މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދެވުމުގައި އިސްކޮށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ވިޔަފާރިތަކަށް އިންޑިއާގެ އެހީ ހޯދާ ވާހަކައާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އަމާޒުވެ އެ ތުހުމަތުތަކަށް ނާޒިމް އިންކާރު ކުރައްވައިފިއެވެ.

ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން ބޭރުގެ ބައެއް ސަރުކާރުތަކުން އެހީ ހޯއްދަވާ ކަމަށް އަބަދުވެސް އަޑުތައް އޮވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާ މާ ގާތް ގުޅުމެއް ބޭއްވިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިންޑިއާއާ ގާތް ގުޅުމެއް މި ބާއްވަނީ އާންމުންނަށް ތިލަނުވާ "ސިޔާސީ އެއްބަސްވުންތަކެއް" ހިމެނޭތީ ކަމުގައި ތުހުމަތު ކުރެވެއެވެ.

މި ގޮތުން ނާޒިމް ވެސް އިންޑިއާއާ ގާތް ގުޅުމެއް ބާއްވާ ކަމުގައި ވާހަކަ ދެކެވެއެވެ. ނާޒިމްގެ ބައެއް އާއިލީ ވިޔަފާރިތަކަށް އިންވެސްޓް ކުރަން އިންޑިއާއިން އެހީ ހޯދާ ކަމުގައި ވެސް ބުނެވެއެވެ. ކްލަބް ހައުސް މެދުވެރިކޮށް "ވަގުތު" އިން ކުރިއަށް ގެންދާ "ހަވާސް" ޕްރޮގްރާމްގައި ނާޒިމްއަށް އާންމުންގެ ފަރާތުން އެންމެ ގިނައިން ސުވާލުތައް އަމާޒުވީ މި ތުހުމަތުތަކާ ގުޅޭ ގޮތުންނެވެ.

މި ސުވާލުތަކުގެ ޖަވާބުގައި ނާޒިމް ވިދާޅުވީ އޭނާގެ އިތުރުން އެމްއެންޕީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވެސް އިންޑިއާއާ އެއްވެސް ގުޅުމެއް ނޯންނަ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.

"ވަރަށް ގިނަ ފަހަރު އަޅުގަނޑުމެން ދަންނަވާފައި އޮންނާނެ އަޅުގަނޑުމެންނާއި އިންޑިއާއާ އެއްވެސް ގުޅުމެއް ނޯވޭ. އަޅުގަނޑުގެ ނިސްބަތްވާ އާއިލާ ވިޔަފާރިއެއް ވެސް އިންޑިއާގެ އެހީ ހޯދާފައެއް ނުވާނެ، އިންޑިއާ ކުންފުންޏާ ވެސް ހެދިފައެއް ނޯންނާނެ." ނާޒިމް ވިދާޅުވިއެވެ.

އޭގެ ފަހުން ވެސް އިންޑިއާއަށް މާ ބޮޑަށް މި ސަރުކާރުން ބަރޯސާވެ އިންޑިއާއިން ބޭނުންވާ ކޮންމެ ގޮތަކަށް ދިވެހި ދައުލަތުގެ ފުރުސަތު ދެމުންދާތީވެ އެ މައްސަލައާ ގުޅޭ ގޮތުން ނާޒިމް އެއްވެސް ވާހަކައެއް ނުދައްކާވާ ކަމަށް ބުނެ އާންމުންގެ މީހަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކަމާ ވާހަކަ ނުދައްކަވަނީ ކީއްވެގެންތޯއާއި ވާހަކަ ނުދައްކަވަނީ އިންޑިއާއާ ގުޅުމެއް އޮންނާނީތޯ ވެސް ސުވާލު ކުރިއެވެ.

އަނެއްކާ ވެސް ތަކުރާރުކޮށް ނާޒިމް ވިދާޅުވީ އިންޑިއާއާ އެއްވެސް ގުޅުމެއް ނުބާއްވާ ކަމުގައެވެ. އިންޑިއާ އަދި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަށް ތާއީދު ނުކުރައްވާނެ ކަމާާއި، ރާއްޖޭގެ ބިމުގެ އިންޗިއެއްހާ ހިސާބު ވެސް ބޭރުގެ ދައުލަތަކަށް ދޫކޮށްލުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ތަކުރާރުކޮށް އަޅުގަނޑުމެން ބުނަމުން މި ގެންދަނީ ބޭރުގެ އެކި ގައުމުތަކާއެކު މި ކޮންމެ ސަރުކާރަކުން ވެފައިވާ އެގްރިމެންޓްތައް މަޖިލީހުގެ 241 ކޮމިޓީއަށް ގެންދާނަމޭ، އެ މައްސަލަތައް އަޅުގަނޑުމެން ބަލަން ކުރެވެން އޮތް ކަމެއް މަޖިލީހުގެ ތެރެއިން ވެސް ކުރާނަމޭ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ ޚާރިޖީ ސިޔާސަތާއި ދާޚިލީ ސިޔާސަތުގައި ވެސް އޮތީ "ފުރަތަމަ ދިވެހި ގައުމު" ގެ ސިޔާސަތު ކަމަށެވެ. ދިވެހި ދައުލަތުގެ މައްޗަށް ބޭރުގެ އެއްވެސް ދައުލަތަކުން ބަސް ބުނެވެން ޖެހޭނެ ކަމަށް އެއްވެސް ހާލަތެއްގައި ދެކެވަޑައިނުގަންނަވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެންވިޔަސް އަޚްލާގީ މިންގަނޑުގެ ތެރެއިން ކަންކަމަށް ފާޑުވިދާޅުވެ ކުރަމުންދާ ކަންކަމަށް ފާރަވެރިވާން ވެސް ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އާންމުންގެ އެހެން މީހަކު ކުރި ސުވާލުގެ ޖަވާބުގައި ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައި ސަރުކާރަށް "ހެއްދެވި ނުހެއްދެވިއަށް ގޮވުމަކީ" އާއި "އަވައްޓެރި ގައުމުތަކަށް ބަދު ބަސް ބުނުމަކީ" އަދި އެ ކަން ކުރަން ޖެހޭނެ އުސޫލު ވެސް ނޫން ކަމަށެވެ.

ނާޒިމް އިތުރަށް ފާހަގަ ކުރައްވާ ކަމަކީ އެމްއެންޕީގެ ސަރުކާރެއްގައި އެ ގޮތަށް ވެފައިވާ އެއްބަސްވުންތައް ދިރާސާކުރާނެ ކަމުގައެވެ. އަދި ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލަށް އަސަރު ކުރާ ގޮތަށް އެއްވެސް އެއްބަސްވުމެއް ފާހަގަ ވެއްޖެނަމަ އެ އެއްބަސްވުމެއް އުވާލާނެ ކަމުގައި ވެސް ނާޒިމް ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބެއްޔާ

  ވެރިކަންލިބޭނެތަ؟؟ އެހެންކަމަކާއުޅޭ. ތީދޮގުހަދާ މަކރުވެރި މީހެއް.ހަތިޔާރުގެ މާހިރެއް؟؟؟

 2. ވިސްނާލުމަށް އެދެމޭ

  ކޮއްމެހެން ދިރާސާ ނުކުރިޔަސްހެޔޮ..މިއުޅެނީ ދިރާސާއެއްކުރާނެ ފަރާތެއް ނުލިބިގެނެނޫން..ދިރާސާ ކުރަންނުޖެހޭވަރަށް ކަށަވަރުކަމެ އިންޑިޔާއެކު މިސަރުކާރުން ހެދި އެއްބަސްވުންތައް ގާނޫނީއިމުން ބޭރުކަން އިންޑިޔާ ސި ފައިން ރާއްޖޭގަ އެބަތިބިކަން..އެމީހުންގެ ބާރާ ނު ފޫޒު ދިވެހިގައުމުގެ ދާޙިލީ ޙާރިޖީ ހުރިހާކަމަކަށް އެބައިތްކަން..ދެން ކޮންއަޙުލާގެއްގެ ވާހަކަތިދައްކަނީ..އަޙުލާގު ރަގަޅުކަމަށް ދައްކަން އިންޑިޔާ ދިދަ ޖުމްހޫރީމައިދާނުގަ ނެގިޔަސްތިބެންވީ ހައްޕުކިޔައިގެން މަނުރުހެމޭ ހިތުންކިޔައިގެން....ތިއީ މިސަރުކާރުގެ އެއް ހިއްސާދާރު..ތިއީ އިންޑިޔާގެ މިލިޓަރީންގެ ޕާޓްނަރެ...2023ޕޕމ ނޫން ބަޔަކަށް ދީގެން މިގައުމު ސަލާމެތެނުކުރެވޭނެ...

 3. އައުޓް

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  12
  1
 4. ހުސޭނުބޭ

  މިވެސް އިންޑިޔާގެ ޕަޕެޓެއް ދޯ!

  18
 5. ބަޑިނާޒިމް

  ތީނާއަކީ އުފެދުމުގައިވެސް އިންޑިޔާގެ ބޮޑުބިޔަ ޕަޕަޓެއް. ރައީސް ޔާމީންގެ ވެރިކަމުގައިވެސް މީނާ އަޑީގައި ހުރެގެން އިންޑިޔާގެ މަދަދާއެކު ބަޢާވާތެއް ކުރަން އެތައްފަހަރަކު މަސައްކަތް ކުރިއެވެ. އެކަމަކު ސްމާޓް ވެރިއެއްގެ ކުރިމަތީ ކުޑަކަކޫ ޖަހަންޖެހުނީއެވެ. ނަޝީދަަކީ ސްމާޓް މީހަކަށްނުވާތީ މީނާގެ މަޅީގައި ޖެހުނީއެވެ. މީނާގެ ހުރިހާވެސް ބޭނުމަކީ އާއިލީ ވިޔަފާރި ވެވެންއޮތްގޮތަކުން ފުޅާކުރުމެވެ. ގައުމިއްޔަތެއްގެ ކުޑަކުޑަ މިންވަރެއްވެސް މީނާގެ ކިބަޔަކު ނުވެއެވެ. މީނާއާއި ބާޢީ ރިޔާޒާއި ފަޔާޒަކީ ނަޝީދުވެރިކަން ވައްޓާލުމުގައި އެންމެ އަޑީގައި ތިބި ތިންމީހުންނެވެ.

 6. ހަރާމްކޯރު

  އަންހެނުން ވަފާތެރިވީމާ ވީ ހަރާމްކޯރު
  ޔާމީނު ބަޑިއެއް ދިނީމާ ވީ ހަރާމް ކޯރު
  ގާސިމް ގޮޑިއެއް ދިނީމާ ވީ ހަރާމްކޯރު
  އެހްޑިސީއިން ފުލެޓްއަޅައި ރައްތިތުންނަށް ވިއްކަން ދިނީމާ ވީ ހަރާމްކޯރު
  ވެރިަކަން ދިމީމާވެސް ވަނީ ހަރާމްކޯރުބާ ؟؟؟؟؟؟؟؟؟