21:47

ކިއުބާގައި ކޮވިޑް-19 އިން ދިފާއުވުމަށް ދެ އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭން ފަށައިފި.

16:50

ގދ. ނަޑެއްލާ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

16:38

އޮސްޓްރޭލިއާ ފުރަބަންދު ކުރުމާއި ދެކޮޅަށް އެގައުމުގައި މުޒާހަރާ ކުރަމުންދިޔަ ބަޔަކު ހައްޔަރު ކޮށްފި

15:28

ކޮވިޑް-19އާ ގުޅިގެން މިހާރު މޮނީޓަރިންގް ހާލަތަށް ގެނެސްފައިވާ އައްޑޫ ސިޓީގެ ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭން ފަށަން ނިންމައިފި

އަތޮޅުތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑާށް އިތުރުވެގެން ދިއުމަށް ފަހު ފާއިތުވި ތިން ދުވަހު ވަނީ އަދަދު ދަށަށް ގޮސްވައެވެ. އެހެންކަމުން މިއީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާނެކެވެ.

މިއަދު މާލެ އިން ވެސް އަދި އަތޮޅުތެރެއިން ވެސް ފައްސިވީ 37 މީހުންނެވެ. މިއަދު ރިސޯޓްތަކުން ނުވަ މީހުން އަދި ސަފާރީއަކުން އެކަކު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2220 އަށް އަރާފައެވެ. އޭގެތެރެއިން 1252 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ސެޕްޓެމްބަރ މަހު ފައްސިވެފައި ވަނީ 740 މީހުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 228 މީހުން ފައްސިވެފައެވެ.

މިހާރު ރާއްޖޭގައި 1686 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 18 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 83382 އަށް އަރައެވެ. އޭގެތެރެއިން 81404 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން 229 މީހަކު ރާއްޖެ އިން ވަނީ ނިޔާވެފައެވެ.

ކޮވިޑާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ. ޖ. އ

    ޝުކުރިއްރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.

    1
    2