ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ކުރިން މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިޚްތިރާމް ކުރައްވާތީ ގާސިމް ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަން ބޭނުން ނުވާ ކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް އިސްވެ ހުންނަވައިގެން ހުންނަވައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މިދިޔަ ބުދަ ދުވަހު 5،000 މީހުންގެ ސޮޔާއެކު ޕާޓީ ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފައެވެ.

ނާޒިމްގެ އިތުރުން ޖުމްހޫރީ ޕާޓީގައި ހުންނެވި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ ނާޒިމްއާއެކު އާ ޕާޓީއަށް ސޮއިކުރައްވައިފައެވެ. މީގެ ކުރީގައި ވެސް މި ދެ ބޭފުޅުން ވެގެން ޕާޓީއެއް އުފައްދާ ވާހަކަތަކުގެ އަޑު ފެތުރުނަސް އޭރު ގެންދެވީ އެ ވާހަކަ ދޮގު ކުރައްވަމުންނެވެ.

އެހެންވިޔަސް ފަހުން މި ދެ ބޭފުޅުންނާއި ނާޒިމްއާ އާއިލީ ގުޅުމެއް އޮންނަ ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހްމަދު އުޝާމްއާ ގުޅިވަޑައިގެން ޕާޓީއެއް އުފައްދާކަން އިއުލާން ކުރެއްވި ހިސާބުން ގާސިމް ހިމެނޭހެން ޖޭޕީގެ ލީޑާޝިޕް އިން ގެންދަވަނީ މި ދެ ބޭފުޅުންނަށް ބަހުގެ ހަމަލާތައް ރައްދު ދެއްވަމުންނެވެ.

މީގެ ކުރިން ނާޒިމް ވަނީ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން "ޖުމްހޫރީ ޕާޓީ މިދިޔަ ދެ އަހަރު އޮތީ ނިދާފައި" ކަމަށް ވިދާޅުވެފައެވެ. އެއާއެކު ގާސިމް ވަނީ ނާޒިމާއި ރިޔާޒްގެ ކެމްޕޭނަށް 10 މިލިއަން ރުފިޔާ ޚަރަދު ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ކްލަބް ހައުސްގައި "ވަގުތު" އިން ކުރިއަށް ގެންދާ "ހަވާސް" ޕްރޮގްރާމްގައި ނާޒިމް ބައިވެރިވެވަޑައިގެންނެވިއިރު، މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ފުރަތަމަ ވެސް ފާހަގަ ކުރެއްވި ކަމަކީ ގާސިމަކީ އޭނާ އަބަދުވެސް އިޚްތިރާމް ކުރައްވާ ބޭފުޅެއް ކަމެވެ.

"އޮނަރަބަލް ގާސިމް އިބްރާހީމްއަކީ އަޅުގަނޑު އަބަދުވެސް ވަރަށް އިޚްތިރާމް ކުރައްވާ ބޭފުޅެއް، އަޅުގަނޑު ރައްދު ދެއްވަން ޖެހިއްޖެނަމަ އަނެއްކާ ވެސް ނޫސްތަކުގައި އެ ވާހަކަ އަރުވައިގެން އަނެއްކާ އެ ކޮޅުން ވެއްޖެ ރައްދު ދޭން، ނިމުމެއް އަންނަ ކަމަކަށް ދެން ނުވާނެ،" ނާޒިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަށް ގެއްލުން ލިބޭ ގޮތަށް އަމަލު ކުރެއްވި ކަމަށް އެ ޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވާތީ ވަރަށް ހިތާމަ ކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެ ޕާޓީއަށް ގެއްލުން ލިބޭ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ކެމްޕޭނަށް ޚަރަދު ކުރެއްވި ވާހަކަތަކާ ގުޅޭ ގޮތުން އާންމުން ވެސް ފާހަގަ ކުރަމުން ދިއުމުން ނާޒިމް ހަމައެކަނި ވިދާޅުވި ކަމަކީ "ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ކެމްޕޭނަށް ޚަރަދު ކުރަން އޮންނަ މިންވަރަށް ވުރެ އިތުރަށް ކޮށްފައި ނުވާނެ" ކަމަށެވެ.

ނާޒިމް ވިދާޅުވެފައިވާ ގޮތުގައި އެ ޕާޓީ 2023 ގެ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ކުރާނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބަ އޮތެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އެތެރޭގެ ޕްރައިމަރީއަކުން ކަނޑައަޅާއިރު އެ ޕްރައިމަރީގައި ނާޒިމް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިސްތިއުފާ

    ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ

    3
    2
  2. އެކްސް މިލިޓަރީ

    ދިވެހި ރައްޔިތުން ހޮވި ދެ ވެރިކަމާ ތޮޅުނު ބާޢީ ނާޒިމް، ރައީސް ނަޝީދު އަށް އިސްތިއުފާ ހުށައެޅި، ރައީސް ޔާމިން އާއި “ކޮންފުރަންޓް” ކުރަން ދިއުމަށް އެމް،އެން، ޑީ، އެފް ޖެނެރަލުން ކައިރި ބުނި މީހަކަށް ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ފިކުރު ބީޓް ނުކުރެވޭނެ، ވަރަށް ސަލާމް