ލ.ގަމު ކައުންސިލްގައި ހިމެނޭ ކައުންސިލް މެންބަރު އައިޝަތު ލީޒާ ގިނަ ދުވަސް ދުވަހު ގަޑިއަށް އޮފީހަށް ހާޒިރު ނުވި ނަމަވެސް ގަވައިދުން މުސާރަ ނަގަމުން ގެންދާކަން "ވަގުތު" އިން ރިޕޯޓް ކުރުމުން އެކަމާއި ހިތްހަމަނުޖެހިގެން ކައުންސިލް އިދާރާ ތެރޭގައި އަޑުގަދަކޮށް ކައުންސިލަރަކަށް މަރުގެ އިންޒާރު ދީފިއެވެ.

"ވަގުތު" އަށް ކަށަވަރުވެފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ކައުންސިލް އިދާރާ ތެރޭގައި ކައުންސިލަރު ލީޒާ މަރުގެ އިންޒާރު ދިނީ ކައުންސިލް މެންބަރު މަރިޔަމް ސުއައިދާ އަށެވެ.

ބުރާސްފަތި ދުވަހު ކައުންސިލަރުންނާއި ލީޒާ ޒުވާބު ކުރަން ފެށީ "ވަގުތު" ގައި ލިޔުނު ޚަބަރާއި ގުޅިގެންނެވެ. ކައުންސިލަރު ސުއައިދާ އާއި ކައުންސިލަރު މަރްޔަމް ނީނާ އަށް ލީޒާ ބަހުގެ ހަމަލާތައް ދެއްވަމުން ގެންދިއުމަށް ފަހު މައްސަލަ އިތުރަށް ހޫނުވީ ލީޒާ އަނެއް ދެކައުންސިލަރުންގެ ވާހަކަތައް ފޯނުން ރެކޯޑް ކުރަމުން ގެންދާކަން އެނގުމުންނެވެ. ކައުންސިލަރު ސުއައިދާ އަށް މަރުގެ އިންޒާރު ދެމުން ލީޒާ ވިދާޅުވީ "އަހަރެންގެ ފޯނުގައި އަތްލައިފިނަމަ މަރާލާނަން." ކަމަށެވެ.

މީހަކަށް މަރުގެ އިންޒާރު ދިނުމަކީ ހަމަސް ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ. ނަމަވެސް ލީޒާ ކައުންސިލަރަށް މަރުގެ އިންޒާރު ދިން މައްސަލަ އަދި މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ގަމު ކައުންސިލްގެ މުވައްޒަފަކު ވިދާޅުވީ ލީޒާ އާއި އަނެއް ދެކައުންސިލަރުން ވާހަކަ ދައްކަމުން ގެންދެވީ ޒުވާބުނުކޮށް އެކުގައި މަސައްކަތް ކުރުމާއި ގުޅޭ ގޮތުންނެވެ. ނަމަވެސް ލީޒާ ވަނީ ނޫހަށް އޭނާގެ މައުލޫމާތު ދިނީ އެދެކައުންސިލަރުން ކަމަށް ތުހުމަތުކޮށް ޒުވާބުކޮށްފައެވެ.

ގަމު ކައުންސިލްގައި ތިއްބަވާ ހަތް ކައުންސިލަރުންނަކީ ވެސް ވެރިކަން ކުރާ އެމްޑީޕީގެ ކައުންސިލަރުންނެވެ.

"ވަގުތު" ގައި ލީޒާގެ ޚަބަރު ޝާއިއު ކުރުމުން ގަމު ކައުންސިލުން ވަނީ ޚަބަރުގައި ހުރި މައުލޫމާތުތައް ދޮގުކޮށްފައެވެ. ގަމު ކައުންސިލުން އެމައްސަލައިގައި ނެރުނު ބަޔާނުގައި ވެސް ލީޒާ ސޮއި ކޮށްފައި ވެއެވެ. އެއީ ވެސް ލާމަރުކަޒީ ގާނޫނާއި ހިލާފު ކަމެކެވެ. އެގާނޫނު ބުނާ ގޮތުން ކައުންސިލަރެއްގެ މަސްލަހަތު އޮންނަ އެއްވެސް ކަމެއް ނިންމުމުގައި އެކައުންސިލަރަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ދޮހިކަރު

  އެމްޑީޕީ ވީ މަ ވެދާނެ ތިހެންވެސް.

  47
  4
 2. ަމެޜީ

  ވަރުގަދަ ކަނބަލެއްދޯ

  21
  1
 3. ސަމާ

  ރާއްޖެތެރޭ މީހުންނަށް ލާމަރުކަޒީ ގާނޫނު ދިނީ އެއްވެސް ތަމްރީނެއް ނުދީ. އެއިގެ ސަބަބުން އެމީހުންގެ މެދުގައި ތިކަހަލަ ކިތައްމެ ކަމެއް ހިނގާނެ.
  ތިކަމުގެ ހިތިވެސް ރާއްޖެތެރޭ މީހުންނަށް

  23
  3
 4. ހަބޭސް

  ލީޒާ ބުރުގާ އެޅިޔަކަސް އަދިއެމީހަކީ ސޯލިހު ޢިޚުލާސްތެރި މީހަކަށްނުވާނެ ދުލަކީ އެންމެނުބައި ގުނަވަން

  36
  1
  • ހޫ

   ބުރުގަލަކީ ހަމައެކަނި މަތިންއަޅާލާ ފޮތިކޮޅެއް ބުރުގާ އެޅީމަ އޮޓޮމެޓިކުން މީހަކު ސޯލިހެއްނުވާނެ.

   3
   1
 5. މަރީ

  ޕިސް ޕިސް.. ސޯ ބޭސިކް.

  15
  1
 6. ނަގީ

  މޑޕ ގެ އުޅޭނީ ހުސް ތިކަހަލަ މީހުން، އަންހެންވެސް ފިރިހެންވެސް. ގޮތެއް ހުރި އެކަކުވެސް ނޫޅޭނެ.

  30
  5
 7. ޙަސަން

  ބޮލާއި ސިކުޑިއެއް އިނަކަސް ލޮލާ ކަންފަތެއް އިނަކަސް ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާނަމަ ފުރިހަމަ މީހަކަށް ނުވާނެއެވެ. ލީޒާ އަކީ ތަސައްރުފު ނުފުދޭމީހަކަށް ވާއިރު އޭނާ ހޮވައިދިން މީހުންނަށް ސާބަހެވެ. ގަމާރުންގެ މަތީ މަޤާމުތަކަށް ހޮވުމުން ވާނެގޮތް ވަމުން ތިޔަދަނީއެވެ.

  39
  1
 8. ބާބުލްއަވާލީ މަލިކު

  ފައްކަލޭ ދޯ!

  2
  1
 9. ރެކިބެއްޔަގެ ކަލޯ

  ގދ. ތިނަދޫ ކައުންސިލްތެރޭގަ ތިއަށްވުތެވެސް ފޯރި ގަދަ ކޮން ދަނީ.

 10. ހުސޭނުބޭ

  ދެން ތިވީގޮތުން ގަޑިޖެހޭ ވާހަކަ އަޑިއެޅީ! ގަޑިޖެހުނަސް ނަގައިގެން ބޭނުންކުރި ފައިސާ ހުދުކާފޫރަށްވީ!

  1
  2
 11. ޖާބެ

  ކުފޫ ހަމަވޭތަ.. ބުއްދިސަލާމަތުން ހުރިތޯ ބަލާބަލަ

  1
  1
 12. މެ

  މޮޔައެއްގެ އަތަށް ކަނޑިޔެއް ދިނީމަ ވާނެގޮތް މިހާރު ތިފެންނަނީ ތިޔަކިޔާ ލީޒާގެ ކިބައިން

  2
  1
 13. މޮހޮދު

  މިހިރީ މީނަގެފެންވަރު😓

  2
  1
 14. ސަންތި

  ވޯޓް ލާއިރު ތަނެއް ދޮރެއް ނުބަލާ ޕާޓީ އަށް ބަލާފަ ވޯޓް ދީގެން މަގާމުތަކަށް މީހުން ހޮވީމަ ވާނެގޮތް ތިވަނީ. ގަޑި ޖެހުމަކީ އޮފީސްތަކުގަ އާކަމެއްނޫން، ދުވަހަކު ވަޒީފައެއް އަދާ ނުކުރާ އިލްމާއި ހިލްމުވެސް ލިބިފަ ނުވާ އެ ތައްބަޔަކަށް ރައްޔިތުން ވަނީ ޒިންމާ ދާރު މަގާމުތަށް ހަވާލުކޮށްފަ ،އެކަމަކު ހިކިފައޮތް އެއްޗަކުން ދިޔަ ނިކުންނާނީ ކިހިނެތް،

  4
  2
  • Anonymous

   ކީއްކުރާނީ. ކެމްޕޭނު ކުރާއިރު ނިތްކުރީގަ ނީނދެ އެމީހާއަކީ ކާކުކަން ލިޔެފައެއް. ވަރަށް މާތް މީހެއްގެ ގޮތުގަ ވޯޓު ހޯދަން އަންނަނީ.

   1
   1
 15. ހެހެ

  ތިތާކު ނެތް މަރުގެ އިންޒާރެއް ދީފަ

 16. ފެމިނިސްޓް

  އަންހެނުން ބާރުވެރި ވުން މިއީ. 😂

 17. ޝާނީގެބިޓު

  ޝާނީ ތިވަރަށް ޒާތީ ވާކަށް ނުވާނެ

 18. ހަސަނުގ

  މިއީ މިމީހުންގެ ވަރަކީ. ހަމަ ރީތިކޮށް އެގޭ، ގަޑި ޖެހުނަސް، ނުދިޔަޔަސް، ލާރި ނުކަނޑާނެކަން. މަޖިލިހުގަވެސް ހަމައެހެން. މަގާމަށް ހޮވެންދެން ވަރަށް ސަޅިވާނެ. ދެން ހަމަ ލާރި ކެއުން ކަމަކީ. ކުރާކަމެއް، ކުރަން ދަންނަ ކަމެއް ނޯންނާނެ.