ނުވަދެވޭނެ ކަމަށްވެސް ކުދިން ބުނާ އަޑު އިވެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އަލިފާން ރޯކޮށްލާފައި ވަނީ ފިޔަވަތީގެ ފިރިހެން ކުދިން ތިބޭ ތަނެއްގައެވެ.

ފިޔަވަތި ދެ ބަޔަކަށް އިންނައިރު، އަންހެންކުދިން ބައިތިއްބާ ބައިގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގައެވެ.

"ވަގުތު"އަށް މައުލުމާތު ލިބިފައިވާގޮތުން ފިރިހެން ކުދިން ތިބޭ ބައިގައި ހުރިހާ ދޮރެއް މިހާރު ވަނީ ހަލާކުކޮށްލައިފައެވެ.

މިކަމާއި ގުޅޭގޮތުން ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކުން އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ފިޔަ

    ކޮބާ ހީވޭ؟ ތިކުރީ ސަރުކާރުކަމެއް!

    35
    3
    • ޑަންޑަހިލު

      އެކުދިންވެސް އެހެން ތިބެންވީމަ ފޫހިވާނެދޯ އެކުދިން އެހެން ބަންދުކޮއްގެން ނުގެންގުޅެވޭނެ އެއީ ޖަނަވާރުންތަ ބަންދުކޮއްގެން ގެންގުޅެން

      10
      4
    • މައިތިރި

      ވަކަރުގޭ ކުދިން ގެންގުޅެން ޖެހޭނީ ވަކަރުގޭ ކުދިން ގެންގުޅެންޖެހޭ ގޮތަށް. ތަންތަނަށް އަރާ ފުމެ ނުހެދޭވަރަށް މައިތިރިއަރުވާލާފައި އަބަދުވެސް ބައިތިއްބަންވާނީ. އެކަން މިހާރު ނުކުރާތީ މިހުރިހާ ދުއްޕާނެއް މިޖެހެނީ.

      14
      3
  2. ލާމު

    ކުޑަކުދިން ތިޔަކަހަލަ ޖަރީމާތަކެއް ނުހިންގާނެ. ކުޑަކުއްޖަކަސް އިސްލާޙްކުރަން އަދަބުދީ.

    61
    2
    • ކިޔުންތެރިއެއް

      އެކުދިންނަށް އަދަބުދޭން ގޮވުމުގެ ބަދަލުގަ އެތަނުގަ ތިބޭމީހުން އެކުދިންނަށް އަނިޔާކުރެއެޭ އެކުދިންގެ އަނގައިން ބުނާ އިރު ކީވެ ބީރުކަންފަތެއްދެވެނީ؟ ކުދިން ގޯސް ވަނީ އެކުދިން ބަލަންތިބޭ މީހުންވެސް ގޯސްވީމަ. ކުދިން އަވަގުރާނަ ގޮވަނީ އެތާތިބޭމީހުންވެސް އެކުދިންނާ ދިމާލަށް ހުތުރު ބަހުން މުޢާމަލާތުކުރާތީ. މިކަމުގަ ސަރުކާރުވެސް، ފިޔަވަތި މީހުންވެސް ފުލުހުންވެސް ގޯސް.

      18
      10
  3. ބަދޫރާ

    ކުޑަކުދިންގެ ތެރޭގައިވެސް ކުށްކުރާ ކުއްޖަކު ހުރިއްޔާ އަދަބު ދެވެންޖެހޭ.... ކުޑަކުއްޖެކޭ ކިޔާފަ އަދަބު ނުދީ ހުންނާތީ ތިވަރުވެގެން ތިޔަދަނީ.....

    70
    4
  4. ބޭޗާރާ

    އިސްލާހިއްޔާގައި ވަކަރުގޭ ކުދިން ބެލެހެއްޓިގޮތަށް ނޫން ގޮތަކަށް ވަކަރުގޭ ކުދިން ނުބެލެހެއްޓޭނެ. ދަނޑިބުރިއަކުން ނޫނީ ވަކަރުގޭ ކުދިން މައިތިރި ނުކުރެވޭނެ. ޖަނަވާރުން ބެލެހެއްޓޭނީ އަތަށް ހެޔޮވަރު ދަނޑިބުރިއެއް ލިބިގެން.

    61
    15
  5. Anonymous

    ތިހެން ވާނީ، ކުއްޖަކަށް ނޯވޭ އަދަބެއް ދެވެން ވެސް! ކިހިނެއް ތި ކަހަލަ ކުދިން އަދަބު ނުދީ މައިތިރި ކުރާނީ! އަދަބެއް ނުދެވޭނެ ކަން އިގޭތީ ތި ހުރިހާ ކަމެއް ތި ކުރަނީ

    60
    4
  6. ބޮންކިރިމާ

    ތި ކުދިންގެ ތެރެއިން ތިކަމުގައި އިސްދައުރެއް އަދާކުރި ކުދިން ގެންގޮސް ޖަލަށް ލާބަލަ! ކުޑަކުދިންކަން އެނގޭ! އެކަމަކު ބޮޑާ ހާކާ ކޮންމެ ފަހަރަކު ތިގޮތަށް ތަނުގައި ތިބި މުދަލަށް ގެއްލުންދީ، އަލިފާން ރޯކޮށްލުމަކީ ކޮއްގެންވާނެ ކަމެއްނޫން! އަދި އެގޮތަށް ފުލުހުންނާއި ކުރިމަތިލާ ބަޔަކަށްވެސް ވެގެންނުވާނެ!

    59
    4
  7. ގަން

    ކުޑަ ކުދިންނޭ ބުނީމަ ހަމަ އެކަނި ހައްގުތަކެއް ދޭންޖހޭކަމަށް ވިސްނަިދީ އެ ކުދިން އަދާކުރަންޖެހޭ ޒިންމާ އެއް ވާކަން ދަސްކޮށް ނުދިނުމުގެ ނަތީޖާ...

    51
  8. ނަސޒްރީން

    ޖެންޑާމިނިސްޓުރީ ޑީކަމިޝަން ކޮއްލާފަ މުޅިން އައު ޗައިލްﷲު ޕުރޮޓޭކްޝަން އޭޖެންސީއެއް ޕުރޮފެޝަނަލް މީހުން ހިމަނައިގެން ބޭރުގެ ތަޖުރިބާކާރުންގެ ލަފާގެމަތިން އެކުލަވާލަންވީ. އިނަފް އިޒް އިނަފް. މިތާ މިތިބޭ ބޮލުރޮދީންނަކައް މިކަމެއް ނުވި.

    23
    4
  9. މިއޮއްކަމެއް

    މިހާރުވެސް ފިޔަވަތީގެ ފުރާޅު މަތީގައި ކުދިން އެބަތިބި. އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިޔާ ބުނީ، އަށް ކުދިން ފުރަޅުމަތީގައި މިވަގުތުވެސް އެބަ ތިބި ކަމަށް. އެ ކުދިން އަވަގުރާނަ ގޮވަމުންދާކަމަށްވެސް ބުނި. ތީހާދަކުޑަ ކުދިންތަކެކޭ

    26
  10. ހ

    ފުލުހުންނަށްވެސް ކިޔަމަން ނުވާބަޔަކު ބަލަހައްޓަން ދައުލަތުން ބޮޑެތި ޚަރަދުކޮށް ބެލެހެއްޓުމުގެ ބޭނުމަކީ ކޮބާތޯ. ތިކަހަލަ ކުދިން ގެނ ްގުޅެން ޖެހޭނީ ޖަލުތަކުގަ.

    42
    4
  11. ސޮއި

    ރައީސް މައުމޫން ކައިރިން އަހާބަލަ އުސްލާހިއްޔާ ކިޔާތަން ހިންގީ ކިހިނެއްތޯ.

    13
  12. ނ

    ކޮބައިތަ ތިޔަ ތަނަށް ލީ އެއްކަ ދަމާސް ޝިހާބު
    ކޮބައިތަ މިނިސްޓަރ
    ނަންވާނީ ސިދާތާ

    35
    2
  13. ހޭޖެހޭ

    އަދިވެސް 15 16 17 އަހަރުގެ ކުދިންނަށް ކުޑަކުދިންގެ ލަޤަބު ޤާނޫނަކުން ދީގެން ގެންގުޅޭ. ތިޔަމީހުން މިހާރު ދުވަނީ އެމީހުންނަށް ބާރު އޮތްކަމާއި އެމީހުން ބުނާ ކޮންމެ އެއްޗެއް ޤަބޫލުކުރާކަން ދަނެގެން. އަދި އެމީހުން ކޮންމެ ކަމެއް ކުރިޔަސް އަދަބެއް ނެތްކަން ދަނެގެން.

    17
  14. ފަރުދާ

    މި ގައުމެއް ނެތް! ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަމުން ދަނީ މާޔޫސްކަމާއި ހިތްދަތިކަން!

    17
  15. ރަން ރީނދޫ

    ކުޑަ މޯދީ ނިދާފައި ،ގައުމުގެ ހުރިހާ ދިމާލަކުން ވޭނާއި ކެކުޅުން.

    11
  16. ޙަދިސައިބު

    މީކުރީސަރުކާރުގެ ޖަމެއް އެޗުއާރުސީއެމްއިން ކުރޫސަރުކާރުގައި މިމަސައްތުގައި އުޅުނެ މީހުންނާއި އޭރުގެ ފުލުހުން ނަށް ދައޔވާކުރަންފެނޭ އަދި އެޑިޔުކޭސަނުގެ މީހުންނަށްވެސް ދައުވާކުރަންވީ!

    4
    3
  17. ބީރްބޮލް

    މަމެން މިހުރީ ބަސް ހުއްޓި ސޮނި ވެއްޓިފަ..ކުޑަކުދިން؟؟އެކަމަކު ހާދަ ބޮޑެތި ޖަރީމާތަކެކޭ ތި ހިންގާލީ..

  18. މަ

    މިތާގައި ވެސް ތިބޭނެ ރައްޔިތުންގެ ފައިސާގައި މުސާރާ ދޭ ވަރުވަރުގެ ވެރިން، ހިތަށް އަރަނީ ޒިންމާ އުފުލާނަމަ މިހިސާބަށް ކަންތައް ދާނެހޭ؟ ކޮބާ ތިތާނގައި އުޅޭމުވައްޒަފުން؟ ތިތަން ހިންގަނީ އެއްވެސް ވަރަކަށް އޮގަނައިޒްކޮށް ނޫންކަން އިނގެނީ މިކަހަލަ މަންޒަރު ތަކުން. ތަނެއްގެ ހިންގުން ފެއިލް ވާނެ ވަރަށް ތިތިބީ ފައެއިލް ވެފައި.
    ހެޔޮނުވާނެ މިކުދިން އިސްލާހުކޮށްފައި މުޖުތަމައުއަށް ނެރެވޭނެ ޤާބިލްކަން ހުރި މީހުން މަގާމްތަކަށް ލައިގެން ވިޔަސް މިކަން ރަނގަޅުކޮށް ބަލަ.

    10
  19. ކައުންސެލަރު 🙌

    ހޯހޯ މިގައުމުގައި ހާއްސަ ހުއްދަލިބިފައި ތިބި މީހުން ތިޔައީ.ސިޔާސީ މީހުން، ނަމުން ކުޑަކުދިން، އަދި އަންހެނުން.

  20. އަދަބިއްޔާތު

    ތަޅާމަރާ އަނިޔާދީގެން އިންސާނުންނަށް ހެޔޮމަގެއް ފެނިދާނެކަމަށް މިތާ ވަކާލާތުކުރާ މީހުންނަށް އިންސާނީ ތޮބީއަތް މަސައްކަތްކުރަނީ ކިހިނެއްކަން އެނގުމުގެ މުހިންމުކަންބޮޑު..
    ޙަގީގަތުގައި އަދަބުވެރިިކުރުމަކީ ކުރާކަމެއްގެ ނަތީޖާއިން ލިބޭ ފައިދާއާއި އަނެކުންނަށް ލިބޭ ގެއްލުމުން ދިމާވާ ކަންކަން ވިސްނުވައިދިނުން..
    އިންސާނާގެ ގުދުރަތީ ޙާލަތުގައި ހުންނަ ފިކުރަކީ ހަމަޔާއި އިންސާފަށް ލޯބިކުރާ ތޮބީއީ ނިޒާމެއް

  21. އިސްލާހު

    މިހާރު ވެސް އިސްލާހިއްޔާގެ މަސައްކަތް ފަށާ، އަލުން އެކުދިންނަށް ރަނގަޅު އަޚްލާޤު ދަސްކޮށްދީބަލަ. އެއިރު ހާދަ ކުދިންނެއް ރަނގަޅު ކޮށްފަ މުޖުތަމަޢުއަށް ނެރެދިނޭ.

  22. އިބޫ

    މި ހަމަނުޖެހުމުގެ ޒިންމާނަގަން ޖެހޭނި ކުރީ ސަރުކާރުން 😏😂

  23. މިނިސްޓަރު

    ކުރީގެ ޖެންޑަރ މިނިސްޓަރު ޒެނީޝާ ތިކަން ކޮންޓްރޯލް ކުރި. އެކަމަނާއަށް ސާބަސް ޙައްޤު

  24. ޖުހާ

    ކޮބާ ގައުމުގެ އައްޕަ އެބޭޅާ ބަހެއްނެތްބާ