އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ކެމްޕޭން ޖަލްސާގައި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ބައިވެރިވެވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށް ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް ސޯލިހްގެ އިސްތިއުފާއަށް ގޮވާލެއްވިއިރު އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ސޯލިހްގެ ފަރާތުންނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވެސް ކެންޑިޑޭޓުން ވާދަކުރައްވައެވެ.

މާލެ ދާއިރާގެ ރައީސް ކަމަށް ޝިފާގެ އިތުރުން ދެން ވާދަކުރައްވަނީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ޝިފާއަކީ ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ. އަދި އަކްރަމްއަކީ ރައީސް ސޯލިހްގެ ފެކްޝަންގެ ބޭފުޅެކެވެ.

އެމްޑީޕީ ހަރުގެ ކައިރީ ރޭ ކުރިއަށް ދިޔަ ޝިފާ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ "ހިންނަވަރު މީހަކަށް ރާއްޖޭގެ ވެރިކަން ދެން ދެވިގެން ނުވާނެ" ކަމަށެވެ. ރައީސް ސޯލިހްއަކީ ޅ.ހިންނަވަރަށް އުފަން ބޭފުޅެކެވެ.

ޖާބިރު ވަނީ މާދަމާ ވާން ވާއިރަށް ރައީސް ސޯލިހް މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވެއެވެ. އަދި ރައީސް ނަޝީދާ ދެކޮޅަށް ނުކުންނަވާއިރު ރައީސް ސޯލިހް ވިސްނަވަން ވާނެ ކަމަށް މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ޖާބިރު ވިދާޅުވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 410 މަގާމަކަށް 700 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާއިރު، 165 ކެންޑިޑޭޓުން އިންތިޚާބަކާ ނުލާއި ގައުމީ މަޖިލީހުގެ ގޮނޑި ވަނީ ކަށަވަރުވެފައެވެ.

އެމްޑީޕީގެ އެތެރޭގެ މި އިންތިޚާބަކީ ދެ ރައީސުންގެ ވާދަވެރިކަން އެންމެ ބޮޑަށް ފެނިގެންދާނެ އިންތިޚާބަށްވީއިރު މި އިންތިޚާބާ ދިމާކޮށް ރައީސް ގެންދަވަނީ އަތޮޅުތެރެއަށް ގިނަ ދަތުރުފުޅުތަކެއް ވެސް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާށިދޫ

    މިދާއިރާގެ ރައްޔިތުންގެ ވިސްނުން ބަދަލުކޮށް ތައުލީމީ ތަންދޮރުދަންނަ މީހަކު މިގޮނޑިއަށް އިންތިޚާބުކުރުން މުހިންމުކަމުގައި ދެކެން.

    31
    3
    • ކ.ކާށިދޫ

      ބަލަ ޖާބެ ލާރިދީގެން ވޯޓުގަނެފައޭ އޮންނާނީ ކޮންތައުލީމެތްކިޔާކަށް ދެންވެސް ގިނައިން ލާރިބަހާމީހަކަށް ވޯޓުދޭނީ

  2. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    29
    14