ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ މައްސަލައިގައި ސަރުކާރު އިދިކޮޅު ޕީޕީއެމް ޕީއެންސީން އިސްވެ އިހުތިޖާޖަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޮރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، 2018 ވަނަ އަހަރު އެދުދުނު ވެރިކަމުގެ ސަބަބުން ދުވަހަކު ވެސް ރައްޔިތުން ނުދެކޭފަދަ އަނދިރި، ނާމާން މިސްރާބަކަށް ގައުމު ގޮސްފައިވާ ކަމަށެވެ. އަދި އެކަންކަމާއި ދެކޮޅަށް އިދިކޮޅުން ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން މިސަރުކާރު ވެރިކަމަށް އައިތާ ހަމަސް ނުވަނީ އިސްލާމް ދީނާއި ދެކޮޅަށް ރިޕޯޓްތަކެއް ނެރުނު ބަޔަކާއި ހަމައަށް ގާނޫނު އަރާ ހަމަ ނުވާތީ އެކަމާއި ދެކޮޅަށް އިހުތިޖާޖެއް ކުރިއަށް ގެންދިޔަ ކަމަށާއި، ފްލެޓްތަކުގެ މައްސަލައިގެ އިތުރުން އިންޑިއާ ސިފައިންނަށް ރާއްޖެ ވިއްކާލުމާއި ދެކޮޅަށާއި އަދުލު އިންސާފު ކަށަވަރު ނުވާތީ އިހުތިޖާޖު ކޮށްފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ގައުމު މިހާލަތަށް ގޮސްފައިވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، މިހާރު އަނެއްކާ ވެސް ފިޔަވަތީގެ މައްސަލަ ފެންމަތިވެފައިވާ ކަމަށެވެ. އެހެން ކަމުން އެކަންކަން ހައްލު ކުރުމަށް ސަރުކާރަށް ގޮވާލުމަށް މާދަމާ އިހުތިޖާޖެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާދަމާ ރޭ 20:30 ގައި ކުރިއަށް ގެންދާ މި އިހުތިޖާޖަކީ އެނގިވަޑައިގަންނަަވާނެ ފަދައިން ފިޔަވަތީގައި ވަރަށް ބޮޑު ހާދިސާއެއް ހިނގާފައިވާތީ އެކަންކަމާއި ދެކޮޅަށް މިއަދު ވެސް އަޑު އުފުލަމުން އެބަދޭ. މިހާރު ވެސް އަޑު އުފުލަމުން އެބަދޭ. ޖެންޑަރ މިނިސްޓްރީގެ އިހުމާލުން ހިނގަމުންދާ ބޮޑެތި ކަންތައްތަކާއި ދެކޮޅަށް އަޅުގަނޑުމެން މާދަމާ އިހުތިޖާޖު ކުރަން" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ވީހާވެސް ގިނަ ބަޔަކު އިހުތިޖާޖުގައި ބައިވެރިވުމަށް އިލްތިމާސްކޮށް އިސްމާއިލް ވިދާޅުވީ، މިއީ ސިޔާސީ މަގްސަދެއްގައި ކުރާ އިހުތިޖާޖެއް ނޫން ކަމަށާއި އެއީ ދިވެހި ރާއްޖޭގައި ގެއްލެމުންދާ އަސާސްތައް ނަގައި ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Happy 123

    ޙުރިހާ ކަމެއްސިޔާސީ! ކަމެއްވާއިރށް އިހުތިޖާޖަށް ލޮލް 🤭

    4
    5
  2. ހަލީމު

    މާލަސްވެއްޖެ، އަވަހަށް ނުކުންނަންވީ، ޖެންޑާ މިނިސްޓްރީ އިސްލާހުކޮށް އިސްލާހިއްޔާއެއް ހަދައި އެތަނަށް ކުދިން ލައި ސިފައިންގެ ބެލުމުގެ ދަށަށް ގެންނަންވީ. ގެރިގުއި ފިކުރާއި ލާދީނީ ފިކުރު މިގައުމަށް ބޭނުމެއް ނޫން.

    8
    2
  3. 90ގެއަހަރުތަކުގެއިލޮށިފައްޗެއް

    އެކުދިންނާ އެކީ ތަންތާ ހުޅުޖަަހަން ނުނުކުތިއްޔާ ރަނގަޅު ބޫމާއިންތަކެއް ނުކުމެ މަގުމަތީގައި ހަޅޭލައިގެން މި ކަމެއް ހައްލެއް ނުވާނެ އެކުދިންނަށް ރަނގަޅު ރޯލްމޮޑެލްއަކާ އިމޯޝަނަލް ސަޕޯރޓު ދޭނެ ހިތެއް ހުރި ތަންފުކެއް ތައުލީމީ މީހުން ކޮޅެއް ހިޔާގެ މުވައްޒަފުންނަށް ލާން ޖެހޭ ހަމަ އެކަނި ކާންދިނަކަސް ނުފުދޭނެ ކުދިންތަކަކާ ހަވާލުވުމަކީ އެޔަށް ވުރެ ބޮޑު ޒިންމާއެއް

    5
    1
  4. ުމުހައްމަދު

    ވީހާވެސް ގިނަ ބަޔަކު އިހުތިޖާޖުގައި ބައިވެރިވުމަށް އިލްތިމާސްކުރިއިރު އިހުތިޖާޖު އޮއްޏާނެ ތަނެއް ނޭނގުނީމަ ދާންބޭނުންވާ ރައްޔިތަކަށްވެސް ނޭނގޭނެ

    3
    1
  5. ޑިމޯކްރޭޒީ

    ސާބަހޭ!
    ކޮބައިތަ ކަރުން ލޭ އަންނަ ވަރަށް ރައީސް ޔާމީނުގެ ވެރިކަމުގައި ހައްގޭ ހައްގޭ ގޮވަމުން ދުވި ބައިގަނޑު؟ ކޮބައިތަ ޓްރާންޕޭރަންސީ މޯލްޑިވްސް؟ ކޮބައިތަ ހައްގުތަކުގެ މަންމަ ކަމަށް ހެދިގެން އުޅޭ ޖީހާނު؟ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ!

    9
    1
  6. ސިޔާސީސިޔާސީ

    މިއެންމެންގެ އިސްތިއުފާއަށް ބާރަށް ގޮވާ
    1. ޖެންޑާ މިނިސްޓާ
    2. އެޗުއާރުސީ މެންބަރުން
    3. އޮމްބޮޑްސްމަން
    4. ސޯލިހު

    9
    2
  7. ގަލަން ތުނޑު

    މިހާޜު ރާޢްޖޭގައި މިއުޅެނީ ނުފެންނަ ކަންފަތް ބީރު ބައެއް

  8. އަފްޣާނީ

    ބެޑްޝީޓެއްގެ މައްސަލާގަ ކުރީގެ ގެންޑާ މިނިސްޓަރަކު އިސްތިއުފާ ދިން ކަމަށް ވަނީ.. ސަރުކާރު ނިސްބަތްވާ ޕާޓީ ކުދިންގެ ބެވުންތަކާހުރެ..

  9. ބޯބުޅި

    ތިފިޔަވަތި ހެދުމުގެމަސަކަޔް ކުރިމީހުން ހޯދާހަށްޔަރުކުރަންފެނޭ މިއުޅެނީއަމިށްލަގޭގެފުރާޅަށްވެސްނޭރިގެން އުޅޭއިރުތިތާގެފުރާޅުވަސާގެންހަރުގަޑުލަށްގާފަހުތޯ؟؟
    ކަމެށްވާއިރަށްއިސްތިޔުފާދިނީމާއެނިމުނީތޯ ؟
    އިސްތިޔުފާދިނީ ކުރީމިނިސްޓަރު ކޮބާާ؟؟؟ ކޮބާވެންޓިލޭޓަރު ؟؟؟؟؟؟
    އިސްތިޔުފާދިނީމާހަދާންނެތޭނެވަަށްއވަހަށް؟؟؟؟؟؟