ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް 20 ޕަސެންޓް ވޯޓް ވެސް ނުލިބޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޢަލީ ހުސައިން ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމާ އެ ކެންޑިޑޭޓަކީ އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ނިންމުމުން ރައީސް ޔާމީން މިހާރު ހުންނަވާނީ ސިހިސިހި ކަމަށެވެ.

"އިދިކޮޅު ޕާޓީތަކަށް ޕާޓީތަކަށް ފުރަތަމަ ދުވަހުވެސް އެއްބަސްވެވުނު ކަމަކީ ރިޔާސީ އިންތިޚާބަކަށްދާއިރު ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ ކުރިމަތިލައްވާނީ ޕާޓީތަކުން އެއް ކެންޑިޑޭޓް ކަމަށް ކަނޑައެޅުން. މިއީ މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ" އަލީ ހުސެއިން ވިދާޅުވިއެވެ.

ޢަލީ ހުސައިން ވިދާޅުވީ ފެނިގެން މިދިޔައީ ގުޅިފައިވާ ޕާޓީތަކުން ނުކުމެތިބި ބޭނުމާއި މަޤްސަދު ނޯޅި ބަދަހިކަމުގައިތިބިތަން ކަމަށާއި ހުރިހާވެސް ބޭނުމަކީ ރައީސް ޔާމީންގެ އަނިޔާވެރިވެރިކަން ބަދަލު ކުރުން ކަމަށެވެ.

"މިހާރު ރައީސް ޔާމީން ހުންނަވާނީ ވަރަށް ބޮޑަށް ސިހިސިހި. އެމަނިކުފާނުގެ ފަހަތުގައި މަސައްކަތް ކުރައްވާނެ ބަޔަކުވެސް ނެތް. ރައްޔިތުންގެ 20 ޕަސެންޓް ވޯޓުވެސް ނުލިބޭނެ" ޢަލީ ހުސައިން ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓާއެކު ނެރޭ ރަނިންމޭޓަށް އިޝާރާތް ކުރައްވާ ޢަލީ ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަސާސީ ޤަވާއިދު ބުނާގޮތުން ރަނިންމޭޓަކު ކަނޑައަޅަން ޖެހެނީ ކައުންސިލުން ކަމަށާއި އެކަށީގެންވާ އަވަސް މުއްދަތެއްގައި ރަނިންމޭޓަކު ކަނޑައަޅާނެ ކަމަށެވެ.

ޢަލީ ހުސައިން ވިދާޅުވީ އެއްކެންޑިޑޭޓަކު ނެރެގެން ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަން ފެށުމުން ރައްޔިތުންގެ ރޫހަށް ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށާއި އެވާހަކަތައާއެކު ވަރަށްބޮޑު ކާމިޔާބީއަކާއެކު ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ބޯކުޑޭ

    މިގައުމަށް ތިވެރިން ކޮށްދިނީ ކޮންކަމެއް.. ކަލޭމެނަށް ވޯޓުދޭން..

  2. ކަބުލޮ

    ދެން އަތްޖަހާ.. ދެންއަތްޖަހާ.. ހަމައައްނަނީ ހިނި ހެ..ހެ... ތިޔަ ޔާނީމު އުމުރުދުވަހު ވެރިކަމަށް ކުރިމަތިލިއަސް މަ ވޯޓެއްނުދޭނަން މިހަރުހުންނާނެ ރަގަޅަށް ހޫނުފެނަށް ވެއްޓިފަ އިބޫ އަވަހަށް ބާރަށް ގޮސް އިންތިހާބު ކާމިކާބު ކުރައްވާ އަޅުގަނޑުމެން މިތިބީ އިބޫ އާއި އެކު...

    • އަހަންމާބެ

      ކަނބުލޮގެ ވޯޓާ ނުލައިވެސް ޔާމީނު ހޮވޭނެ، އިންޝާﷲ، ޤަމުދެކެ ލޯބިވާ އެންމެން ވޯޓުދޭނެ.

  3. މޫސަ

    އަޅުގަނޑުމެންގެދާއިރައިގެ މެންބަރ އަލީ ތިކުރައްވާ މަސައްކަތައް އައްސަރިބަހާއި ސާބަސް. ތިއީ ހިއްވަރުފުޅުގަދަ ބޭފުޅެއް

  4. މުހައްމަދު

    ކޮސްނުގޮވާ ކަލޭބަލަނޮހުންނައްޗޭ. ޜައީސް ޔާމީންއަށް މިގައުމުގެ ރައްޔިތުންގެ ހިތްތަކުގައި އޮތްލޯތްބާއި ތާއީދު...
    ޓިޔަކަހަލަ ގައުމުގެ އަގުވައްޓާލާ ބަޔަކު ރައްޔިތުން ބަލައި ނުގަންނާނެ.

  5. Anonymous

    އިބޫއަކަސް ކިބޫ އަކަސް ވޯޓެއް ނުދޭނަން. ތިޔަބައިގަނޑު އުމުރު ދުވަހައް ކުރިމަތި ލިޔަސް ވޯޓެއް ނުދޭނަން ހަމަ ހިނިއަންނަނީ

  6. ހެހެހެ

    100% އޭނަ ހޯދާނެ.

  7. ށޮއި

    ދެން ކީއްވެ ބާ ކޯލިޝަނަކުން ނޫނީ ޔާމީން ބަލަ ނުކުރެވެނޭޔޭ ތިކިޔަނީ. 20 % ހަމަ ނުވާމީހަކު ބަލި ކުރެވޭނެ ދޯ ކަލޭމެން ވަކިވަކިން އުޅުނަސް

  8. ނުރަބޯ

    ތިޔަހުންނަނީ އަހަރެމެން ނަށް އެނގޭ ކަމެއްނޫން. އެނގޭ ކަމަކީ ގައުމު، ހަލާކުގެ އަނދަވަޅުގެ ތެރެއަށް ވަށްޓާނުލާ ހަލުވި ތަރައްގީގެ މަގުގައި ކުރިޔަށްދާން ބޭނުންނަމަ ހޮވަންޖެހޭނީ ރައީސްޔާމީނު ކަން. ރީނދޫ މީހުންނާ ކުރިން ގައުމު ޙަވާލުކުރުމުން ވީގޮތް އަދި ހަނދާންނެތޭހައެއް ނުވޭ. ވީމާ ވިސްނާ. އިހަށްނުވި ރައްކަލެއް ފަހަކުންވެސް ނުވެވޭނެ.

  9. ފެންވަރު

    ހެހެެހެ. މާ އަވަހަށް ތި ކިބުރުވެރިވަނީ . ފެންވަރު ނޯޅޭ

  10. މަކަރު އީޔޫ

    ކެންދޫ އަލީ ބަލަ ދިވެހިރައްޔިތުން އެންމެ ލޯބިވާ ވެރިޔަކީ ރައީސް ޔާމީން. ވޯޓުގެ 75 ޕަސެންޓުން ﷲ އިރާދަފުޅުން ކާމިޔާބު ކުރާނެ އެދުވަހުން ކަލޭ ބުނާނެ ވޯޓް އޮޅުވާލީ ކަމަށް.

  11. ޒާ

    ކަލޭ ހިތުން ތިހުރީ އިބޫއާއެކު މިރާއްޖޭގެ ނައިބުރައީސްކަން ކުރަން ވަރަށް ކެތްމަދުވެފައިދޯ؟

  12. ގާސިމް

    ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް 52 ޕަސެންޓް ވޯޓް ލިބޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.

  13. މަތާރަން

    ކެންދޫ ދާއިރާގެ ރަށްތަކަށް އަޅާލުމެއްނެތި އެމްޑީ ޕީއަށް ސަނާކިޔަމުން ކިތައްމެވަރަކަށް އަނގަތެޅިޔަސް މިފަހަރު ކަލޭ ދާއިރާޔަށް ކުރިމަތި ލިޔަސް ނުހޮވޭނެ ކަމުގެ ބިރުން ސިހި ސިހި ހުރީ އަލީ ހުސޭނު ކަމާ މެދު ޝައްކެއްނެތް .

  14. އިބިރިން ބެއްޔާ

    އަނެއްކާ އަނެއްވާހަކަ.. އަންގަތަޅައިގެން މޮޅުވަންޏާ މޮޅުވެފަ ތިތިބީ މިހާރުވެސް. ތިކިޔަނީ ކަލޯމެންނައް ލިބޭނެ ވަރު ތޯއްޗެއް..

  15. ޙާލިދު

    ކަލޭ ކޮންގޮތަކުން ޖަހާ ހިސާބެއްބާތީ. އެންމެ ރަނގަޅު ކަލެއަށް އެއްޕަސެންޓްވެސް ނެގިދާނެތަ

  16. ނުވެރޭހުސޭނު

    ކަލޯ ހުސޭނާ!! މިހާރުވެސް ތިޔަހުރީ ހަފަހަރަށް ވރ ހުސްވެ ހަދާނެގޮތެއްނޭގިފައިވާ މުސިންބެއްހެނޭ!!! އަދިވެސް އަނގައަރުވަމުންދުވާތި!!! ދާންވީނުން މަހެއްކަނޑާލާ ކުނިކޮޅެއް އުކާލާ މީހުންގެ އަނބިންގާތަށް ވަދެލާހަދަން!!!! ތުނޑުހަސަނެއްވާކަން ކުރިން އެނގުނީ އެކަމަކު މިހާރު އެނގިއްޖެ ތުނޑު ހުސޭނެއްވެސް އުޅޭކަންއެބަ!!!! ހުސޭނާ ނިކަންބާރަށް ހިނިގަޅާބަލަ ހުރެގެން..........

  17. ތިމަންނަ

    ކޮން %20 އެއް ، މިހާރުވެސް އޮތީ ހޮވިފައޭ

  18. ދިވެއްސެއް

    އައްޔާ ﷲ ގެ އިރާދަޔާ އެކީ ތިކަން އައްޔައަށް ދައްކާލާނަން.

  19. ޢަލީ މުޙައްމަދު

    ޢަލީ ހުސައިނަކަސް ނިހާނަކަސް ފޮނިކަނޑާނެ ކަމެއް ނެތެވެ. ވެރިކަމަކީ ﷲ ދެއްވާ ކަމެކެވެ. މި ރާއްޖެއަށް ހެޔޮ ގޮތް ވާން އިރާދަކުރައްވައިފި ނަމަ އަދި 5 އަހަރުގެ ދައުރަކަށް ޔާމީން ހޮވިވަޑައިގަންނަވާނެއެވެ. 2008 ން 2012 އަށް ރާއްޖެ ދުށް ފަނާކުރަނިވި ދުވަސްވަރަކަށް ﷲ އިރާދަކުރައްވައިފައިވާނަމަ ޔާމީން ހޮވިވަޑައެއް ނުގަންނަވާނެއެވެ. ޔާމީން ހޮވިވަޑައި ނުގެންފި ނަމަ ދެރަވާނީ ޔާމީނަކަށް ނޫނެވެ. ޔާމީނަށް ޢިނާޔަތްތައް ލިބޭނެއެވެ. ބޭނުންފުޅު ނަމަ ޙިމާޔަތްވެސް ލިބޭނެއެވެ. މިފަދަ ޙާލަތެއް ދިމާނުކުރައްވާށިއެވެ. ދިމާވެއްޖެ ނަމަ ޢަލީ ޙުސައިނުވެސް ރޯނެއެވެ. ރާއްޖޭގައި ތަރައްޤީއާ ދެކޮޅު މިނިވްނަކަމާއި ދީނާއި އިސްތިޤުލާލާ ދެކޮޅު އަހަރުތަކެއް ރާއްޖެ ދެކޭނެއެވެ. އޭރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. އެ ދުވަހަކުން މި ކޮމެންޓް ކިޔާލައްޗެވެ. އިބޫ ހޮވިއްޖެ ނަމަ ކުރާނެ މަސައްކަތަކީ ނަޝީދަށް މަޢާފުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރުމެވެ. ތަރއްޤީއަކަށް ޤައުމަކަށް ނުވިސްނާނެއެވެ. މި މަސައްކަތް ނިމުނީމާ ރައީސާއި ނާއިބުރައީސާ އެކީގައި އިސްތިޢުފާދޭނީއެވެ. އަނެއްކާ އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން އިންތީޚާބެއް ބާއްވައިގެން ނަޝީދު ހޮވަން މަސައްކަތްކުރާނީއެވެ. މިކަމަށް "ބޮޑުބޭބެ" އާއި "ދޮންބައްޕަ"ގެ ޖަމާޢަތްތަކުން ފައިސާތައް އޮއްސައިލާނެ އެވެ.

  20. ބޭބެ

    ރައިސް ޔާމީން މިހާރު ހުންނަވާނީ ސިހިސިހިކަމަށް އަލީހުސައިން ބުންޏަސް އެއީ ޙަގީގަތަކަށް ނުވާނެ!! އެއީ ރައިސް ޔާމީން ސިހެންވީ އެއްވެސް ސަބަބެއް ނެތީމަ!! މިސާލަކަށް އަލީހުސައިން ތި އިޝާރާތްކުރަނީ އިންތިޚާބަށް ކަމަށްވާނަމަ، ރައިސް ޔާމީނަށް ރައްޔިތުން ނޫނެކޭ ބުންޏަސް އެމަނިކުފާނުގެ ކިބައިން ގެއްލޭނެ އެއްވެސް އެއްޗެއް ނެތް!! ހަމަ ޔަގީނުންވެސް އެމަނިކުފާނު ހިތްހަމަ ޖެހި ވަޑައިގަންނަވާނެ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި ގައުމު ތަރައްގީގެ އިތުރު ހަރުފަތަކަށް ގެންދެވުނީތީ!! އެއީ ހުރިހާ ދާއިރާތަކަކުން!! ސިއްޙީ ، އިޖުތިމާޢީ ، އަޚްލާގީ ، ޢިލްމީ ، އިގްދިސާދީ ގޮތުން ބެލިކަމުގައިވީނަމަވެސް މިފަސް އަހަރަކީ މިގައުމަށް ގިނަ ހެޔޮ ބަދަލު ގެނަސް ދެވުނު ދައުރެއް!! ހަމަ ޔަގީނުންވެސް މިގައުމުގައި ފާއިތުވެ ދިޔަ 10 އަހަރު ކަންތައްތައް ހިނގާފައިވާ ގޮތަށް ބަލާ ދިރާސާކޮށް ގައުމާ ދޭތެރޭ ރަގަނޅަށް ވިސްނާ ބަޔަކަށް ޔާމީނަށް ނޫނެކޭ ނުބުނާނެ!! ދެން ނޫނެކޭ ބުނެ އަނެއްކާވެސް އެމްޑީޕީ ކޯލިޝަނޭ ކިޔައިގެން ބަޔަކު ވެރިކަމަށް ގެނަސްފިނަމަ ހަމަ ތަކުރާރުވާނީ 2008 ވަނަ އަހަރު ވެރިކަމަށް ބަޔަކު އައީމަ ވީގޮތް!! ގައުމު ހަމަ އަނދަވަޅަކަށް ވެއްޓޭނީ!! ގައުމުގެ މިނިވަންކަމާ އިސްތިގުލާލު އޮންނާނީ އަވަށްޓެރި ގައުމުން ބޭނުންހާ ގޮތެއް ހެދޭފަދަ ނުފޫޒެއްގެ ތެރޭ!! އެމީހުން ދިނީމަ ކައިގެން ބުނީމާ ބުނިކަމެއްކޮސްގެން ތިބޭނީ!! މިހެން މިބުނީ އެއީ މިގައުމަށް އެގަމުގެ ސިފައިން ފޮނުވާ މިގައުމުގެ ރައްޔިތުން މަރަން ގޮވި ބަޔަކު ވެރިކަމުގައި ތިބޭނެތީ!! ފަހުން ރައްޔިތުން ހިތާމަކުރާެ ޔަމީން ދެވަނަ ދައުރަކަށް ނުހޮވުނީތީ!! އެހެންވީމަ މާޒީއަށް ވިސްނާ ރައްޔިތުން ގޮތެއް ނިންމުމަކީ ވަރަށް މުހިންމުކަމެއް!!

  21. މޭނާ 2

    އިބުލަކަސް ކިބުލަކަށް ރީދޫބައިގަނޑު ވިއްޔާވާނީ ހަމަ މުނާފިގުންނަށް އެއީ މިގައުމުން އިސްލާމްދީން ފުހެލާ، މިގައުމު އިސްތިއުމާރުގެ ދަށަށް ގެންދަންއުލޭ ބައެއްކަން ސިކުނޑިހުރި ކޮންމެ މީހަކަށްވެސް އިނގޭނެ. ދޮންކަނބުލޯ ނަމަ ނަމަ ކިބުލަކަށް ވޯޓް ނުދޭތި ﷲ ވޮޑިގެންވާކަން ދަންނާތި
    މަގޭވޯޓް ޔާމީނަށް