ރާއްޖޭގެ އެންމެ މަޝްހޫރު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އާމިނަތު ލަމްހާ ލަތީފް (ލަމް) ވިހެއުމުގެ ހަ ގަޑިއިރު ކުރިން ނަގާފައިވާ ފޮޓޯއެއް މީސް މީޑިއާގައި އާއްމުކޮށްފިއެވެ.

ލަމް ވިހާފައި ވަނީ މި މަސްް ތެރޭގައެވެ. އޭނާ އާއި ފިރިމީހާ އަހުމަދު މުއާޒް (ކުޑަ މުއާ) އަށް ލިބުނީ ފިރިހެން ކުއްޖެކެވެ. މިއީ މިދެމަފިރިންގެވެސް އަލަތު ދަރިފުޅެވެ.

މީސް މީޑިއާގައިވެސް އެންމެ ހަރަކާތްތެރި ފަންނާނުންގެ ތެރޭގައި ހިމެނޭ ލަމް މިއަދު އޭނާގެ އިންސްޓަގްރާމްގެ ސްޓޯރީއަށް ލި ފޮޓޯއެއްގައި ވަނީ އޭނާ ހޮސްޕިޓަލްގެ އެނދުމަތީގައި އޮންނަ ތަނެވެ. އެ ފޮޓޯގައި އޭނާ ލިޔެފައި ވަނީ، އެއީ އެ މީހުންގެ ދަރިފުޅު ލިބުމުގެ ހަ ގަޑިިއިރު ކުރިން ނަގާފައިވާ ފޮޓޯއެއް ކަމަށެވެ

އައި އެ ޕޯސްޓްގައި އޭނާ ވަނީ އޭނާއާ ދަރިފުޅަށް ހެޔޮ އެދިގެން މެސެޖް ކުރާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ލަމްއަކީ ހަމައެކަނި ލަވަކިޔުންތެރިއެއް ނޫނެވެ. އޭނާވަނީ މަޝްހޫރު ޝޯތައް ހޯސްޓްކޮށްދީފައެވެ. އަދި ބައެއް ފިލްމްތަކުގައިވެސް މަސައްކަތްކޮށްފައިވެއެވެ.

އެގޮތުން މޯލްޑިވިއަން އައިޑަލް ސީޒަން-2ގެ ހޯސްޓެއްގެ ގޮތުގައި އޭނާ މަސައްކަތްކޮށްފައި ވެއެވެ.

އޭނާ ކުޑަ މުއާ ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޅުބެ

    ނިވާކަން ކުޑަ ހެދުން އަޅާމީހުން ފަހުޒަމާނަށް އައިސް މީހުންގެމެދުގައި މަގުބޫލުކަން ހޯދަން މަސައްކަތްކުރާނެއެވެ އަހަރުމެން ތިކަމާ ހައިރާނެއް ނުވެއެވެ.

  2. ސޮއްބެ

    ކޮންލަމެއް ؟؟؟