އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ކެމްޕޭން ހަރަކާތެއްގައި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ބައިވެރިވެވަޑައިގަތީ ދައުވަތު ނުދެއްވަނީސް ކަމަށް ޝިފާ ވިދާޅުވެއްޖެއެވެ.

ޝިފާގެ ކެމްޕޭން ހަރަކާތުގައި ޖާބިރު ބައިވެރިވެވަޑައިގެން ޝިފާ ވާހަކަ ދެއްކެވި ވަގުތު އޭނާ ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރެއްވިއެވެ. އަދި ފަހުން ވާހަކަ ދައްކަވަން އަރުއްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށް ވެސް ގޮވާލެއްވިއެވެ.

މިކަމާ ގުޅިގެން ޝިފާގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ޖާބިރު އެ ތަނަށް ވަޑައިގަތީ ދައުވަތު އަރުވާފައި ނެތީސް ކަމަށެވެ. އަދި ޝިފާ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އަޑުގަދަ ކުރައްވައި ތަނުގެ މަސްލަހަތު ނަގާލަން އުޅުއްވުމުން ވަގުތުން ފުލުހަށް ރިޕޯޓް ކުރި ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

ޝިފާގެ ކެމްޕޭންގެ ހަރަކާތްތަކަށް އެފަދަ ގޮތް ގޮތަށް ހުރަސް އަޅާ ފުރައްސާރަ ކުރުމަކީ އޭނާގެ ސިޔާސީ ހައްގުތައް ނިގުޅައިގަނެ ސިޔާސީ މައިދާނުގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރަށް ހަނި ކުރަން ވެގެން ހިންގި އަމަލެއް ކަމުގައި ޝިފާގެ ބަޔާނުގައި ސިފަ ކުރައްވާފައިވެއެވެ.

ޝިފާގެ ކެމްޕޭން ހަރަކާތުގައި ޖާބިރު ބައިވެރިވެވަޑައިގެން ރައީސް ސޯލިހްގެ އިސްތިއުފާއަށް ގޮވާލެއްވިއިރު، ޝިފާއަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ.

ޖާބިރުގެ ފަރާތުން ފަހަކަށް އައިސް ވަރަށް ނޭދެވޭ ބައެއް އަމަލުތައް ފެންނަން ފަށާފައިވެއެވެ. އެކަމާ މެދު އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވަމުންދާއިރު، ނަފްސާނީ މައްސަލަތަކެއް ވެސް ޖާބިރުގެ ކިބައިން ފެންނަ ކަމަށް ބައެއް މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސޭނުބޭ

    އަވަހަށް ޖާބިރު ވަރިކުރޭ!

  2. ބެއްޔާބެ

    އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ހިޞާރުކުރަން ޑީއާރުޕީގެ ލީޑަރު މަސައްކަތްކުރެއްވުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް. މަޖިލިސް މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ބުއްދި ސަލާމަތުން ހުރުން. ޖާބިރު މިހާރު އުޅުއްވާ ގޮތުން އެކަމާ މެދު ޝައްކު. މެންބަރުކަމުގެ ޝަރުތު ހަމަވޭތޯ މެޑިކަލް ޓެސްޓެއް ހަދަން ޖެހޭ ހިސާބަށް ކަންކަން ހިނގައްޖެ. ޖާބިރަށް ބޭނުންވަނީ އަދަބު ދިނުމެއް ނޫން. އަޅާލުމާއި އޯގާތެރިކަން. ފަރުވާ

  3. ޢަހޫ

    ޙަމަހޭގަބާހުރީ. ދިޔާނާއަށް ހަމަ އޯ ކޭދޯ.

    15
  4. ނަރުދޫ ހަސަނު

    ޛާބިރު ތީ ހަމަ ބޮޑު ބޮލުގަ ރިހުމެއް. މަށަށްފެންނަނީ ކާށިދު އާ ގާފަރާ ދޭތެރޭގަ އޭނަ ދުއްވަން އެޅި ކޭބަލް ކާރަކަށް ލާފަ ބައްސާލުން

  5. ހާމިދު ޝާހިދު

    އޭނާއަކީ ތިބައިމީހުން އިންދި އޮށެއް. އެ އޮށުން ފަޅައިގެން އެއުޅެނީ މޮޔަ އޮށެއް. އެހެންވެ، ޖެއްސުން ކުރުމާއި މަލާމާތް ކުރުމާއި، އަޑުގަދަ ކުރުމާއި، ފުރައްސާރަ ކުރުން ފަދަކަންކަމާ ތިޔަ ދިމާވަނީ..! އޭނާގެ ސިކުނޑި ހަމަޖެހޭތޯވެސް ބަލާލުން ރަނގަޅުވާނެ. އޭނާއަކީ ރައީސް ޔާމީނުގެ ވެރިކަން ވައްޓާލުމަށް ބޭނުންވާ ފައިސާ ދިން މީހާ. ހަރަދުދިން މިޙާ. ދެން ކިހިނެތްވާނީ...! ޝިފާއަށް ތިއޮތީ ވަރުގަދަ ކަމަކާ ދިމާވެފައި. ތިއީ އަމިއްލައަށް ބުއިބޮނޑިއެއް.

    5
    1
  6. ހަވާސާ އިބޫ

    ޖަބިރު ވާހަކަދައްކަން ފުރުސަތުދިނީކީއްވެ؟ އެތާންގައި ސިފާގެ އަރިހުގައި ހުރެ އަތްތިލަބަޑިޖަހައި ހެދިއިރު އެކަންމަނާނުކުރީކީއްވެ؟ ސާލިހުފެކުސަނުން ރައްދުޑެތީ ކޮންމެވެސް ވާހަކައެއްބުނެލީދޯ؟

  7. ައަލީ

    އޭނައެހެރީ ފުނިޔެއިންމޮޔަވެފަ. ރުގިޔާކޮއްގެން ރަގަޅުވޭތޯބަލާ. ނޫނީ މަސްތުވެފަ ހުންނަނީ

  8. ސަނީ

    ވީޑިއޯއިން ފެންނަނީ ޖާބިރާ ވަރައް ގަޔާވެގެން، އޭނަ އައް އެއްބާރުލުން ދޭތަން

  9. ޖާބެ

    މިފެންނަނީ ރައްޔިތުންގެ ތަމްސީލުކުރާ އަޙްލާގު މީނަޔައް ވޯޓުދީ ހޮވި މީހުން ބޭނުވާގޮތް މިއީ ޒުލަކައް މަޖްލީސް ވެއްޖެ

  10. ރައްޔިތު

    ޖާބިރުގެ އަތުން ފައިސާ ކައިގެން އެފައިސާތައް އަބުރާ ނުދިނީމަ ޕާޓީމީހުން ނައް ފުރައްސާރަ ކުރާނެތާ މިހާރު އޭނަގެ ބޭނުމެއް ކަލޭ މެންނަކައް ނެތް ކަލޭމެންގެ ނަޒަރުގައި އޭނައަކީ މިހާރު މޮޔައެއް

  11. އަސްލު އަސްލު

    ޖާބެ އަކީ ހަމަ ރަނގަޅަށް ވެސް ބޮޑު މޮޔައެއް، ބުއްދި ގޯސްވެފައިވާ ދީވާނާއެއް، ދިޔާތަކެތީގެ ފަރުވާ އިން ފަރުވާ ދޭން ޖެހިފައިވާ މީހެއް