ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމެރިކާގެ ނިއުޔޯކަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ ރައީސް ސޯލިހް ނިއުޔޯކަށް ފުރާވަޑައިގެންނެވީ އދ ގެ އާންމު މަޖިލިހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށެވެ. މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ތަގްރީރުކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގައެވެ. މީގެ އިތުރުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެއެވެ.

ރައީސް އޮފީހުން ފާހަގަ ކުރައްވާ ގޮތުގައި އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމު މިފަހަރު ދިވެއްސަކު ފުރުއްވަމުން ގެންދަވާކަމީ ރާއްޖެ އދ. އާ ގުޅުނުތާ މިވީ ދިގުތާރީޚުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ މުހިންމު ކާމިޔާބީއެކެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ރައީސް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު 28 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޯކާ ލިބުނު މީހާ

    ޓޭކް މީ ވިތު ޔޫ. ގެންދާނަމޭ ކުޔާފަ ކީއްވެ ދޯކާ ދީނީ 😢😫💔

    2
    1
  2. މިނައޭނަ

    މިކަލޭގެ ގައުމުން ބޭރަށް ދާ ކޮންމެ ފަހަރަކު އނބިމީހާ ވެސް ގެންދަން ޖެހޭތައް އަދި ދުނިޔެ ގަބޫލް ނުކުރާ ސަރުކާރުގެ މަތީފަންތީގެ ވަފުދުތައް ވެސް.

  3. ބޭނުން

    ހަދިޔާ ގެންނައްޗެ 🥺

    2
    1
  4. ހުސެން

    ކަނީސާ އަށްތަ