އައްޑޫސިޓީން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫން މިއަދު ފައްސިވި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ ފޭދޫން ފައްސިވެފައިވާ ހަތް މީހަކާއި ހުތަދޫން ފައްސިވެފައިވާ އެކެއްގެ އިތުރުން ގަމުން ފައްސިވެފައިވާ މީހެއް ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ވަކި ތަރުތީބެއްނެތި ނެގި ފަސް ސުންކާއި ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި ތިން މީހެއްގެ އިތުރުން ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

މިއާއެކު އައްޑޫގައި މިވަގުތޔ ކޮވިޑަށް ފައްސިވިި ޖުމްލަ މީހުންގެ އަދަދު ވަނީ 224 އަށް އަރާފައެވެ.

އައްޑޫގެ އަވަށްތަކަށް ބަލާއިރު، މިވަގުތު އެންމެ ގިނަ މީހަކު ފައްސިވެފައިތިބީ މަރަދޫގައެވެ. އެއަވަށުގައި ކޮވިޑް ޖެހިފައި ތިބި 102 މީހަކު ތިބިއިރު، މަރަދޫ ފޭދޫގައި 5، ފޭދޫގައި 37 އަދި ހިތަދޫގައި 61 ވޭދަނައިގެ އިތުރުން ހުޅުދޫގައި ހަ ވޭދަނަ އެބަ ތިއްބެވެ. މީގެ އިތުރުން މީދޫގައި 12 ވޭދަނަ އުޅޭ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އައްޑޫގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން ހަތަރު މީހަކަށް ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ ތިން މީހަކު ނިޔާވެފައެވެ.