އަންނަ އަހަރު ރާއްޖެއަށް މަދުވެގެން ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.
މިއީ މި އަހަރުގެ ތެރޭގައި ރާއްޖެ އަށް އަންނާނެ ކަމަށް ލަފާ ކުރި އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ. މި އަހަރަށް ފުރަތަމަ ސަރުކާރުން އަމާޒު ހިފީ އެއް މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެކަމަކު، މިހާރު 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކޮށްފައިވެއެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އަށް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
Respect #MMA's optimistic forecast of 1.4 Million tourists arrivals to #Maldives in 2022. However, my forecast is atleast 2 Million tourists (13.5 million bed nights) in 2022. After all that's the #Maldives Tourism 50th Anniversary Golden Year. #MaldivesTourism50
— Abdulla Mausoom (@Mausoom_Maus) September 18, 2021
މައުސޫމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ އަހަރު ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި ލަފަޔަށް އިހްތިރާމް ކުރައްވާ ކަމަށެވެ. ނަމަވެސް އޭނާގެ ހިސާބަކީ، މަދުވެގެން ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ 13.5 މިލިއަން ބެޑް ނައިޓެވެ.
އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރެވެ.
Many factors... here are some:
▪︎Additional diverse/bed capacity.
▪︎Broader market reach.
▪︎Additional and new air connectivity.
▪︎Better domestic transport.
▪︎Pentup demand of 2020 and 2021.
▪︎Maldives Tourism Golden Year festivities and celebrations.— Abdulla Mausoom (@Mausoom_Maus) September 18, 2021
މިނިސްޓަރުގެ ބައެއް ޕޮއިންޓްތައް:
- ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުވުން
- އިތުރު މާކެޓުތައް ރާއްޖެ އަށް ހުޅުވާލުން
- އިތުރު އެއާލައިންތައް ރާއްޖެ އަށް ގެނައުން
- އެތެރޭގެ އުދުހުންތަކުގެ ފެންވަރު ރަނގަޅުވުން
- ކޮވިޑާ ހެދި ފަތުރުވެރިކަން ހުއްޓިފައި އޮތުމަށް މިދިޔަ އަހަރާއި މި އަހަރު އަލުން ހިނގައިގަންނަން ފެށުން
- ރާއްޖޭގެ ޓުރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ހަރަކާތްތައް
މިދިޔަ އަހަރުގެ ކޮވިޑްގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމާ އެކު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 500،000 އަށް ވުރެ މަތީގައެވެ. އެ އަހަރު ސަރުކާރުން އަމާޒު ހިފީ ވެސް ފަސް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.
ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި މި އަހަރުގެ ފަހުކޮޅު ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެއެވެ. އިނގިރޭސި ވިލާތް ފަދަ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު މާކެޓެއް އޮތް ގައުމުތަކުން ކުރިން އަޅާފައި އޮތް ދަތުރުކުރުމުގެ ހަރުކަށި ފިޔަވަޅަށް ލުޔެއް ދިނުމާ ގުޅިގެން އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު ވެސް ގިނަވާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކުރެއެވެ.
ކޮވިޑް-19 ފެތުރުމުގެ ކުރިން ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އަންނަ އެއް ގައުމަކީ ވެސް އިނގިރޭސި ވިލާތެވެ. އެކަމަކު، މިހާރު ރާއްޖޭގެ އެއް ނަންބަރު ފަތުރުވެރިކަމުގެ މާކެޓުގެ ގޮތުގައި އޮތީ އިންޑިއާއެވެ. އެ ގައުމުން މި އަހަރު އެކަނި ވެސް 180،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އަށް އައިސްފައެވެ.
ތި އެއާރޕޯޓް ތަރއްގީ ކުރެވޭތޯބަލާބަލަ އަވަހައް!! ޢޭރުން ގިނަފްލއިޓް ތަކށް ކޭޓާރ ކުރެވޭނީ!
ވާންހުރި ކަންކަން އެނގޭކަމަށް ދައުވާކުރާ ސޮރެއް މީ. ބޯހަމަޖެހޭތޯވެސް ބަލަންޖެހޭ
މީދޯ ހަމައެކަނި ނުކުރެވިފަ އޮތް ކަމަކީ
މައުސޫމް އިންޑިޔާ މީހަކާ އިންދެގެން 2 މިލިޔަން ކުދިން ވިހާފަ ރާއްޖެ ގެންނަނީޔޯ ކަރަންޓީން ވާން
ޔާމީންގެ ވިސްނުމުން ރާއްޖެ އިތުރުވި ރިސޯޓްތަށް އެެެއީ. މިސަރުކާރުން މިއުޅެނީ ކަޓް އަޅަން ޖެހޭމީހުން ގިނަކަމުން އެއްކަމެއްވެސް ނުވެގެނެން. ރިބަން ކަނޑާ ސަރުކާރު. ފޮނި ވާހަކަ ނުދައްކާ އިސްތިއުފާދީ، ކޮބާ އަހަރުމެން ކޮންމެ ރަޔަކު ރަށަށް ފޮނުވަން ވީ ވައުދު؟ ބޭކަރު ބޮލެއް މިނިސްޓަރު ކަމަށްލާއި މިއޮތީ.
ސަޅިބައިސާ ކެނޑުމުގެ ލާމަސީލު ބޭފުޅެއް. އެންމެންނަށްވެސް އެނގޭ ހަގީގަތެއް މިހާރު ކުއްލިއަކަށް އަރައިވަލް ގިނަވެގެން މިއުޅެނީ ކޮންމެހެން މާމޮޅަކަށް މާކެޓް ކުރެވިގެން ނުވަތަ ޓްއަރިޒަމް މިނިސްޓަރަށް މާމޮޅު ސްޓްރެޓެޖީތައް ފޯމިއުލޭޓްކުރެވިގެން ނޫންކަން. ޖޮބްމާރކެޓް އެންމެ ރަނގަޅު މިޑްލްއީސްޓް ގައުމުތަކަށް ދާން ބޭނުންވެފަތިބި ދެކުނު އޭޝިޔާގެ ގައުމުތަކުގެ މީހުންނަށް އޮތް ހަމައެކަނި މަގަކީ ރާއްޖެވީމަކަން. އެއީ އިކޮނޮމީ ފުނޑިފައޮތް މިގައުމަށް މާތްރަސްކަލާނގެ މިންވަރުކުރެއްވި ނަސީބެއް.
ޢިންޑިޔާ އިންއެކަނި މިލިޔަނެއް ކަރަންޓީނަށް، 6 މިލިޔަންވެސް ވާނެ ތިބަގަ ލައިގެން ގުނަންޔާ ، ބޯހަލާކު!!
މީނަވެސް މިހާރު ހިސާބުގެ އިލުމަށް ހާދަ މޮޅުވެއްޖޭދޯ.
ކާލާނެ ވަރުވެސް ބުނެލަދެވޭނެ ނަމަ ވަރަށް އުފާވީސް.
މައުސޫމު ވިދާޅުވި އެންމެ ކަމެއް ވެސް އަދި ނެތް ދިމާވެފައި ކުރަންވީ ކަމަކީ މިސަރުކާޜު އައި އިރުވެސް އަޅާ ނިންމާފައިވާ އާ ރަންވޭ ހުޅުވަންވީ މައުސޫމު މެންގެ ދުވެލި ތިޔަ ހުންނަނީ ރާނީ ކެރޭންގެ ދުވެލީގައި ދެން ކިހިނެއް ތިޔަ ކަންވާނީ މިހާޜު ތިޔަ ދުވެލީގައި ކުރިން ވެސް މިނިސްޓްރީ ހިންގަން އުޅެ ނުހިންގިގެން ފައިލްވީ މައުމޫން އިރުގައި
މިހާތަނަށް ކެނޑި ފޮނި ބައިސާ ތަކުގައި އައްޑޫ މީހުންގެ ޖީބަށް ޕައުންޑް ވެއްދުން
އައްޑޫގައި ގެ ރިސޯޓް ތައް މިދިޔަ އަހަރު އަލުން ހުޅުވުން... މުޅި ދުނިޔޭގައި މިގައުމު އިސްތިހާރު ކުރުން .... އައްޑޫގައި އޮތް ފަރު މުޅި ދުނިޔޭގައި މަސްހޫރު ކުރުން މީ ބޮޑުވަރު އެނގޭތޯ ކެލާ ސީދި ބޭވެސް ތިޔަ ވަރަށް ފޮންޏެއް ނުކަނޑާ
މީވާ ހިސާބުގެ އަހުލުވެރި އެއް ދެން އާބާދީ އިތުރު ވާނެމިން ވަރުވެސް ވިދާޅުވެދެއްވަ ބައްލަވާ.
މަޢުސްއާ އަދުރޭއަށްވުރެ މޮޅު ހިސާބު ޢިލްމުވެރިންނެއް މިޤައުމަކު ނޫޅޭނެ!
އަދުރޭ ނަންވާނީ އައްޑޫ މީހުންގެ ޖީބުތައް ޕައުންޑުން ފުރާލައިފި މިވަރުގެ ބޮޑެތި ދޮގު ހަދަންވާނެތަ.... އޮފީހަށް އަންނަ ހުރިހާ ސިޓީ އެއް މިނިސްޓަރ ބަލަން ޖެހޭ އަދި ހުރިހާ ކަމެއް މުށުތެރެއަށް ލައިގެން އޮފީސް ހިންގަނީ މިދޭތެރެއިން ކުރިކަމަކީ ހުރިހާ އަތޮޅު ތަކަށް މިނިސްޓަރ ދަތުރު ކުރީ ސާރވޭ ކުރަން މީ ޖޯކް ކަންކަން މިނިސްޓަރ ޖެހޭނީ ސިޔާސަތު ކަނޑަައަޅާ އަވަހަށް ކަންކަން ނިންމަން ސާރވޭ ފޯމް ފުރާން އުޅުމެއް ނޫން ކުރީ ސަރުކާރުން އަޅާ ހުޅުވި ރަންވޭ އަށް ބޯޓް ޖެއްސޭނެ ދުވަހެއް ބުނެބަލަ ތަންތަނަށް ފްލައިޓް ޑައިވާރޓް ކުރުމަކީ ކޮސް ކަމެކޭ ޖާގަ ނުލިބިގެން ކިތައް ފްލައިޓް ތަ މަތީގައި އުދުހި އުދުހި އެ އޮންނަނީ ... ސިކުނޑީގައި ތެތްކަން ނެތް ސަރުކާރެއް