ނިރުބަވެރިކަމުގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ފަސޭހަކަމާއެކު ދޫވެގެންދިއުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ މައްސަލައަށް ވެސް އެ ނަތީޖާގެ އަސަރު ފޯރަފާނެ ކަމެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިގޮތަށް ބުނެފައި ވަނީ، އައިއެސް ޖަމާއަތުން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައިކޯޓުން ކުރި ހުކުމާއި ގުޅިގެންނެވެ.

އެމްޑީޕީން ބުނީ، އެފަދަ ބޮޑެތި މައްސަލަތަކާއި ޑްރަގް ޓްރެފިކިންގ ގެ އެންމެ ބޮޑެތި މައްސަލަތައް ފަދަ މައްސަލަތަކުގައި ހައްޔަރުކޮޮށް ދައުވާ އުފުލޭ ގިނަ ފަރާތްތައް އާންމުގޮތެއްގައި ފަސޭހަކަމާއެކު ދޫވެދާ ވާހަކައަކީ މުޖުތަމަޢުގައި ގިނަ ބަޔަކު އަބަދުވެސް ކަންބޮޑުވުމާއެކު ދައްކަމުންދާ ވާހަކައެއް ކަމަށެވެ. އަދި އިޖުރާޢީ ނުކުތާއެއްގެ ޙުއްޖަތު ދެއްކުމަށްފަހު އެފަދަ ސީރިއެސް ތުޙުމަތުތަކުގައިވާ ފަރާތްތައް ދޫވެގެންދަނީ އަލުން ދައުވާ ނުވެސް އުފުލޭނޭ ގޮތަށްކަން ފާހަގަކުރެވޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެމްޑިޕީން ބުނީ، އަމީންވެސް ދޫކޮށްލާފައިވަނީ، ތުޙުމަތުކުރެވޭ ކުށުގެ ސީރިއެސް ކަމާއި ހެއްކާއި ގަރީނާގެ މައްޗަށް ބެލުމުގެ ތެރެއިން ނޫން ކަމަށެވެ.

"އެއާ ހިލާފަށް އޭނާ ދޫކޮށްލުމަށް ނިންމާފައިވަނީ އިޖުރާއީ ހުއްޖަތެއް ކަމަށްވާ، ހައްޔަރުކުރުމާ ގުޅޭ ދެ ގާނޫނެއްގެ ދެމެދުގައި އުފެއްދި ސުވާލަކާ ގުޅުވައިގެން"، އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

މިފަދަ ސީރިއެސް އަދި ބޮޑު ނިރުބަވެރިކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކު މި ބާވަތުގެ ގާނޫނީ ހުއްޖަތެއްގައި ދޫވެދިއުމަކީ، ތަހްގީގްކުރާ އިދާރާ ނުވަތަ ޕްރޮސިކިޔުޓަރ ޖެނެރަލް ނުވަތަ ކޯޓުން ކުރެ ކޮންމެ ވެސް ފަރާތަކުން އެފަދަ މައްސަލަތަކުގައި ސަމާލުވެ، ފަރުވާތެރިވެ، ނުވަތަ ސީރިއެސް ވާންޖެހޭ މިންވަރަށް ޢަމަލުނުކުރުމުގެ ސަބަބުންކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ނިރުބަވެރިކަމުގެ ޙަމަލާދިން ފަރާތްތަކުގެ މައްޗަށް މިހާރު އުފުލާފައިވާ ދަޢުވާތަކާއި އެމީހުންގެ ބަންދާމެދު ކަންވެގެންދާނޭ ގޮތާމެދު މި ޕާރޓީން އިންތިހާއަށް ކަންބޮޑުވަން". އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޭލާ

    އަދީބު ޖަލަށްނުލާހުރުމަކީވެސް ހިޔާނާތުގެ ލިސްޓަށް އަސަރުކުރާނެކަމެއް ހަމައެކަނި ނަޝީދަށް އަސަރުކޮށްގެން ކަންބޮޑުވުމަކީ ރަށްޔަތުންނަށް ވެވޭ ބޭ އިންސާފެއް އެހެންމީހުންވެސް މިދުނިޔޭގައި އުޅޭކަންދަންނަންވާނެ.

  2. ......

    ކުށެއްގެ ތުހުމަތު ކިރެވިދާނެ ސަބަބަކާހުރެ ނަމަވެސް ކުރެވޭ ތުހުމަތުގައި މީހަކު ހައްޔަރުކޮށްގެން ތަހްގީގް ކުރުމަކީ އަނިޔާވެރިކަން ކަމުގައި ގަބޫލު ނުކުރާ ސަލާމަތް ބުއްދިއެއް ނުހުންނާނެ...ހައްޔަރު ނުކޮށް ތަހުގީގު ކުރެވޭނެ ހާލަތެއް ނެތުމަކީ އާންމު މީހާގެ ހައްގަކަށް އަރައިގަނެ އަނިޔާވެރި ވެވިދާނެ ސަބަބެއް ނޫން ކަން ކުޑަ ކުދިންނަށް ވެސް ގަބޫލު ކުރެވޭނެ...އެފަދަ ހާލަތެއް ނެތުމަކީ ތަހުގީގު ކުރާ ވުޒާރާގެ ނާގާބިލުކަމާއި ވެރިންގެ ދޯހަޅިކަމާއި އަމިއްލައެދުން އިސްކުރުމުގެ ހެއްކެއް...އޭގެ އަދަބު ރައްޔިތުންނަށް ދިނުން އެއީ ތަހުޒީބުވެފައިވާ ބަޔަކު ގަބޫލު ކުރާނެ ކަމެއް ނޫން..އަމީނަކަށްވެސް ސާބިތުވީމަ އަދަބު ދޭންވީ...މިސާލަކަށް އޭނަ ތިމަންނަޔާ ޒާތީ ވީމަ ތިމަންނައަށް ގެއްލުމެއް ދީފާނެކަމަށް ފެންނާތީއޭ ބުނެ ހައްޔަރު ކުރުމަކީ ބާރުގެ ބޭނުން ނާޖާއިޒް ގޮތުގައި ބޭނުން ކުރުން...ތިބުނާ ހަރުކަށި މީހުން ގެ ފަރާތުން ދިވެހި އާންމު ރައްޔިތުންނަށް ލިބިފައިވާ އެއްވެސް ގެއްލުމެއް ނެތްއިރު، އެމީހުންގެ އަގީދާކަމަށް ބެލެވޭ ބުނުމަކަށް ރިޔާއަތްކޮށް ތުހުމަތުވެސް ކުރަން މަ ލަދުގަނޭ...އެމް.ޑީ.ޕީ ގެ ނުފޫޒް މިހާވަރަށް އޮތް ޝަރުއީ ނިޒާމެއްގެ ތެރެއިން އަމީން ދޫވެގެން ދިއުމުގައި އެމް.ޑީ.ޕީ ގެ އަތެއް ނޯވެނުދާނެކަން ސިޔާސީ ކަންކަން ކިރިޔާ އަޑު އިވިލާ މީހަކަށްވެސް ޔަގީންވާނެ

  3. ޝޮކްތެރަޕީ

    އެމްޑީޕީގަ ތިބެނީ ހަރުކަށި ފިކުރުގެ މީހުން ރައްޖެ ފުނޑާލާފަ އިގިރޭސްވިލާތުގަ ދިރިއުޅުން ބިނާކުރަން ޑޮލަރު ހޯދަން އުޅޭމީހުން.

  4. ހުސެންބެ

    ތިޔަގޮތަްް ބުނަންޏާ ލުތުފީވެސްދޯ

  5. އިންސާފް

    އަމީނުއެއް ނޫންދޯ އެކަންކުރީ ދެންކީއްވެ އަސަބު ފޯރަންވީ