މި އަހަރުގެ މަސްވެރިންގެ ދުވަސް ކ.ގާފަރު ގައި ފާހަގަކުރަން ނިންމައިފިއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.

ފިޝަރީޒް މިނިސްޓްރީން އާއްމުކުރައްވާފައިވާ ބަޔާނެއްގައި ވިދާޅުވީ، ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން ނިންމީ ކޮވިޑްގެ ސަބަބުން ހަރަދުކުޑަ ކުރުމުގެ ގޮތުން މާލެ އާއި ކައިރި ސަރަހައްދެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކަމަށެވެ. އެ ނިންމުން ނިންމީ ގާފަރު ކައުންސިލާ މަޝްވަރާ ކުރުމަށް ފަހުއެވެ.

އެހެން އަހަރުތަކާއި ހިލާފަށް މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނެއް ނުކުރެއެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށެވެ.

މަސްވެރިކަން ފުޅާ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސް ގަންނަ އިތުރު ފެސިލިޓީތައް ގާއިމުކުރުމާއި، އައިސް ލިބުމުގެ ދަތިކަން ހައްލުކޮށްދިނުމަށް މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެށުމާއި، ދޯނިފަހަރުގައި ފެން ފިނިކުރާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތްތައް އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މެރިކަލްޗާގެ ޒަރީއާއިން މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަކީވެސް ސަރުކާރުން ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެކެވެ.

ރައީސް ސޯލިހްގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ މަސްވެރިންނަށް ހަމަ ހަގު ހޯދައި ދިނުމުގެ ވައުދު ނުފުއްދި ގިނަ ދުވަސް ވާތީ މަސްވެރިންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ނަމަވެސް ރައީސް ސޯލިހް ދާދި ފަހުން ވިދާޅުވެފައި ވަނީ މަސްވެރިންނަށް ސަރުކާރުން ވަރަށް އަވަހަށް ހަމަ އަގު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙައްވަ

    ދެން އައިސް ޖަލްސާ އެއްބާއްވާލާފަ އައިސް ޕްލާންޓް ހުޅުވާ

  2. އަލިބެއްޔާ

    މި ފޮޓޯއަށް ބަލާލީމަ މި ރަށުގައި ދިރިއުޅޭ ކުދިން އުޅޭނެ ޙާލު ވިސްނޭ.. ރަށުގެ ވަކި ބަޔަކު ރުއްސަން އެއޮތް ބޮޑު ތުނޑި އެއޮތީ ފެންސް ޖަހާ ބައްދާލާފަ.. ހަމަ އެކަނި ގެސްޓުންނަށް އެކަނި ބޭނުން ކުރެވޭ ގޮތަށް.. އަހަރުމެން ޅަފުރައިގަ އުޅުނީ ހާދަ އުފަލުގައޭ.. ހާދަ މިނިވަން ކަމުގައޭ..

  3. ޅަތީފް

    ގާފަރުމީ ގޮނޑު ރަށެއްމިހާރު މުޅިރަށުގަ އެތަން މިތާގަ ކުނިއުކާފަ ޕޮލާސްޓިކް ފުޅިން ސަލާމަތްނުވެފަ