މުސާރައިގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން މިއަދު ގިނަ އަދަދެއްގެ ސިވިލް ސާވެންޓުން ކަޅު ހެދުމުގައި އޮފީހަށް ނިކުމެއްޖެއެވެ.
ސިވިލް ސާވެންޓުންގެ އެސޯސިއޭޝަނުން މިދިޔަ ހަފްތާގައި އިއުލާން ކޮށްފައިވާ ގޮތުގައި އާދީއްތަ ދުވަހު ކަޅު ހެދުމުގައި އޮފީހަށް ނިކުމެ ކުރިއަށް ގެންދާ ހިމޭން އިހްތިޖާޖަށް ސަރުކާރުން ސަމާލުކަން ނުދީފިނަމަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލުމަށް ވަނީ ނިންމާފައެވެ.
ސިވިލް ސާވެންޓުން ސަރުކާރަށް ކުރާ ޑިމާންޑުތަކުގެ ތެރޭގައި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް ލިވިން އެލަވަންސް ލިބުމާއި މިނިމަމް ވޭޖު އަވަސްކޮށްދިނުމާއި ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުން ހިމެނެއެވެ.
ކަޅު ހެދުންލައިގެން މިއަދު އޮފީހަށް ނިކުތް ސިވިލް ސާވެންޓަކު "ވަގުތު" އަށް ބުނީ ސިވިލް ސާވެންޓުންގެ އިހްތިޖާޖާއި ގުޅިގެން ވެސް ސަރުކާރުގެ ފަރާތުން ރަނގަޅު ޖަވާބެއް ލިބިދާނެ ކަމަށް އުއްމީދު ނުކުރެވޭ ކަމަށެވެ. "ކޮންމެ ފަހަރަކު ވެސް އިންތިހާބެއް ކުރިމަތިވުމުން ސިވިލް ސާވެންޓުންގެ މަތިން ސަރުކާރުން ހަނދާން ވަނީ. އިހްތިޖާޖްގެ ސަބަބުން ރަނގަޅު ޖަވާބެއް ސަރުކާރުން ދޭނެ ކަމަކަށް އުއްމީދެއް ނުކުރަން. މުސާރަ ވެސް ބޮޑު ވެދާނެ ކަމަކަށް ނުބެލެވޭ. ނަމަވެސް އިހްތިޖާޖުގައި މިބައިވެރިވީ އަޅުގަނޑުމެންގެ ހާލަތު ސަރުކާރުގެ ސަމާލުކަމަށް ގެންނަން." އޭނާ ބުންޏެވެ.
އިހްތިޖާޖްގައި ބައިވެރިވި އިތުރު މުވައްޒަފަކު ވެސް ބުނީ މަންޒަރު ރީތި ކޮށްލަން ސަރުކާރުގެ ފަރާތުން ބަޔާނެއް ނެރެފާނެ ކަމަށާއި ނަމަވެސް މުސާރައަށް ކުރިއެރުމެއް ލިބިދާނެ ފަދަ ބަދަލެއް އުސޫލަށް ގެންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. "މުސާރަ އަށް ކުރިއެރުމެއް ދީފިއްޔާ ކޮންމެވެސް ގޮތަކަށް އެފައިސާ ކޮޅު ކަނޑާލާނެ. ކުރިއެރުމެއް ދީފިއްޔާ އޯޓީން ނަމަވެސް އުނިކޮށްލާނެ. އެހެންވީމަ ލިބޭ އެއްޗެއް ގިނައެއް ނުވާނެ." އެމުވައްޒަފު ބުންޏެވެ.
ސިވިލް ސާވެންޓުންގެ އެސޯސިއޭޝަންގެ ފަރާތުން މިދިޔަ ހަފްތާގައި މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ އަންހެނުން ކޮމިޓީގެ މުސާރަ ދެގުނައަށް ބޮޑުކުރެވޭ އިރު ސިވިލް ސާވެންޓުން ދުވާލު ހަތަރުދަމު މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް ދެވެންވީ ސަބަބެއް ނެތް ކަމަށެވެ.
އަންހެނުންގެ ކޮމެޓީތަކުގެ ރައީސްއަށް މިހާރު 3500 ރުފިޔާގެ އެލަވެންސެއް ލިބެއެވެ. ނައިބަށް 2500 ލިބޭ އިރު މެންބަރަކަށް 2000 ރުފިޔާގެ އެލަވެންސެއް އަދި ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 250 ރުފިޔާގެ އެލަވަންސެއް ލިބެއެވެ. ރައީސް ސޯލިހް މިހާރު ނިންމަވާފައި ވަނީ ރައީސް އަށް 4،000 ރުފިޔާ ނައިބް ރައީސް އަށް 3،000 ރުފިޔާ އަދި މެންބަރުންނަށް 2،000 ރުފިޔާ އާއިއެކު ބައިވެރިވާ ކޮންމެ ބައްދަލުވުމަށް 500 ރުފިޔާދޭށެވެ.
ސިވިލް ސާވެންޓުންގެ މުސާރަ ބޮޑު ކުރުމަށް އަންނަ އަހަަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާނެ ކަމަށް ރައީސް ސޯލިހް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަތައް އެއްހަމަ ކުރުމަށް ޕޭ ކޮމިޝަނެއް އުފައްދާފައި އޮންނަތާ އަހަރުތަކެއް ވެގެން ގޮސްފައި ވީނަމަވެސް އަދިވެސް މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތައް އަމަލީ ސިފައެއް ނާދެއެވެ. ނަތީޖާއަކަށް ވެފައި ވަނީ މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ސިވިލް ސާވެންޓުންގެ މުސާރައިގައި ބޮޑު ތަފާތެއް ހުރުމެވެ. މިއީ ވެސް ސިވިލް ސާވެންޓުންގެ ބޮޑު ޝަކުވާއެކެވެ.
ކަޅު ހެދުމެއް ނޫން ، ހުދު ހެދުމުގައި ނުކުތަސް ، ސަރުކާރުން އަޑެއް ނާހާނެ އަޑު އަހާނީ ޕާޓީ ކުދިންނާއި ސިޔާސީ ވެރިންގެ އަޑު
ހަމަ ތެދެއްތީ..
މިއަދުވެސް ނޭންގޭ ކިތައް މިނިސްޓަރ ފެންވަރުގެ ވަޒީފާ ކަމެއް ޕާޓީ ކުދިންނަށް ދޭނީ..
އާދައިގެ ރައްޔިތަކަށް ކަމެއް ކޮށްދޭންވީމަ ސަރުކާރަށް ބުރައަކަށްވަނީ..
ސަރުކާރުން ދެން ތިޔަ އެންމެންނަކީ އައިސިސް މިލިޓަންޓުން ކަމައް ހަދާލަފާނެ.
ހަބަރު ގައި ވާގޮތަށް މުވަެްޒަފުންގެ މުސާރަ އެކިވަރު .%35 މިދެނީ ކޮންއުސޫލަކުންތޯ ފިނޭންސް މިނިސްޓްރީއަށް ބުނެދެވިދާނެތަ. އަދި ބައެއް އޮފީސްތަކަށް ހާސިރުވާދުވަހުގެ އެލަވަންސް . ދެންޏާމު އެންމެންނަށް ދޭންވާނީ . ސިވިލުސާވަންޓް ގެ ބަލަދުވެރިން ކުރާކަމެއްނެތި ލިވިން އެލަވަންސް ނަގަމުން ދަނީ . ނުވިތާކކަށް މައްސަލަތަކުގައި ދާންވެސް ޖެހެނީ އެއޮފީހަކުން. ވަރަށް ސަލާމު
މި ސަރުކާރަކީ ރައްޔިތުންގެ އަޑުއަހާ އެއަށް ޖަވާބުދޭ ސަރުކާރެއް އިރާދަކުރެއްވިއްޔާ ތިޔަ ސިވިލް ސާވަންޓުންގެ މުސާރައަށް ހެޔޮބަދަލެއް ގެންނާނެކަމަށް އުންމީދުކުރަން
ކިތައްމެ ވަރެއް ކުރިޔަސް މި މީހުންނަށް އަޑެއް ނިވޭނެ. އަދިވެސް ކޮންޓެކްޓް އުސޫލުންނޭ ކިޔާފައި ބޮޑު މުސާރައަށް މުވައްޒަފުން ނަގާ. ދައުލަތިުގެ އެއްމެ ބޮޑު މިނިސްޓްރީ ފިނޭންސްގެ 75 ޕަސެންޓް މުވައްޒަފުންނަކީ ކޮންޓެކްޓް އުސޫލުން ބޮޑު މުސާރަ ދޭ ބޮޑެތި މީހުންގެ ގާތް މީހުންނާއި ރައްޓެހިން. .
މުވައްޒަފުންނަށް ބިރުދެއްކުން ހުއްޓުވަންޖެހޭ. އިހުމާލުވަނީ، މިނިސްތރާއި، ޕީއެސް. އެފަދަ މީހުންނަށް ފިޔަވަޅު އަޅަންޖެހޭ. ޖިންސީ ގޯނާ ހުއްޓުވަންޖެހޭ. ބިރުދެއްކުން ހުއްޓުވަންޖެހޭ. ޖެއްސުން ކުރުމާއި، ހިންހަމަ ނުޖެހޭ މުވައްޒަފުންނަށް ކުރާ ގޯނާ ހުއްޓުވަންޖެހޭ
އާންމު ގޮތެއްގައި ވެސް ގިނަ އަންހެން ކުދިން މިހާރު އޮފީހަށް ދަނީ ކަޅު ހެދުމުގައި. ހުސް ކަޅު ހެދުން ލާ ކުދިން ވެސް މަދެއް ނޫން. މި އޮފީހުގައި އާންމުކޮށް ވެސް ކަޅު ހެދުން ލައިގެން އުޅޭ ކުދިން ވަރަށް ގިނަ. ކަޅަކީ ފިރިހެނުން ވެސް ވަރަށް މަގުބޫލް ކުލައެއް. އޮފީސްތަކަށް ދިއުމުގައި ވެސް ވަރަށް ގިނަ ފިރިހެނުން ކަޅު ކުލަ ބޭނުންކުރޭ. އެހެންވީމާ އިހްތިޖާޖެއް ކުރަން ކަޅަކީ މިހާރު އެހާ ކަމުދާ ކުލައެއް ކަމަކަށް ނުބެލެވޭ. އިހްތިޖާޖެއް ކުރަންޏާ ކުރަންވާނީ އެކަމެއް ފާހަގަވާނެ ގޮތަކަށް. މިސާލަކަށް މީހުން އާންމުކޮށް ނުލާ ދޮންކުލަ ފަދަ ކުލައަކުން ހެދުން އެޅުން. ކަމަކަށް ކަމެއް ކުރިޔަސް ކަމަކު ނުދާނެ. އޮފީސްތަކަށް ބަލައިލުމުން އިހްތިޖާޖެއް ކުރާހެން ހީވެސް ނުވޭ. ގައިމު ވެސް މި އޮފީހަކު ތިޔަކަމެއް ފާހަގައެއް ނުވޭ
ދެން އެންމެ ރަނގަޅޭ. އެއްޗެކޭ ކިޔަންވެއްޖެއެއްނު ކަމެއް ފާހަގަ ނުވިޔަސް. ބަޔަކުމީހުން ކަމެއް ކުރާތީ އެކަން ފާހަގަނުވެގެން ތިޔައުޅެނީ އެކަން ނޭނގޭތީކަން މަމެންނަށް ސާބިތުވެއްޖެއޭ. އޯކޭ ދެން ވ. ސަލާމް
ޢަޅާވެސް ލާނެކަމެއް ނެއް މިހާރު ތިލިބޭ މުސާރަ ވެސް ހައްގުނުވާނެ ތި ކުރާމަސައްކަތުން ކޮންމެ ކަމެއްވެސް އޮފީސް ތަކުން ނިންމަން ޖެހެނީ ހަލޭފަލޭ ލަވައިގެން
އަޅުގަޑު އުއްމީދު ކުރަން މިފަދަ ހަމަހިމޭން މުޒާހަރަ ތަކުގެ މައްޗަށް ވިސްނާ ދިވެހި ސަރުކާރުން މިކަމަށް އެދެވޭ ޖަވާބެއް ދެއްވުން އަދި ސިވިލް ސަރވެންޓުންގެ މުސަރަ ބޮޑުކުރުން. 85ހާސް މަޖިލީހު މެމްބަރުންނަށް ދޭއިރު ސިވިލް ސާރވެންޓުންގެ އެންމެ ދަށްފަންތީގެ މީހާއަށް މަދުވެގެން 10 ހާސް ރުފިޔާ ދޭންޖެހޭނެ. އެހެންނޫނީ މިނިމަމް ވޭޖޭ ކިޔައިގެން ސިވިލް ސަރވެންޓުން ގުނބޯ ނުހެއްދިއްޔާ ރަނގަޅުވާނީ. މިފަހަރު ސިވިލް ސަރވެންޓޫންގެ މުސާރަ ބޮޑުތަނުން ބޮޑު ނުކުރިއްޔާ 2023 ގެ ވޯޓަށް އަަސަރު ކުރާނެ.
މި ސިވިލްސާރވަންޓް މުވައްޒަފުން ކޮންކަމެއް ކޮން ހިދުމަތެއް ރަތްޔިތުަން ނަށް ހިއްހަމަޖެހޭ ވަރަކައް ކޮއްދޭތި ތަ މިއުޅެނީ އޮފީހެއްގަ 10ކައުންޓަރ ހިދުމަތް ދޭން ހުރީޔާ މަސައްކަތް ކުރާނީ 2ނުވަތަ 3 ކައުންޓަރ ބާކީ ތިބޭނީ ކޮފީގަ ނޫނީ ކޮންމެސް މީހަކާ ޗެޓްކުރަން
ޢިހުތިޖާޖު ނުކުރާދުވަސްދުވަހު ކަޅުހެދުން މާގިނަ . ޢަޅުގަނޑުމެން އޮފީހު ހިރިހާ އަންހެންކުދިން ކޮންމެ ދުވަހަކު ލަނީ ކަޅުހެދުން
މިހާރު ތި ލިބޭވަރުވެސް ބޭނުމީޔާ ޖެހޭނީ ނިކުންނަން ބައިތިއްބާ އަޅާވެސް ލާނެކަމެއްނެއް
ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތު މީހާގެ މުސާރަ ކައުންސިލްތަކުގައި ތިބި އެގްޒެކްޓިވް އަށް ވުރެ ބޮޑު، ކޮމިޝަނުގެ ހުރިހާ މީހުންނަށް ލިވިން އެލަވަންސް ލިބޭ، ސިވިލް ސަރވިސް ކޮމިޝަނަކުން ސިވިލްސަރވެންޓުންގެ އިނާޔަތްތަކެއް ބޮޑު ކުރަން ބޭނުމެއް ނުވާނެ، މޮޅު ސަރވިއުލަރތައް ނެރެނެރެ ތިބޭނީ،
ސިވިލްސާވެންޓުންގެ މުސާރަ ބޮޑުކުރާނެ ފައިސާއެއް ނުހުންނާނެ. ޕާޓީކުދިންނަށް ކުންފުނިތަކުން ވަޒީފާ އުފައްދާފަ ބޮޑު މުސާރަދޭނެ ފައިސާ ހުންނާނެ. ސިވިލްސާވަންޓުންނަކީ ހަމައެކަނި ވޯޓަށްވީމާ ހައްދަންތިބޭ ބައެއް.
ސަރުކާރުގަ މަސައްކަތް ކުރާ ސިވިލް ސާވަންޓުނަކީ ހަމަ ސާވަންޓުން ކަމަށް ދެކިގެން
އަޅުގަނޑު ދޭކޭގޮތުގައި މިކަމުގައި އިހުމާލްވަނީ ސިވިލް ސަރވިސް ކޮމިޝަން
ކަޅު ފަޓްލޫނު ލިޔަސް ރަތްލިބާސް ލިޔަސް މި ސަރުކާރުން އަޑެއް ނާހާނެ! ދެންވެސް ވޯޓް ބޭނުންވީމާ ރައްޔިތުން ފެންނާނެ
ޕާޓީ ކުދިންވެސް މިކަމުގައި ނުކުންނަން ވެއްޖެ! ޕާޓީއަށް ވައްދަން އަންނައިރު އުޑުންނާއި ބިމުން ތަރިވެސް ބާލާދޭނެ
އިދިކޮޅު ޕީޕީއެމް ޕީއެންސީ މަގުތަކަށް ސިވިލްސާވެންޓުނާއި އެކު ނުކުމެ ސަރުކާރަށް އަޑު އިވޭތޯ ބަލަންވެއްޖެހެން ހީވަނީ، އެކި ވައްތަރު ވައްތަރުގެ ބޯޑު ހެދުމާއި ކޮމިޝަން ހެދުމާއި ސިޔާސީ މަޤާމުތަކަށް ހިތަށް އެރިވަރަކަށް މުސާރަ ހަމަޖައްސަވައިގެން މިއުޅެނީ، ބޮޑު ޚަރަދުކޮށް މާސްޓަރ ޑިގްރީ އާއި ޕީއެޗްޑީ ހެދީމަވެސް މިލިބެނީ 12000.00 ރުފިޔާ، ދުވަހަކު ސްކޫލަކަށް ނުދިޔަސް ޕާރޓީ ޕްރޮމޯޓްކުރީމަ ނުވަތަ 10 ފޯމް ޕާރޓީއަށް ފުރީމަ 17000.00 ރުފިޔާގެ މުސާރަ، ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ، ބޮޑުވަރު ދޯ، ބޯހަލާކު،،، 2023 އަންނަނީ
އަބުރުވެރި އަރަނިވެރި ދިރިއުޅުމެއް އުޅެންޖެހެނީ ދައުލަތުން މުސާރަދޭ ވަކި ބަޔަކު ހެއްޔެވެ؟ ރަނގަޅު ގެދޮރުގައި އަރާމު ތަންމަތީގައި މީރުކާނާ ކާކަށް ސިވިލްސަރވިސްގެ ދަށުފަންތީގެ މުވައްޒަފުންނާ ޢާއިލާއަކަށް ނުޖެހޭނެތޯއެވެ؟ 25 ، 30 އަހަރު ސަރުކާރު ވަޒީފާގައި އުޅޭއިރު ދުވަހަކު ހަމަނޭވައިލާކަށް ނުޖެހޭނެދޯއެވެ؟ 300 އަބާދީ ދިރިއުޅޭ ރަށްރަށުގެ ގާޒީ ނުވަތަ މެޖިސްޓްރޭޓަށްވެސް 25000 ފަންސަވީސް ހާހުންމަތީގެ މުސާރަދޭއިރު އިދާރީ މުވައްޒަފަށް ލިބެންޖެހެނީ ހަމަ 6000 ރ ހެއްޔެވެ. އަންހެނުން ކޮމިޓީތަކުގައި އުޅޭ މީހުންނަށް ދެގުނަ ބޮޑުކުރުމުން 6000 ރ 5000 ރ ލިބެއެވެ. އެހެންކަމުން ސަރުކާރުންވަނީ ސިވިލްސަރވަންޓުންނާ ދޭތެރޭގާ ވަރަށް އިހްުމާލުވެފައެވެ.
ބުއްދީގެ ހަމަތަކުން ވިސްނަބަލަ ސިވިލްސާވެންޓުން ތެރޭގަ މުސާރަ ކުޑައުޅެނީ އޮފީސް ތަ ކުގަ ތިބި މަސައް ކަތު މީހުން އެ ކަނި އާމުއުސޫލަކ ކުން ބަލާނަމަ ގިނަ މީހުންނަ ކީފުދޭވަރެއްގެ މުސާރައެއް ލިބޭބައެއް އެމީހުން މަސައަ ކަތް ކުރާ ވަގުތަށް ވެސް ބަލަންވާނެ
އަދި އެމީހަކަށް އަހަރަ ކިތައް ދުވަސްތޯ މަސައް ކަތްނު ކޮއް މުސާރަ ލިބެނީ
ދުވާލަ ކު އެންނެ 8 ގަޑި
ހު ކުރު ހޮނިހިރު ބަންދު ސަރު ކާރު ބަންދު އެތައް ދުވަހެއް ސަލާން 1 މަސް
އަހަރީ ޗުއްޓީ
ދެން ބާލާބަލަ ކިތައް ދުވަހުތޯ މަސައް ކަތް ކކުރެވިފަހުރީ އެމީހަ ކައް މުސާރަ ކުތޯ
ހަމަ އެ ކަނި މައްސަލަ އަ ކީ ބޮޑަތި ފައި ކޭޓު ތަ ކައް ގިނައިން އެޅޭ ގޮތައް ސަރު ކާރު ތަ ކުން ކަންތައް ކުރުން
ކޮންކަޅު ހެދުމެއްލާކަށް..ރީދޫ ހެދުން ލައިގެން އަދިވެސް ވޯޓް ލާންދޭ....ކޮބާ ތިއޮތީ ރަގަޅަށް ހައްގު މިންވަރު ދީފަ..
ސިވިލްސާރވެންޓުންގެ ތެރެއިންވެސް އިދާރީ މީހުންނަށް އެދެނީ ކުޑަކުޑަ އެލަވަނސްސެކެވެ. މަސައްކަތު މީހުންގެ މުސާރައަކީ 3100 އެއްހާ ރުފިޔާއެވެ. އިދާރީ މީހަކަށް 4500 ވަރުވެސް މުސާރައަކަށް ނުލިބެއެވެ. އެކަމަު ގާޒީއަކަށް 25000، ޓީޗަރަކަށް 15000 ، ނަރުހަކަށް 15000 ވަރު ޖުމްލަ ޖެހޭ ޓީޗަރުންނާ ނަރުހުން އެބަތިއްބެވެ. މީ ހާދަބޮޑު ތަފާތެކެވެ.
4465 މަހު މުސާރައަށް އިދާރީ މުވައްޒަފަށް ދިނީމަ، ދިރިއުޅުމުގެ ޚަރަދުކުރަމުން ބޭސްފަރުވާގެ 2ބައި ކޮށްފަ އެއްބަޔަށް މުސާރައިން ޚަރަދުކޮށްފަ މިވަރުން ކިހިނެއް ޖެހިގެން އަންނަމަހު ހިތްހަމަޖެހިލައިގެން ވަޒީފައަށް ނިކުންނާނީ ؟
ޕޭކޮމިޝަން ހަދައިގެން މިސަރުކާޜުން އެމީހުންނަށް މުސާރަ ދީގެން ގެންގުޅޭތާ މިހާރު 2 އަހަރު އެކަމު ވާކަމެއް ހަރާމް އަދި ކައުންސިލަރުންގެ އަދަދު ގިނަ ކޮށް މުސާޜަ ބޮޑުކުރީ ބޭކާރު ޚަރަދުކުރަނީ މިމަހު ރައީސް އުތުރަށް ކުރި ދަތުރުގައި އަންހެނުންގެ ކޮމެޓީއަކުން ރޯލީމާ އެމީހުންގެ މުސާޜަ ވަގުތުން ބޮޑު ކޮށްދީފި މިއި ކޮންކަހަލަ ކަޑުކޮސް ނިންމުންތައްތަ މިއީ އެއް ވެސް ސިޔާސަތެއް ނެތް ސަރުކާރެއް ބަލަ އަންހެނުންގެ ކޮމެޓީ ތަކުގެ މުސާރަ 100 ޕަސެންޓް ބޮޑު ކުރިއިރު އެމީހުންނަނީ މަހަކު ޖަލްސާއެއް ވެސް ގަވާއިދުން ނުބާއްވާ ބަޔެކޭ
މިވަރު ރައީސްއަށް ނޭނގުނޭ.. އޮފީހަށް ނުކުންނަން ޖެހޭ ބަޔެއް ނޫން... މާދަމާ އެހެން ބަޔަކު ރޯލާ އިރަށް އަސަރުކޮށްގެން މުސާރަ ބޮޑުކޮށްލަންވީ ކިހާ ހެއްވާ އެކަމު ސިވިލްސާރވަންޓުން ކިތަންމެ ވަރަށް ރުޔަސް އަޑެއް ނީވޭނެ
ކިމް ކާޑާޝިއަންއާ ވާދައަށް ތަ ހެހެހެ
މިހާރު ލިބޭމުސާރަ ހަލާލު ވާވަރަށް ވެސް ތިމީހުން މަސައްކަތެއް ނުކުރާކަން އަހަރެން ދެނެހުރިން.އެމީހުންގެ މުސާރަ ދައްކުރުމަށް ސަރުކާރަށް ގޮވާލަން